ކ. މާލެ
|
16 ޖުލައި 2021 | ހުކުރު 00:27
ފުލުހުން- ލޮކްޑައުންގެ ދުވަސްވަރު ހަރަކާތްތެރިވަނީ
ފުލުހުން- ލޮކްޑައުންގެ ދުވަސްވަރު ހަރަކާތްތެރިވަނީ
ރާއްޖެއެމްވީ
ކޮވިޑް-19
ރަށްފަޅުހުރާއިން 92 ކޭސްއާއި އެކު ޖުމްލަ 217
 
އަންގާރަ ދުވަހު ވެސް އެރަށުން 60 ކޭސް ފެނިފައިވޭ
 
88 ސާމްޕަލްއަކީ މީހުން ދިރިއުޅޭ ރަށްތަކުން ޕޮޒިޓިވްވި ސާމްޕަލް
 
31 ސާމްޕަލްއަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި ސާމްޕަލްތައް

ތަރައްގީކުރަމުން އަންނަ ރަށްފަޅު ހުރާއިން ޕޮޒިޓިވްވި 92 ކޭސްއާއެކު ރާއްޖެއިން ޖުމްލަ 217 ކޭސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން، ބުދަ ދުވަހުގެ އިރު އޮއްސި 6:00ން ފެށިގެން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ނެގި 5،739 ސާމްޕަލްގެ ތެރެއިން 217 ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރެއިން 31 ސާމްޕަލް އަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި ސާމްޕަލްތައް ކަމަށާއި، 88 ސާމްޕަލްއަކީ މީހުން ދިރިއުޅޭ ރަށްތަކުން ޕޮޒިޓިވްވި ސާމްޕަލް ކަމަށެވެ. މީގެ އިތުރަށް ރިސޯޓުތަކުން 6 ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ތަރައްގީކުރަމުން އަންނަ ރަށްރަށުން ޖުމްލަ 92 ސާމްޕަލް ޕޮޒިޓިވްވެފައިވެއެވެ. އެ ހުރިހާ ކޭސް އަކީވެސް ރަށްފަޅުހުރާއިން ޕޮޒިޓިވްވި ކޭސްތަކެވެ. އަންގާރަ ދުވަހު ވެސް އެރަށުން 60 ކޭސް ފެނިފައިވެއެވެ.

މިއާއެކު ރާއްޖެއިން ފެނުނު ކޮވިޑް-19ގެ ކޭސްތަކުގެ ޖުމްލަ އަދަދު 75،622ށް އަރާފައިވާއިރު، އޭގެ ތެރެއިން 72،833 މީހުން ވަނީ ރަނގަޅުވެފައެވެ. އަދި މިހާރު ފަރުވާދެމުން އަންނަނީ 2،562 މީހުންނަށެވެ. އޭގެ ތެރެއިން 14 މީހުންނަކީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ މީހުންނެވެ. ރާއްޖޭން މިހާތަނަށް 215 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް