ދުނިޔޭގެ އެއްމެ ބޮޑު އެއް ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔޫރޯ 2020 އަށް ހާއްސަކޮށްގެން ރާއްޖެޓީވީ އިން ގެނެސްދިން ކަވަރޭޖަކީ މިހާތަނަށް ގެނެވުނު ކުޅިވަރުގެ އެއްމެ ފުރިހަމަ ކަވަރޭޖް ކަމަށް އެނަލިސްޓުން އަދި ކުޅިވަރުގެ އާއިލާ އިން ބުނެފިއެވެ.
ޔޫރޯ ކަވަރޭޖާއި ބެހޭ ގޮތުން ރާއްޖެޓީވީގެ ކުޅިވަރު ފައިލް ޕްރޮގްރާމްގައި ވާހަކަ ދައްކަމުން އެނަލިސްޓުންގެ ޓީމުގައި ހިމެނޭ މަޝްހޫރު ފުޓްބޯޅަ ކޯޗު އިހްސާން އަބްދުލް ޢަނީ (ސާންތި) ބުނީ ރާއްޖެޓީވީ އިން ގެެނެސްދިން މިފަދަ ބޮޑު ކަވަރޭޖެއްގައި ބައިވެރިވީ އަލަށް ކަމަށާއި އެހެން ނަމަވެސް މި ކަވަރޭޖް ގެނެސްދިން ފުރިހަމަ ކަމާއި އިންތިޒާމުތަކުގެ ރަނގަޅުކަމުން އޭނާއަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބިފައިވާ ކަމަށެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ 51 މެޗު ރާއްޖެޓީވީގެ ބެލުންތެރިންނާއި ހަމަޔަށް ގެނެސްދިން އިރު މެޗާއި ގުޅޭ ތަފާތު ރިޕޯޓްތަކާއި އަގު ހުރި އިނާމުތުގެ އިތުރުން ފުޓްބޯޅަ އާއިލާގެ ގިނަ ބަޔަކު ޝޯވތަކުގައި ވަނީ ބައިވެރިކޮށްފައެވެ.
ސާންތި ބުނީ ކަވަރޭޖެއް ގެނެސްދިނުމަކީ ކިހާ ބޮޑު އަދި ބުރަ މަސައްކަތެއްކަން އިހުސާސްކުރެވުނީ ރާއްޖެޓީވީއަށްް އެނަލިސްޓެއްގެ ގޮތުގައި މަސައްކަތްކޮށްލަން ލިބުމުން ކަމަށާއި ޔޫރޯ ގެނެސްދިނުމަށްޓަކައި ރާއްޖެޓީވީގެ މުވައްޒަފުންކޮށްފައި ވަނީ އަގު ނުކުރެވޭނެ ބޮޑު މަސައްކަތެއް ކަމަށެވެ.
"އިނާމުތަކާއި އެކު މުބާރާތް އާއްމުނާއި ގުޅުވާލިގޮތް ވެސް ވަރަށް ކަމުދިޔަ. އެނަލިސްޓުން އައިސް ހަަމައެކަނި ވާހަކަ ދައްކާލީއެއް ނޫން. ފުޓްބޯޅަ ފޯރި ރާއްޖޭގައި ދައްވެފައިއޮތް ދަނޑިވަޅެއްގައި ރާއްޖެޓީވީ އިން މިކަން ކުރީ އެ ފޯރި ގެނެވޭނެގޮތައް. ހަމަ އެކަނި ރޭގަނޑުގެ ޝޯވއެއްނޫން ޔޫރޯ އާއި އެކު ހަވީރު ގެނެސްދިން ޝޯވ އަކީ ވެސް ތަފާތު ފޯރިއެއް ޔޫރޯއަށް ގެނެސްދިން ޝޯވއެއްރާއްޖެޓީވީ މައިލޯ ޔޫރޯ ފޯރި އެނަލިސްޓް ސާންތި
މިހާތަނަށް މިފަދަ ކަވަރޭޖްތަކުގައި އެހެންތަންތަނުގައި ވެސް މަަސައްކަތްކޮށްފައިވާއިރު މިހާ ފުރިހަމަ ކަވަރޭޖެއްގައި ބައިވެރިވެވުނީ އަލަށް ކަމަށާއި ކުރިޔަށް އޮތް ތަނުގައި ވެސް ކުޅިވަރުގެ ކަމެއްގައި ފުރިހައަށް އެއްބާރުލުން ރާއްޖެޓީވީއަށް ދޭނެ ކަމަށް ސާންތި ބުންޏެވެ.
