ކ. މާލެ
|
13 ޖުލައި 2021 | އަންގާރަ 16:49
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ މަސައްކަތް
ދެވަނަ ދައުރުގައި ނިމުނީ 39.4 އިންސައްތަ މަސައްކަތް
 
ތިން ވަނަ ދައުރު ފަށާނީ އޮގަސްޓް މަހުގެ 16 ވަނަ ދުވަހު
 
ނިންމާފައިވަނީ 41 މަސައްކަތް، ނުނިންމައި 63 މަސައްކަތެއް ވޭ
 
މެއި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 8 ވަނަ ދުވަހާ ހަމައަށް ދެވަނަ ދައުރުގެ ޖަލްސާތައް ކުރިޔަށްގެންގޮސްފައިވޭ

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ނިންމައި، މަޖިލިސް ޗުއްޓީއަށް ގޮސްފައިމިވަނީ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. ޖުމްލަ 22 ޖަލްސާ ބޭއްވުމަށްފަހު މަޖިލިސް ޗުއްޓީއަށް ގޮސްފައިވާއިރު ދެވަނަ ދައުރުގައި މަޖިލީހުން ކުރުމަށް 104 މަސައްކަތެއް އޮތެވެ. އެއީ ފުރަތަމަ ދައުރުން ދެވަނަ ދައުރަށް އައިސްފައިވާ 54 މަސައްކަތާއި، ދެވަނަ ދައުރަށް ހުށަހަޅާފައިވާ 50 މަސައްކަތެވެ. މީގެތެރެއިން ނިމިފައިވަނީ 41 މަސައްކަތެވެ. ނުނިންމާ 63 މަސައްކަތެއްވެއެވެ.

ބިލްތައް:

ކުރީ ދައުރުން މިދައުރަށް އައި ބިލްތައް: 25 ބިލް

މިދައުރަށް ހުށަހެޅުނު ބިލްތައް: 16 ބިލް

ޖުމްލަ : 41 ބިލް

ނިމުނު: 9 ބިލް

ނުނިމޭ: 32 ބިލް

ގަރާރު:

ކުރީ ދައުރުން މިދައުރަށް އައި ގަރާރުތައް: 9 ގަރާރު

މިދައުރަށް ހުށަހެޅުނު ގަރާރުތައް: 2 ގަރާރު

ޖުމްލަ: 11 ގަރާރު

ނިމުނު: 1 ގަރާރު

ނުނިމޭ: 10 ގަރާރު

ސަރުކާރުން ހުށަހެޅި މައްސަލަ:

ކުރީ ދައުރުން މިދައުރަށް ހުށަހެޅުނު މައްސަލަތައް: 3

މިދައުރަށް ހުށަހެޅުނު މައްސަލަތައް: 7

ޖުމްލަ : 10 މައްސަލަ

ނިމުނު: 8 މައްސަލަ

ނުނިމޭ: 2 މައްސަލަ

ރިޔާސަތުން ހުށަހެޅި ކަންކަން:

ކުރީ ދައުރުން މިދައުރަށް އައި ކަންކަން: 2 ކަމެއް

މިދައުރުގައި ހުށަހެޅި: 6 ކަމެއް

ޖުމްލަ: 8 ކަމެއް

ނިމުނު: 5 ކަމެއް

ނުނިމޭ: 3 ކަމެއް

ކުއްލި މައްސަލަ:

ކުރީ ދައުރުން މިދައުރަށް ހުށަހެޅުނު: 0 މައްސަލަ

މިދައުރަށް ހުށަހެޅުނު: 3 މައްސަލަ

ޖުމްލަ: 3 މައްސަލަ

ނިމުނު: 3 މައްސަލަ

ނުނިމޭ: 0

މެމްބަރުން ހުށަހެޅުއްވި ކަންކަން:

ކުރީ ދައުރުން މިދައުރަށް އައި ކަންކަން: 4 ކަމެއް

މިދައުރަށް ހުށަހެޅުނު: 4 ކަމެއް

ޖުމްލަ: 8 ކަމެއް

ނިމުނު: 5 ކަމެއް

ނުނިމޭ: 3 ކަމެއް

އެހެނިހެން މައްސަލަތަކާއި ގުޅޭ ރިޕޯޓް:

ކުރީ ދައުރުން މިދައުރަށް އައި ރިޕޯޓްތައް: 5 ރިޕޯޓް

މިދައުރަށް ހުށަހެޅުނު ރިޕޯޓް: 4 ރިޕޯޓް

ޖުމްލަ: 9 ރިޕޯޓް

ނިމުނު: 4 ރިޕޯޓް

ނުނިމޭ: 5 ރިޕޯޓް

ވަޒީރުންނާ ސުވާލުކުރުން:

ކުރީ ދައުރުން މިދައުރަށް އައި: 6 ސުވާލު

މިދައުރުގައި ހުށަހެޅުނު ސުވާލު: 8 ސުވާލު

ޖުމްލަ: 14 ސުވާލު

ނިމުނީ: 6 ސުވާލު

ނުނިމޭ: 8 ސުވާލު

މެއި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 8 ވަނަ ދުވަހާ ހަމައަށް ކުރިޔަށް ގެންދިޔަ ޖަލްސާތަކުގައި ފާސްކޮށްފައިވާ މުހިންމު ބިލްތަކަށް ބަލާއިރު، އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވުމަށް ވަކި ގެކޮޅެއް ހަމަޖެއްސުމާއި، ސެކިޔުރިޓީ އާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ފާސްކުރި ބިލާއި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހުގެނައުމަށް ފާސްކުރި ބިލް ފާހަގަކޮށްލެވެއެވެ. މީގެއިތުރުން އާމްދަނީ އިތުރުކުރުމަށް ރާއްޖެއިން ފުރާ ފަތުރުވެރިންގެ އަތުން ޓެކްސް އާއި ފީ ނެގުމަށް، ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާބެހޭ ގާނޫނަށް ގެނައި އިސްލާހަކީވެސް މިދައުރުގައި ފާސްކުރި މުހިންމު ގާނޫނެކެވެ. މީގެއިތުރުން އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްވެސް ފާހަގަކޮށްލެވެއެވެ.

މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް، ދިން ހަމަލާގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާ ހޯއްދެއްވުމަށް ރާއްޖެއިން ބޭރުގައި ހުންނެވުމާގުޅިގެން ދެވަނަ ދައުރުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ ނައިބު ރައީސް އީވާ ޢަބްދުﷲގެ އިތުރުން ރިޔާސަތު ބެލެހެއްޓެވުމަށް ކަނޑައަޅާފައިވާ މެމްބަރުންނެވެ.

މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް ފެށޭނީ އޮގަސްޓްމަހުގެ 16 ވަނަ ދުވަހުއެވެ. އަދި ނޮވެމްބަރ މަހުގެ ނިޔަލަށް ތިން ވަނަ ދައުރު ކުރިޔަށްދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް