ކ. މާލެ
|
13 ޖުލައި 2021 | އަންގާރަ 19:04
ވެކްސިން ފޯރުކޮށްދެނީ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް
ވެކްސިން ފޯރުކޮށްދެނީ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް
ރޮއިޓަރސް
ޖަޕާނުން ރާއްޖެއަށް ވެކްސިން ފޯރުކޮށްދެނީ
ޖަޕާނުން ރާއްޖެއަށް ކޮވިޑް-19 ވެކްސިން ހަދިޔާކުރަން ނިންމައިފި
 
ވެކްސިނާބެހޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވޭ
 
ކުރިއަށް އޮތްތަނުގައި މިގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް އުންމީދުކުރަން- ޝާހިދު

ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ޖަޕާނުން ރާއްޖެއަށް ކޮވިޑް-19 ވެކްސިން ހަދިޔާކުރަން ނިންމައިފިއެވެ.

ޖަޕާނުން 10 ގައުމަކަށް ވެކްސިން ފޯރުކޮށްދޭން ނިންމާފައިވާއިރު، ވެކްސިން ފޯރުކޮށްދޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން އެގައުމުން ހާމަކޮށްފައިވެއެވެ. އެކަމާގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވަނީ ޖަޕާނުގެ މިނިންމުމަށް މަރުހަބާ ދަންނަވައި، ޖަޕާނުގެ ފޮރިން މިނިސްޓަރު ޓޮޝެމިޓްސު މޮޓެގީއަށާއި އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ މިކަމުގެ ސަބަބުން ދެގައުމުގެ ދެމެދުގައި ވާ ގުޅުން ވަރުގަދަކަން ހާމަވަގެންދާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މިގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޖަޕާނުން ރާއްޖެއަށް ވެކްސިން ފޯރުކޮށްދޭން ނިންމާފައިވާއިރު، ފޯރުކޮށްދެނީ ކިހައި ވެކްސިނެއް ކަމެއް އަދި ކޮން ކަހަލަ ވެކްސިނެއް ކަމެއް ހާމަކޮށްފައެއްނުވެއެވެ. ނަމަވެސް ޖަޕާނުން ރާއްޖެއަށް ފޯރުކޮށްދެނީ އެގައުމުން ކޮވެކްސް ފެސިލިޓީއަށް ހަދިޔާކުރާ 11 މިލިއަން ވެކްސިން ޑޯޒްގެ ތެރެއިންނެވެ.

ޖަޕާނުގައި ވެކްސިނޭޝަން ޕްރޮގްރާމް ފަށާފައިވަނީ ފެބްރުއަރީ މަހުގެ 17ގައެވެ. އެގައުމުގައި އާއްމުކޮށް ބޭނުންކުރަނީ ފައިޒަރ، މޮޑާނާ، އަދި އެސްޓްރަޒެނިކާ ވެކްސިނެވެ.

ކޮވިޑް-19އާ ގުޅިގެން ބޭރުގެ ގިނަ ގައުމުތަކުން އެކިގޮތްގޮތުން ރާއްޖެއަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ޕީޕީއީ، ޕީސީއާރް މެޝިނާއި، ވެންޓިލޭޓަރާއި، (ޔުނިސެފް މެދުވެރިކޮށް) 750،000 ޑޮލަރުގެ އެހީ ވެސް ރާއްޖެއަށް ދީފައިވެއެވެ. އަދި ކޮވެކްސް މެދުވެރިކޮށް ކެނެޑާއާއި، އެމެރިކާއިން ވެސް ރާއްޖެއަށް ވެކްސިންގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
100%
0%
0%
0%
0%
0%
ކޮމެންޓް