ކ. މާލެ
|
14 ޖުލައި 2021 | ބުދަ 16:36
ހުޅުމާލެ ސަހަރާ މިސްކިތް
ހުޅުމާލެ ސަހަރާ މިސްކިތް
ރާއްޖެއެމްވީ
ކުޑަ ކުދިން އިމާމުވެ ނަމާދުކުރުން
ހުޅުމާލެ ސަހަރާ މިސްކިތުގައި ކުޑަ ކުދިންތަކެއް އިމާމުވެ ނަމާދުކުރާ މައްސަލައެއް!
 
އިމާމުގެ މިސްކިތުގައި ނަމާދުކުރެވޭނީ ޚާއްސަ ސެޓްފިކެޓެއް ހާސިލްކުރުމުން، އިސްލާމިކް މިނިސްޓްރީގެ ޚާއްސަ ހުއްދައާއެކު
 
އެކި ކުދިންގެ އިމާމުވެ ނަމާދުކުރޭ
 
އެއީ އުމުރުން 13، 14، ނުވަތަ 15 އަހަރުގެ ކުދިން ކަމަށް މައުލޫމާތު ލިބޭ

ހުޅުމާލެ ސަހަރާ މިސްކިތުގައި ކުޑަކުދިންތަކެއް އިމާމުވެ ނަމާދުކުރާ މައްސަލަ ފެންމަތިވެއްޖެއެވެ.

އިތުބާރު ހުރި ފަރާތަކުން ރާއްޖެއެމްވީއަށް ބުނީ ހުޅުމާލެ ސަރަހަރާ މިސްކިތުގައި މުދިމު ބަންގި ގޮވާ ނިމުމުން، އިމާމުވެ ޖަމާއަތުގައި ނަމާދުކުރަނީ ކުޑަ ކުދިން ކަމަށެވެ. އެއީ އުމުރުން 13، 14، ނުވަތަ 15 އަހަރުގެ ކުދިން ކަމަށް މައުލޫމާތު ލިބެއެވެ. ދެފަންގިފިލާއަށް އިމާރާތްކޮށްފައިވާ އެމިސްކިތުގެ ތެރޭގައި އެކުދިންތައް ދިރިއުޅެމުންދާއިރު، ކޮންމެ ނަމާދަކަށް ބަންގި ގޮވާ ނިމުމުން އިމާމުވެ ނަމާދު ކުރުމަށް މަތީ ފަންގިފިލާއިން ތިރިއަށް ފައިބަނީ ފަހަރަކު ކުއްޖެއް ކަމަށާއި، ނަމާދުކޮށް ނިމުމުން އެކުއްޖާ މަތީފަންގިފިލާއަށް އަރާ ކަމަށެވެ. އެގޮތަށް އެކި ކުދިން އިމާމުވެ ނަމާދުކުރާ ކަމަށް އެމީހާ ބުނެއެވެ.

ހުޅުމާލެ ސަހަރާ މިސްކިތް- މިމިސްކިތުގެ ތެރޭގައި އެކުދިން ދިރިއުޅެމުންދާ ކަމަށް ވެސް ތުހުމަތުކޮށްފައިވޭ

މާލެސިޓީ ކައުންސިލުންގެ ބެލުމުގެ ދަށުން ހިންގާ މިމިސްކިތުގައި ކުޑަ ކުދިންތަކެއް އިމާމުވެ ނަމާދުކުރަމުންދާ މައްސަލައާ ގުޅިގެން ސީޓީ ކައުންސިލްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ. މޭޔަރު ޑރ.މުޙއްމަދު މުޢިއްޒުގެ ފޯނަށް ގުޅި ނަމަވެސް ޖަވާބު ދެއްވާފައެއްނުވެއެވެ. މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ހުޅުމާލެ ސަހަރާ މިސްކިތުގައި ކުޑަ ކުދިންތަކެއް އިމާމުވެ ނަމާދުކުރާ މައްސަލަ މިނިސްޓްރީއަށް ހުށަހަޅާފައިނުވި ނަމަވެސް އިތުރަށް ބަލަން ޖެހޭ ކަންކަން މިނިސްޓްރީން ބަލާނެ ކަމަށެވެ.

