ކ. މާލެ
|
16 ޖުލައި 2021 | ހުކުރު 00:21
ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ
ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ
ރައްޔިތުންގެ މަޖިލިސް
ނަފުރަތުގެ ބިލް
ނަފުރަތުގެ ބިލު އެކުލަވާލުމުގައި އިސްލާމިކް މިނިސްޓްރީގެ ބަސް ހޯދާފައިވޭ: އިންތި
 
ނަފުރަތުގެ ބިލުގެ ފުރަތަމަ މަރުހަލާގައި ޢަދާލަތު ޕާޓީއާ މަޝްވަރާނުކުރުމަކީ ހެދި ބޮޑު ގޯހެއްކަމަށް ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް ވަނީ ވިދާޅުވެފައި
 
ފާޅުގައި މުރުތައްދުވުމަކީ މުރުތައްދުވުންކަމަށް ބެލެވޭގޮތްކަމަށް ހިމެނީވެސް ސީދާ މިނިސްޓްރީން ފޮނުވިގޮތައްކަމަށް
 
ބިލުގައި ކުރިން ހިމަނާފައިވާ، ޢަޤީދާއާ ގުޅުވައިގެން ކުށެއްކަމަށް ހުށަހެޅުމަށް އޮތް ބައި އެއްކޮށް އުނިކުރީ އެ މިނިސްޓްރީގެ ލަފާގެ މަތިންކަމަށް

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް ޤާނޫނުލް ޢުޤޫބާތަށް ހުށަހެޅި އިސްލާހުގެ ބިލް ހުށަހެޅީ އިސްލާމިކް މިނިސްޓްރީގެ ބަސް ހޯދާފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް ޤާނޫނުލް ޢުޤޫބާތަށް ހުށަހެޅި އިސްލާހުގެ ބިލް އަލުން އަނބުރާ ޖުޑިޝަރީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ. މިކަމާގުޅޭގޮތުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ގައުމީ މަޖިލީހުގައި ޖުޑިޝަރީ ކޮމިޓީގެ މުޤައްރިރު އިމްތިޔާޒް ފަހުމީ ވާހަކަދައްކަވަމުން ވިދާޅުވީ، މިކަމުގައި އިސްލާމިކް މިނިސްޓްރީއާ މަޝްވަރާކޮށް އެ މިނިސްޓްރީގެ މަޝްވަރާއަށް ރިއާޔަތްކޮށްފައިވާކަމަށެވެ. ބިލްގެ ބައެއް ކަންކަމަށް މިނިސްޓްރީގެ ލަފާގެ މަތިން ބަދަލު ގެނެސްފައިވާކަމަށް ވިދާޅުވިއެވެ. މިކަން ތަފުސީލުކޮށްދެއްވަމުން އިމްތިޔާޒް ވަނީ، ބިލުގައި ކުރިން ހިމަނާފައިވާ، ޢަޤީދާއާ ގުޅުވައިގެން، ކުށެއްކަމަށް ހުށަހެޅުމަށް އޮތް ބައި އެއްކޮށް އުނިކުރީ އެ މިނިސްޓްރީގެ ލަފާގެ މަތިންކަމަށް ވިދާޅުވިއެވެ. އަދި މި ބިލުގައި، ފާޅުގައި މުރުތައްދުވުމަކީ މުރުތައްދުވުންކަމަށް ބެލެވޭގޮތްކަމަށް ހިމެނީވެސް ސީދާ މިނިސްޓްރީއިން ފޮނުވިގޮތަށް ކަމަށް ވިދާޅުވިއެވެ. މިފަދަ ބިލަކީ ގިނަ ބައެއްގެ މަޝްވަރާގެ މަތިން ކުރާކަމަކަށް ވާއިރު، މިނިސްޓްރީގެ ހުރިހާ ހުށަހެޅުމެއް ނުހިމެނޭނެކަން ފާހަގަކުރައްވައި، އިމްތިޔާޒް ފަހުމީ ވަނީ ބިލުގައި މިނިސްޓްރީގެ ލަފަޔަށް ބަދަލުގެނައުމުގައިވެސް ބައެއް ކަންކަމަށް އެންމެން އެއްބަސް ނުވިޔަސް އެގޮތަށް ނިންމީ، މިކަމަކީ ދީނީބައި ބޮޑު ބިލެއްކަމަށް އެންމެންވެސް އިއްތިފާޤުވާތީކަމަށް ވިދާޅުވެފައެވެ.

ސަރުކާރުގެ ފަރާތުން، ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޙިސާން ޙުސައިން ހުށަހެޅުއްވި ބިލު މަޖިލީހަށް ހުށަހެޅީ އެމްޑީޕީގެ މެމްބަރުންގެ ތާއީދާއެކުކަމަށް ވެފައި، މަޖިލީހުގެ ތެރެއިން ސަރުކާރުން މިކަމުގައި ކަންކުރިގޮތާ ގުޅިގެން އިމްތިޔާޒު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރެއްވިއެވެ. އަދި އެމްޑީޕީއާއި ސަރުކާރުގެ ރައުޔު މިކަމުގައި ބަދަލުވެ މިހުރިހާކަމެއް ވީއިރުވެސް، ކުޑަމިނުން ޖުޑިޝަރީ ކޮމިޓީއާއިވެސް ސަރުކާރުން މަޝްވަރާ ނުކުރެއްވިކަން ފާހަގަކުރެއްވިއެވެ.

ޢަޤީދާއާ ގުޅުވައިގެން ނަފުރަތު އުފެއްދުމަކީ ކުށަކަށް ހެދުމަށްޓަކައި ޤާނޫނުލް ޢުޤޫބާތަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލު ސަރުކާރުން ދިފާއުކޮށް، އެ ބިލަށް ތާއީދު ނުކުރި ކަމަށް ތުހުމަތުކުރައްވައި، އިމްތިޔާޒް ފަހުމީ މީގެ ކުރިންވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ޙިސާން ހުށަހެޅުއްވި ބިލު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް، ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުގެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ސީދާ ސަރުކާރުން ކަމަށާއި, ނަމަވެސް އޭގެ ފަހުން ކަންހިނގި ގޮތާ މެދު ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށެވެ. ޖުޑިޝަރީ ކޮމިޓީގެ މުޤައްރިރާއި މަޖިލީހުގެ މެމްބަރެެއްގެ ހައިސިއްޔަތުން އެކަމާ އިންތިހާ އަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ބިލު ހުށަހެޅުއްވިއިރު ބިލުގެ މަގުސަދުތަކުގެ ތެރޭގައި ޙިސާން ފާހަގަކުރައްވާފައި ވަނީ ސަރުކާރުގެ މަގުސަދުތައްކަމަށް އިންތި ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރ ޑރ. އަޙުމަދު ޒާހިރު ޢަލީ

މިކަމާގުޅިގެން ރާއްޖެ އެމްވީއާ ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙުމަދު ޒާހިރު ޢަލީ ވިދާޅުވީ، މިނިސްޓްރީއާ ވާހަދައްކާފައިވަނީ މަޖިލީހަށް ބިލް ހުށަހަޅައި ފުރަތަމަ ކިޔުންވެސް އިއްވުމަށްފަހުގައި ކަމަށެވެ. އަދި މެމްބަރު އިންތި ވިދާޅުވި ގޮތަށް ޢަޤީދާއާ ގުޅުވައިގެން ކުށެއްކަމަށް ހުށަހެޅުމަށް އޮތް ބައި އެއްކޮށް އުނިކޮށްފައި ވީނަމަވެސް، ދެން ވިދާޅުވެފައިވާކަންކަން ކުރައްވާފައި ނުވާކަމަށެވެ. މިނިސްޓަރ ވަނީ މި ބިލާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ހުށަހެޅި ހުށަހެޅުންތަކުގެ ތަފުސީލުވެސް ހިއްސާކުރައްވާފައެވެ. އަދި މިކަމުގައި މިނިސްޓްރީން ދީފައިވާ ކަންކަމަށް އަމަލު ނުކުރާމަށް މިނިސްޓަރ ވިދާޅުވިއެވެ.

