ކ. މާލެ
|
14 ޖުލައި 2021 | ބުދަ 12:28
ނޯތް ހާބަރު، މިހާރު ގިނަ ބަޔަކު ރަށްރަށަށް ދަނީ ފުރަމުން
ނޯތް ހާބަރު، މިހާރު ގިނަ ބަޔަކު ރަށްރަށަށް ދަނީ ފުރަމުން
ރާއްޖެއެމްވީ
މޮނިޓަރިންގައި އޮންނަ ރަށްތަކަށް ދަތުރުކުރުން
ވެކްސިންގެ ދެ ޑޯޒާއެކު ވެސް މޮނިޓަރިންގައި އޮންނަ ރަށްރަށަށް ދަތުރުކުރާނަމަ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަންޖެހޭ
 
މިވަގުތު މޮނިޓަރިންގެ ހާލަތުގައި 20 ރަށެއް އެބައޮތް
 
ވެކްސިންގެ ދެޑޯޒާއެކު ދަތުރުކުރެވޭނީ މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށަށް

ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރިކަމުގައި ވިޔަސް، މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށްރަށަށް ދަތުރުކުރާނަމަ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަންޖެހޭނެ ކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ބުނެފިއެވެ.

މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށް 14 ދުވަސް ހަމަވެފައިވާ މީހުންނަށް ނެގެޓިވް ޕީސީއާރް ޓެސްޓާއެކު މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށްރަށަށް ކަރަންޓީންވުމަކާ ނުލައި ދަތުރުކުރެވޭ ގޮތަށް ހުޅުވާލާފައިވާކަމަށް ބުނެ ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ. އެޗްޕީއޭއާ ހަވާލާދީ ރިޕޯޓުކޮށްފައިވަނީ ދަތުރުކުރާ އުސޫލަށް ބަދަލު ގެނެސް، ރަށްރަށުގެ ކައުންސިލްތަކަށް ސާކިއުލާއެއް ފޮނުވާފައިވާ ކަމަށެވެ.

މިކަން ދޮގުކޮށް ރާއްޖެއެމްވީއަށް އެޗްއީއޯސީގެ އޮފިޝަލް ވިދާޅުވީ ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށް 14 ދުވަސް ހަމަވެފައިވާނަމަ ނެގެޓިވް ޕީސީއާރް ޓެސްޓާއެކު ދަތުރުކުރެވޭނީ މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށަށް ކަމަށެވެ. އަދި މޮނިޓަރިންގެ ހާލަތުގައި އޮތް ރަށަކަށް ކަރަންޓީންވުމަކާ ނުލައި ދަތުރުނުކުރެވޭނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މޮނިޓަރިންގެ ހާލަތަށް ރަށެއް ގެންނަނީ ބަލި ފެތުރިފައިވާ މިންވަރު ދެނެގަނެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރުމަށެވެ. ނަމަވެސް މި މަސައްކަތްތައްކޮށް ނިމި، ކޭސްހެއް ނުފެނި ދެތިން ހަފްތާ ވެފައިވާ ރަށްރަށް ވެސް މޮނިޓަރިންގެ ހާލަތުގައި އެބައޮތެވެ. އަދި މިއީ ގިނަ ބައެއްގެ ފާޑު ކިޔުން ވެސް އަމާޒުވެފައިވާ ކަމެކެވެ.

އެޗްޕީއޭއިން އެންމެފަހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިވަގުތު މޮނިޓަރިންގެ ހާލަތުގައި 20 ރަށެއް އެބައޮތެވެ. އެއީ ގދ. ތިނަދޫ، އައްޑޫ ސިޓީ (ހިތަދޫ، މަރަދޫ، މަރަދޫ-ފޭދޫ، އަދި ފޭދޫ)، ފ. ފީއަލި، ލ. އިސްދޫ، ލ. މާވަށް، ފުވައްމުލައް ސިޓީ، ގދ. ގައްދޫ، ގއ. ގެމަނަފުށި، ގއ. ވިލިނގިލި، ލ. ކަލައިދޫ، މ. މުލަށް، ރ. އަލިފުށި، އއ. ތޮއްޑޫ، ރ. ދުވާފަރު، ނ. ވެލިދޫ، ރ. ފައިނު، ގއ. ކޫއްޑޫ، ހއ. ދިއްދޫ، ރ. މީދޫ، ކ. ގުރައިދޫ އަދި ށ. ފޯކައިދޫއެވެ.

ވެކްސިންގެ 2 ޑޯޒް ޖެހުމަށްފަހު 14 ދުވަސް ފުރިހަމަވެފައިވާނަމަ ނެގެޓިވް ޕީސީއާރް ޓެސްޓާއެކު ރަށަށް ދެވޭ ގޮތަށް ހުޅުވާލީ މާލެ ސަރަހައްދުގެ ކޮވިޑް ޕޮޒިޓިވިޓީ ރޭޓް 5 އިންސައްތައިން ދަށްވުމާ ގުޅިގެންނެވެ. މިރޭޓް ކިރިޔާ މައްޗަށް ޖެހިލާއިރަށް މިފުރުސަތު ގެއްލޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
21%
4%
8%
29%
38%
0%
ކޮމެންޓް
14 ޖުލައި 2021 | ބުދަ 19:49
ދެރަކަމެއްނު
ތި ނޫހުގަ ދިވެހި ލިޔަން ކިޔަން ދަންނަ ކުދިން ތިބިއްޔާ އޮފިޝަލާ ހަވާލާނުދީ ސަރކިއުލާގެ 2 ވަނަ ނުކުތާގައި އޮތް ވާހަކަ ކިޔާފަ އާޓިކަލް ލިޔުން ރަގަޅުކަމަށް ފެނޭ. ގައިމު ސަރކިއުލާ ބާތިލުކުރި ވާހަކަ ނުބުނޭ އަދި