ކ. މާލެ
|
13 ޖުލައި 2021 | އަންގާރަ 12:36
ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ
ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ
ރާއްޖެއެމްވީ
އިސްލާމިކް ޔުނިވަރސިޓީ އެއްބަސްވުން
އިންޑިއާގެ އޭއެމްޔޫ އާއި ރާއްޖޭގެ އައިޔޫއެމްއާ ދެމެދު އެއްބަސްވުމެއް ގާއިމުކުރަނީ
 
ކުރު މުއްދަތުގެ ނުވަތަ އެކްސްޓެންޑެޑް ސްޓަޑީ ޕްރޮގްރާމްތަކުގައި ބައިވެރިވެވޭނެ
 
ޓީޗިންގް އަދި ރިސާޗް ސްޓާފް އެކްސްޗޭންޖް ކުރުން އެއްބަސްވުމުގެ ދަށުން ކުރިއަށްދާނެ
 
މިހާރު އެއީ ގާތްގަނޑަކަށް 40،000 ދަރިވަރުންނާއި 1700 މުދައްރިސުން ހިމެނޭ ޕަބްލިކް ޔުނިވާސިޓީއެއް

އަލީގަޅު މުސްލިމް ޔުނިވާސިޓީ (އޭ.އެމް.ޔޫ) އާއި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައި.ޔޫ.އެމް) އާ ދެމެދު އެމް.އޯ.ޔޫ އެއްގައި ސޮއިކުރުމުގެ މަސައްކަތް އިންޑިއާ އާއި ދިވެހިރާއްޖޭގެ ފަރާތުން ކުރަން ފަށައިފިއެވެ.

ކުރިއަށް އޮތް 2-3 މަސް ދުވަހުގެ ތެރޭގައި މި އެމް.އޯ.ޔޫއަށް އަމަލުކުރެވޭނެ ކަމަށް އައިޔޫއެމްއިން ބުނެއެވެ. އެއްބަސްވުމަށް ހުށަހަޅާފައިވާ ކަންތަކުގެތެރޭގައި ދަރިވަރުން ބަދަލުކޮށްގެން ތަމްރީނު ދިނުމާއި، ޓީޗިންގް އަދި ރިސާޗް ސްޓާފް އެކްސްޗޭންޖް ކުރުން، އެއް މުއައްސަސާގެ ދަރިވަރުންނާއި މުވައްޒަފުންނަށް އަނެއް މުއައްސަސާގައި ކުރު މުއްދަތުގެ ނުވަތަ އެކްސްޓެންޑެޑް ސްޓަޑީ ޕްރޮގްރާމްތަކުގައި ބައިވެރިވެވޭ، އަދި ދެ ޔުނިވާސިޓީގެ ހުއްދަދޭ އޮފިޝަލުންނަށް އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް ދަތުރުތައް ކުރުމަށް މަގުފަހިވާ ފަދަ ނިޒާމެއް ގާއިމުކުރުން ކުރުމުއްދަތުގެ ތަމްރީން އަދި އިންޓާންޝިޕް ޕްރޮގްރާމްތައް ގާއިމްކުރުންވެސް ހިމެނެއެވެ.

1875 ވަނަ އަހަރު ސަރ ސަޔެދް އަޙްމަދު ޚާން - މޮޑާން އިންޑީއާގެ އާކިޓެކްޓް އެއް -ހުޅުވައިދެއްވި އޭ.އެމް.ޔޫ ގާއިމުކުރެވުނީ މުޙައްމަދަން އެންގްލޯ އޮރިއެންޓަލް ކޮލެޖެއްގެ ގޮތުގައެވެ. މިހާރު އެއީ ގާތްގަނޑަކަށް 40،000 ދަރިވަރުންނާއި 1700 މުދައްރިސުން ހިމެނޭ ޕަބްލިކް ޔުނިވާސިޓީއެކެވެ.

އޭ.އެމް.ޔޫ ގައި އާޓްސް، ޓެކްނޮލޮޖީ، މެޑިސިން، މެނޭޖްމެންޓް، ކޮމާސް، އެގްރިކަލްޗާ، ލައިފް ސައިންސަސް، ލޯ، ތިއޮލޮޖީ އަދި އިންޓަނެޝަނަލް ސްޓަޑީޒް ފަދަ 13 ފެކަލްޓީ ހިމެނެއެވެ. އަދި ޔުނިވާސިޓީގެ ދަށުން 7 ހައި ސްކޫލާއި 2 ސެކަންޑަރީ ސްކޫލް ހިންގައެވެ. އޭ.އެމް.ޔޫ ވަނީ ދާދި ފަހުން ސެންޓަރ ފޯ ޔުނިވާސިޓީ ވޯލްޑް ރޭންކިންގްސް (ސީ.ޔޫ.ޑަބްލިއު.އާރ) އިން ޝާއިއު ކޮށްފައިވާ ރޭންކިންގްއިން އިންޑިއާގެއާގެ އެންމެ ފެންވަރު ރަގަޅު 8 ވަނަ ޔުނިވާސިޓީގެ މަގާމް ހާސިލުކޮށްފައެވެ.

ދެ މުއައްސަސާގެ މެދުގައި އެއްބަސް ވުމަށް ހުށަހަޅާފައިވާ އެމް.އޯ.ޔޫގެ ލިޔުން، އައި.ޔޫ.އެމް އިން ޕާޓްނަޝިޕް ބޭނުންވާ މުހިންމު ދާއިރާތައް ހިމެނޭހެން ފައިނަލްކޮށް، ދިވެހިރާއްޖެއަށް ޔުނިވާސިޓީގެ ޓީމެއް ފޮނުވުމަށް ވެސް އޭ.އެމް.ޔޫ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އިންޑިޔާ ސިފައިންގެ ފަހު ބެޗް މިމަހުގެ 10ގެ ކުރިން ފުރާނެ: ފޮރިން މިނިސްޓްރީ
އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
އިންޑިއާގައި އުފައްދާ ހަވާދުގެ ބާވަތްތަކެއްގައި ކެންސަރުޖެހޭ މާއްދާއެއް އެކުލެވޭތީ ބައެއް ގައުމުތަކުގައި މަނާކޮށްފި
މޯދީގެ ވާދަވެރިޔާ، ޖަލަށްލާފައިވާ އަރްވިންދު ކެޖްރިވާލްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
ބޫތު ބަހައްޓާފައި ހުރިގޮތުން ވޯޓުގެ ސިއްރުކަން ކަށަވަރުކުރެވުނު، އިންޑިއާގެ އިންތިހާބުގައި ކުރެވިދާނެ ގިނަ ކަންކަން އެނގިގެންދިޔަ - ޝަހާބުއްދީން
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ، އިންޑިޔާގައި އާންމު އިންތިހާބްގެ ވޯޓުލުން ކުރިޔަށް ދަނީ
ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ ނުނިދޭ، އިންޑިއާ އައުޓް ކެންޕޭނަށް ނުކުންނާނަން: ރައީސް ޔާމީން
އީރާނުން ހިފެހެއްޓި ބޯޓުގައި ތިބި އިންޑިޔާ ފަޅުވެރިންނާ އިންޑިޔާގެ އޮފިޝަލުން ބައްދަލް ކުރުމުގެ ފުރުސަތު ދެނީ