ނަފުރަތުގެ ބިލުގެ ފުރަތަމަ މަރުހަލާގައި ޢަދާލަތު ޕާޓީއާ މަޝްވަރާނުކުރުމަކީ ހެދި ބޮޑު ގޯހެއްކަމަށް އެޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲވެސް ވަނީ ވިދާޅުވެފައެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޢިމްރާން ވިދާޅުވީ ނަފުރަތުގެ ބިލުގެ ވާހަކަދައްކާނަމަ މިކަމުގެ އަސްލަށް ވާސިލުވާން ޖެހޭކަމަށެވެ. މިކަމަކީ ބައިނަލްއަޤްވާމީ ކޮންވެންޝަންތަކުން ލާޒިމުކުރާކަމެއް ކަމުގައިވާއިރު، ޢަދާލަތު ޕާޓީން މިކަމާ ދެކޮޅުވެރި ނުވާކަމަށެވެ. އެހެންނަމަވެސް، މިކަމަކީ ހުރިހާ ފަރާތަކާ ގުޅުންހުރި، އަދި ދީނީ ބައި ބޮޑު ބިލެއް ކަމަށް ވާއިރު، ޢަދާލަތު ޕާޓީ ކޯލިޝަންގައި އޮވެ އިސްލާމިކް މިނިސްޓްރީވެސް ޕާޓީގެ ސްލޮޓްގައި އޮތުމުން ޕާޓީގެ ބަސް ހޯދަން ޖެހޭކަމަށް ދެކޭކަމަށެވެ. އެހެންނަމަވެސް، ނަފުރަތުގެ ބިލުގެ ލެވެލް 1ގައި އަދާލަތު ޕާޓީއާ މަޝްވަރާނުކުރުމަކީ ހެދި ބޮޑު ގޯހެއްކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ. ޢިމްރާން ވަނީ ނަފުރަތުގެ ބިލު ބައްޓަން ކުރެވޭގޮތުން މި ބިލަކީ ނަފުރަތު އިތުރުވާފަދަ ބިލަކަށް ނުހެއްދެވުމަށް ގޮވާލައްވާފައެވެ. އަދި ނަޒަރިއްޔާތު އިއާދަކޮށްގެން ނޫނީ ބިލް ތަޞްދީޤު ނުކުރުމަށް ޢިމްރާން ގޮވާލެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޤާނޫނީ ޒިންމާ އަދާކުރަން އިންތިޚާބީ މެންބަރު އިމްރާން އެޅީ ހުރަސް: އަދާލަތު
ސަރުކާރުން ދަނީ ގަސްތުގައި މައުލޫމާތު ހިފަހައްޓައި، ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުން: އެމްޑީޕީ
އިންތިޚާބުތަކުން އެމްޑީޕީ ބަލިވި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމަށްފަހު މަގުޗާޓެއް އެކުލަވާލަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ޑިމޮކްރެޓްސް އާއި އެމްޑީޕީއިން ގުޅިގެން މަޖިލިސް އިންތިޚާބަށް ނުކުތް ނަމަ ފުދޭވަރެއްގެ ގިނަ ގޮނޑިތައް ކާމިޔާބުކުރެވުނީސް: މެންބަރު އާޒިމް
މަޖިލިސް ތެރެއިންނާއި ބޭރުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެމްޑީޕީ ދެމިއޮންނާނެ: ޑީޑީ
ސާފު އަޣްލަބިއްޔަތު އެމްޑީޕީއަށް ލިބޭތަން ފެނޭ: ރައީސް ޞާލިހު