ކ. މާލެ
|
13 ޖުލައި 2021 | އަންގާރަ 12:46
އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން
އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން
މުންޝިދް
ރައީސް ނަޝީދު
އެމްޑީޕީއަށް އައު އިއްތިހާދެއް ބޭނުންވޭ - ރައީސް ނަޝީދު
 
އަފްޣާނިސްތާނު ފަދައިން ހަރުކަށި ފިކުރާއި ހައްދުފަހަނައަޅައި ގޮސް ހަނގުރާމައިގެ ހާލަތަށް ދާން ގިނަ ދިވެހިން ބޭނުމެއް ނުވާނެ
 
ބޭނުންވަނީ ދީނަށް ފުރައްސާރަ ނުކުރާ އިއްތިހާދެއް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީއަށް އައު އިއްތިހާދެއް ބޭނުންވާ ކަމަށް އެ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެމްޑީޕީ އެހެން މިސްރާބަކަށް ގެންގޮސް ޕީޕީއެމާއެކު މަސައްކަތްކުރަން ބޭނުންވާކަން ފައުޅުކަންބޮޑު ގޮތެއްގައި މިހާރު އަންނަނީ ހާމަ ކުރައްވަމުންނެވެ. އެގޮތުން ވިސްނުމަކީ ރާއްޖެ ސަލާމަތް ކުރެއްވުމަށް ކަމަށާއި، ބޭނުންވަނީ، އިންޑިއާ އައުޓް ނުގޮވާ، ނަފްރަތުގެ ބިލަށް ތާއީދުކުރާ، މިއުޒިކު ހަރާމް ނުކުރާ، ކީރިތި ރަސޫލާއަށާއި، އިސްލާމްދީނަށް ފުރައްސާރަ ނުކުރާ އިއްތިހާދެއް ކަމަށް ވިދާޅުވިއެވެ. އަދި މިކަމުގައި އެމަނިފާނު ދެކި ލައްވާ ގޮތުގައި ޕީޕީއެމްއާއި އެމްޑީޕީގެ ގިނަ މެމްބަރުން ތިބޭނީ އެ ގޮތުގައި ކަމަށް ވެސް ވިދާޅުވިއެވެ.

އެމަނިކުފާނުވަނީ މީގެ ކުރިން ވެސް މިފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ. އެގޮތުން ކުރިއަށް ދެވެން އޮތީ ޕީޕީއެމް ފަދަ މެދުމިނުގެ ފިކުރަށް ތާއީދުކުރާ ބަޔަކާއެކުގައި ކަމަށްވަނީ ވިދާޅުވެފައެވެ. އަދި މިއީ ހަރުކަށި ފިކުރާ ދެކޮޅަށް ކުރައްވާ މަސައްކަތެއްގެ ގޮތުގައިވަނީ ސިފަ ކުރައްވާފައެވެ.

އިތުރަށް ވިދާޅުވީ، އަފްޣާނިސްތާނު ފަދައިން ހަރުކަށި ފިކުރާއި ހައްދުފަހަނައަޅައި ގޮސް ހަނގުރާމައިގެ ހާލަތަށް ދާން ގިނަ ދިވެހިން ބޭނުމެއް ނުވާނެ ކަމަށެވެ.

ސިޔާސީ މަސައްކަތްތައް ރައީސް ސާލިހާއެކު ނުކުރެއްވޭނެ ކަމަށް ވެސް ދާދި ފަހުން ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނުގެ ވިސްނުންފުޅު ހުރީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް ބޮޑު ވަޒީރުކަން ކުރައްވަން ކަމަށް ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި ނިޒާމު ބަދަލުކުރުމުގައި އިދިކޮޅު ކޯލިޝަނުން ބައިއަތު ހިފާނެކަމަށް ވެސް ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ.

އެހެންނަމަވެސް މިކަމުގައި މިހާތަނަށް ރަސްމީ މަޝްވަރާތަކެއް ފެށިފައެއް ނެތެވެ. ރަސްމީ މަޝްވަރާއަކަށް ދާން ހުށަހަޅުއްވައިފިނަމަ އެކަންވެސް ކުރައްވާނެ ކަން ސަރުކާރުންވަނީ ހާމަކޮށްފައެވެ.

ދެން އަންނަ ރިޔާސީ އިންތިޚާބެއްގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނެކަން ވެސް ރައީސް ނަޝީދު ވަނީ ހާމަ ކުރައްވާފައެވެ. އެހެންނަމަވެސް އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެ ޕާޓީން ނެރެފައިވާ ކެންޑިޑޭޓަކު ރައީސުލްޖުމްހޫރިއްޔާ ކަމަށް ހޮވިއްޖެނަމަ ދެވަނަ ދައުރަކަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޕާޓީގެ ޓިކެޓް ދޭންޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
50%
0%
0%
25%
25%
0%
ކޮމެންޓް
13 ޖުލައި 2021 | އަންގާރަ 12:55
މަނިކު
އައި ޑޯންޓްނޯ ވަޓް ޓު ސޭ 😮
13 ޖުލައި 2021 | އަންގާރަ 12:53
ހުސޭނު
މައުމޫން ޑީއާރުޕީ ރައީސްކަމުގަ ހުރިއިރުވެސް ވީ މިކަހަލަ ގޮތެއް، ފަހުވަގުތު ވެރިކަންކުރީ އިއްތިހާދު ސަރުކާރެއް ހެން ހަނދާންވަނީ.