އިމާމުގެ މިސްކިތުގައި ނަމާދުކުރެވޭނީ ޚާއްސަ ސެޓްފިކެޓެއް ހާސިލްކުރުމުން އިސްލާމިކް މިނިސްޓްރީގެ ޚާއްސަ ހުއްދައާއެކު އެވެ. ހުއްދަނެތި އިމާމުވެ މިސްކިތްތަކުގައި ނަމާދު ކުރުމަކީ މަނާ ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
8%
53%
8%
25%
3%
3%
ކޮމެންޓް
18 ޖުލައި 2021 | އާދީއްތަ 10:23
އާދަނު
މިހާރު އުޅޭ އިމާމުން ދުނިޔެ އައިއިރުވެސް އެވަރައްތަ ތިބީ، ކުޑަކުދިން އިސްލާމް ދީނަށް އަހުލުވެރި ކުރުވަން ޖެހޭ ކުރިއަށް އޮތް ޒަމާން ތަކުގާ ހަމަ ތި ކުޑަކުދިން މިސްކިތު އިމާމުންނަށް ވާނި
15 ޖުލައި 2021 | ބުރާސްފަތި 23:18
ރާއްޖެ
ބޭން ސެކިއުލަރ ބިލް! ބޭން ލާދީނީ ފިކުރު!
15 ޖުލައި 2021 | ބުރާސްފަތި 13:11
ވަރަބިދުނުކޮތަރު
މުހައްމަދުހާޖީ ގެ ކާފަދަރިއަކު އެހާމެރީތިކޮއް ޤުރުއާންކިޔަވާކުއްޖެއް . މިހާރު ޤުރުއާން ހިތުން ދަސްކުރަނީ ކޮބާމައްސަލައަކީ . ހަމައަށްބަސްނުކިޔޭކުޑަކުއްޖަކާވެސް މިސަރުކާރު އައިތާކުރީކޮޅު އިބްރާހީމްމުހައްމަދާއަޅާގަނެގެންއުޅުނު ކުޑަކުއްޖަކު މާލޭގެ ހުކުރުމިސްކިތުގަ އިމާމް މީހާއެކުޑަޖުއްޖާއަށް އިމާންވެ ނަމާދުކުރުމުގެ ފުރުސަތުދިން އެދުވަހު މައްސަލައަކަށްނުވޭ. އެކުދިންނަމާދު ކުރަންފެށީމިއަދަކުނޫން . ޑރ މުއިއްޒުއަށް މާލޭމޭޔަރ ކަން ލިބުމުގެ މާކުރިންވެސް އެއުއްމީދީކުދިންކޮޅު ތިމިސްކިތުގަ ނަމާދު ކުރާކަށް އެގޭ. . ތިކުއްޖާނަމާދުކުރުން އިބްރާހީމް މުހައްމަދުސޯލިހެއް ކިތަންމެ ފަންޏެއް ހެދިއަސް ނުހުއްޓުވާނެ އެއީހިންނަވަރު މަސްޙޫރު ހާޖީގެ ކާފަދަރިއަކަށްވެފަ އެމިސްކިތައް ނަމާދަށް އެއްވާމީހުން އެކުއްޖާއިމާމު ވެނަމާދުކުރަން ބޭނުންވާތީ . އެއަކުމައްސަލައެއްނުފެނޭ. އެފެންނަނީކަމަށް ޝައުޤުވެރިކަން އުފެދިފަވާކުދިންނަށް ފުރުސަތުލިބޭތަން . އެފަދަޖީލެއް . އުފައްދާން މަސައްކަތް ކުރަންޖެހޭ . މިއަދު ތިވާހަކަ ދެއްކުމަށް ވުރެ މިއަށްވުރެ ކުރިންތިމައްސަލައަކަށް ވާނަމަ ތިވާހަކަ ލިޔަން ޖެހޭނެ .
15 ޖުލައި 2021 | ބުރާސްފަތި 11:21
މުހައްމަދު އަބްދުﷲ
ޢިމާމަކަށް އުޅޭތާ 11 އަހަރު . ޢިމާމްވެ ނަމާދުކުރަން ޚާއްޞަ ސެޓްފިކެޓެއް ބޭނުންވަ ކަން އެނގިފައެއް ނެތް... ޢެކަހަލަ އުސޫލެއް ވެސް އެކުލަވާނުލާ ުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުު
15 ޖުލައި 2021 | ބުރާސްފަތި 10:34
ޢިބްރެޭ
ސެޓްފިކެޓް ހާސިލްކޮށްފައި ވަޒީފާ ދީފަ ހުންނަ މީހުންނަށް ބަންގި ގޮވަން ނުދެވޭ. މިސްކިތައް ދާ އެހެން މީހުން ބަންގި ގޮވަން ޖެހެނީ
14 ޖުލައި 2021 | ބުދަ 21:13
ބަރިސްތާ ބޯއީ
ތިބޭފުޅުންގެ ދަރިން ގަޔަށް ބާރު ހެދުން ލައްވާ މޫނުގައި އުދަގޫވާ ވަރަށް ފުައްޖަހާ ސުޓޭގުމައްޗައް އަރުވާ ލަވަކިޔާ އަރު ސެޓުފިކެޓް ބޭނުން ނުވޭ ތޯ!