ކުޅިވަރު ފައިލް ޕްރޮގްރާމްގައި ވާހަކަ ދައްކަމުން މުޙައްމަދު ޝިޔާޒް (މޯހަން) ވިދާޅުވީ ޔޫރޯ ކަވަރޭޖަކީ ރާއްޖޭގެ އެއްމެ ގިނަ ބަޔަކު ބެލި ފުޓްބޯޅަ ކަވަރޭޖް ކަމަށާއި ދުނިޔޭގެ އެއްމެ މަޝްހޫރު ފުޓްބޯޅަ މުބާރާތްތައް ދިވެހި ރަހަތަކާއި އެކު ދިވެހި ބަހުން ގެނެސްދިނުމަކީ ދިވެހިންގެ ތެރޭގައި ފުޓްބޯޅައަށް ބޮޑު ދިރުމެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.
"ރާއްޖެޓީވީ އިން މިހާ މަދު މުވައްޒަފުންނާއި އެކު ކުރި ބުރަ މަސައްކަތް އެއީ ވަރަށް ބޮޑަށް ފާހަގަ ކުރާ ކަމެއް. ކަވަރޭޖަށް ރާއްޖެޓީވީއަށް ވަން އިރު ހިއެއްނުކުރަން މިއީ މިގޮތައް އޮންނަ ކަމެއް ކަމަކަށް. އެކަމަކު ފެނިގެންދިޔައީ ހުރިހާ މުވައްޒަފުން އެކި އެކައްޗެއް ކިޔައިގެން ޔޫރޯ ގެނެސްދިނުމަށް މަސައްކުރިތަން. ރާއްޖެޓީވީ އިން ކުރި މަސައްކަތް ފެނުނީމަ އިނގޭ މިއީ އެހާ ފަސޭހަކަމެއް ނޫންކަން. ކޮންމެ ޝޯވ އަކަށް ވެސް ވަރަށް ގިނަ މަސައްކަތް ކުރަން ޖެހޭކަން އިނގުން. ގޭގައި މެޗު ބަލަން އިންނަ އިރު ވަރަށް ފުރިހަމަ ޝޯވް އެއް ފެންނަނީ އެކަމަކު އެކަން ކުރަން ފަރުދާގެ ފުރަގަހުގައި ވަރަށް މަސައްކަތް ކުރަންޖެހޭކަން އިނގޭރާއްޖެޓީވީ މައިލޯ ޔޫރޯ ފޯރި އެނަލިސްޓް މޯހަން
މަސްް ދުވަހަށް ދިގު ދެމިގެންދިޔަ ރާއްޖެޓީވީގެ ޔޫރޯ ކަވަރޭޖްގައި ރާއްޖޭގެ ފުޓްބޯޅައިގެ ގިނަ ކޯޗުން ބައިވެރިވެފައިވާއިރު ފުޓްބޯޅައިގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކަކުން ވަނީ ބައިވެރިވެފައެވެ.
ފުޓްބޯޅަ ކޯޗުން ނާއި ފުޓްބޯޅައިގެ ހަރަކާތްތެރިވާ ގިނަ ބަޔެއްގެ ތައުރީފް ރާއްޖެޓީވީގެ ޔޫރޯ ކަވަރޭޖަށް ލިބިގެންދިޔައިރު ކުޅިވަރުގެ ދާއިރާގެ ގިނަ ބަޔަކު ވެސް ވަނީ މި ކަވަރޭޖަށް ތައުރީފްކޮށްފައެވެ.