ކ. މާލެ
|
13 ޖުލައި 2021 | އަންގާރަ 17:58
އިންގްލެންޑުގެ ކުޅުންތެރިން ބުކާޔޯ ސާކާއަށް ހިތްވަރު ދެނީ
އިންގްލެންޑުގެ ކުޅުންތެރިން ބުކާޔޯ ސާކާއަށް ހިތްވަރު ދެނީ
ގެޓީ އިމޭޖަސް
ކޭން ރައްދު ދިނުން
ނަސްލީގޮތުން ދިމާކުރާ ސަޕޯޓަރުން ބޭނުމެއް ނޫން: ކޭން
ޔުއެފާއިން ވެސް ވަނީ ނަސްލީ ތަފާތުކުރުން އިންގްލެންޑްގައި ބޮޑު ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައި
ނަސްލީ ތަފާތުކުރުން އަމާޒުވެފައިވާ ކުޅުންތެރިންގެ ދިފާއުގައި މަޝްހޫރު ކުޅުންތެރިން އަންނަނީ ވާހަކަ ދައްކަމުން

ޔޫރޯ 2020 ގެ ފައިނަލުގައި އިޓަލީ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވި މެޗަށްފަހު، އިންގްލެންޑްގެ ތިން ކުޅުންތެރިޔަކަށް ނަސްލީ ތަފާތުކުރުން އަމާޒުވެފައިވާއިރު، ނަސްލީ ތަފާތުކުރުން ގެންގުޅޭ ސަޕޯޓަރުންނަކީ އިންގްލެންޑްގެ ސަޕޯޓަރުން ނޫން ކަމަށް ކެޕްޓަން ހެރީ ކޭން ބުނެފިއެވެ.

ޔޫރޯ ފައިނަލު މެޗުގައި ޕެނަލްޓީއާ ދިމާކޮށް ސައުތުގޭޓް ވަނީ ޖޭޑަން ސަންޗޯ އާއި މާކަސް ރަޝްފޯޑް ކުޅެން އަރުވައިފައެވެ. އިންގްލެންޑް ބަލިވީ ފަހު ތިން ޕެނަލްޓީ ނާކާމިޔާބު ވުމުންނެވެ. އިންގްލެންޑުން ޖެހި ފުރަތަމަ ދެ ޕެނަލްޓީ ކާމިޔާބުކުރިއިރު، ތިންވަނަ ޕެނަލްޓީ ޖެހީ ރަޝްފޯޑެވެ. އޭނާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. ހަތަރުވަނަ ޕެނަލްޓީ ސަންޗޯ ޖެހިއިރު، އޭނާ ފޮނުވާލި ބޯޅަ އިޓަލީގެ ކީޕަރު ޖިއަންލުއިޖީ ޑޮނަރުއްމާ ވަނީ މަތަކޮށްފައެވެ. އަދި އިންގްލެންޑްގެ ފަސްވަނަ ޕެނަލްޓީ ޖެހި އުމުރުން 19 އަހަރުގެ ބުކާޔޯ ސާކާ ޖެހި ޕެނަލްޓީވެސް ޑޮނަރުއްމާ ވަނީ މަތަކޮށްފައެވެ.

މި މެޗަށްފަހު މި ތިން ކުޅުންތެރިންނަށް ނަސްލީ ތަފާތުކުރުން އަމާޒުވެފައިވާއިރު، މި ކުޅުންތެރިން ދިފާއުކޮށް މަޝްހޫރު ގިނަ ކުޅުންތެރިން އަންނަނީ ވާހަކަ ދައްކަމުންނެވެ. އޭގެ ތެރޭގައި ފްރާންސްގެ މިޑްފިލްޑަރު އަދި މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު، ޕައުލް ޕޮގްބާ ހިމެނެއެވެ.

އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ބުނީ، ސަކާ، ރަޝްފޯޑް އަދި ސަންޗޯ ބޭނުންވަނީ ސަޕޯޓަރުންގެ ހިތްވަރު ކަމަށާއި، އޭގެ ބަދަލުގައި ނަސްލީ ތަފާތުކުރުމުގެ ބަސްތައް އެ ކުޅުންތެރިން ބޭނުންނުވާ ކަމަށެވެ. އަދި އެ ކުޅުންތެރިންނާ ނަސްލީގޮތުން ދިމާކުރާ މީހުންނަކީ އިންގްލެންޑްގެ ސަޕޯޓަރުން ނޫން ކަމަށް ވެސް ކޭން ބުންޏެވެ.

ޔޫރަޕްގެ ފުޓުބޯޅައިގެ މައިއިދާރާ ޔުއެފާއިން ވެސް ވަނީ ނަސްލީ ތަފާތުކުރުން އިންގްލެންޑްގައި ބޮޑު ކަމަށް ބުނެ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް