ކ. މާލެ
|
15 ޖުލައި 2021 | ބުރާސްފަތި 07:13
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއެކު ޔުނިސެފްގެ ރިޕްރެޒެންޓޭޓިވް ކުރިއަށްގެންދެވި ބައްދަލުވުމުގެ ތެރެއިން
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއެކު ޔުނިސެފްގެ ރިޕްރެޒެންޓޭޓިވް ކުރިއަށްގެންދެވި ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން
ޔުނިސެފްގެ ރެޕްރެޒެންޓޭޓިވް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާ ބައްދަލުކުރައްވައިފި
 
ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ފުރިހަމަ ސަޕޯޓް ސިސްޓަމެއް ޤާއިމުކުރުމަށް މަޝްވަރާކުރެއްވި

ޔުނިސެފް އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓެޓިވް މިސް މަރްޖާން މޮންތަޒެމީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ކުޑަކުދިންގެ ހިމާޔަތާއި ރައްކާތެރިކަމާއި، ތަޢުލީމާއި، ކޮވިޑްގެ ސަބަބުން އެކުދިންނަށް ކޮށްފާނެ އަސަރުތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ. މިސް މޮންތަޒެމީ ވަނީ ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ފުރިހަމަ ސަޕޯޓް ސިސްޓަމެއް ޤާއިމުކުރުމަށް ޔުނިސެފުން ރާވާމުންދާ ޕްރޮގްރާމްތަކާ ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާ ހިއްސާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޔުނިސެފުން ކުރިއަށް ރާވާ ހިންގާ ޕްރޮގްރާމްތަކުގައި އެކަމަނާގެ އެއްބާރުލުމާއި އެހީތެރިކަން ކުރިއެކޭ ވެސް އެއްފަދައިން ދެއްވާނެކަމަށް ވިދާޅުވެފައެވެ. ދެ ބޭފުޅުންވަނީ ކޮވިޑް-19 ގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކާއެކު ގިނަ ދުވަސްތަކެއް ވަންދެން ކުޑަކުދިން ގޭގައި ތިބެންޖެހުމުން ކުޑަކުދިންނަށް ބޭރުގައި ނިކުމެއުޅުމާއި ސްކޫލަށް އަނބުރާ ދިއުމަށް ހިތް ނުތަނަވަސްކަމަކާ ކުރިމަތިލާންޖެހިފައިވާ ވާކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން މިވަގުތު ކުޑަކުދިންނަށް އެންމެ މުހިއްމުކަމަކީ ރައްކާތެރިކަމާއެކު އަލުން އަނބުރާ ސްކޫލަށް ނުކުމެވޭނެ ގޮތް މެދުވެރިވުންކަމުގައި ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވަނީ، ޔުނިސެފުން ރާއްޖެއަށް ކޮށްދެއްވަމުންގެންދަވާ ކަންކަން އަދި ވަކިން ޚާއްސަކޮށް ކުޑަކުދިންނާއި ދަޢުލަތުގެ ބެލުމުގެ ދަށުގައިތިބޭ ކުދިންނަށް ކޮށްދެއްވާ ކަންކަން ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް