ކ. މާލެ
|
16 ޖުލައި 2021 | ހުކުރު 03:21
ކަސްޓަމްސް
ކަސްޓަމްސް
ރާއްޖެ އެމްވީ
ކަސްޓަމްސް އިން މަނާ ތަކެތި ނައްތާލުން
ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 6000 ކިލޯ އަށް ވުރެ ގިނަ އޫރުމަސް ނައްތާލައިފި
 
6،644.81 ކިލޯގެ އޫރުމަސް ހުރި 458 ކޭސް ވެސް ނައްތާލާފައިވޭ
 
ބަނގުއާވި ހިމެނޭ 300 ކެގްސް އާއި 10،860 ދަޅު ނައްތާލާފައިވޭ

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި 6000 ކިލޯ އަށް ވުރެ ގިނަ އޫރުމަސް ނައްތާލައިފިއެވެ.

ކަސްޓަމްސް އިން ބުނީ އެތަކެތި ނައްތާލީ މި މަހުގެ 10 ވަނަ ދުވަހާއި 13 ވަނަ ދުވަހު ތިލަފުށީގެ ކުނި ނައްތާލާ ސަރަހައްދުގައި ކަމަށެވެ. އެގޮތަށް ނައްތާލާފައި ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި އޫރުމަހާއި ބަނގުއާވި ހިމެނޭ ތަކެތި ކަމަށް ބުނެއެވެ. އެގޮތުން ބަނގުއާވި ހިމެނޭ 300 ކެގްސް އާއި 10،860 ދަޅު ނައްތާލާފައިވެއެވެ.

މީގެ އިތުރަށް 6،644.81 ކިލޯގެ އޫރުމަސް ހުރި 458 ކޭސް ވެސް ނައްތާލާފައިވާ ކަމަށް ބުނެފައިވެއެވެ. ކަސްޓަމްސް އިން ބުނީ އެ ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 269ވަނަ މާއްދާގެ ދަށުން ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ މި ނޫންވެސް ސަބަބަކާ ހުރެ ނައްތާލުމުގައި ކަސްޓަމްސް އިން އަމަލުކުރާ އުސޫލުގެ ދަށުން ނައްތާލެވުނު ތަކެތި ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް