ކ. މާލެ
|
16 މެއި 2017 | އަންގާރަ 15:53
ޑަންގަލް ގެ ޕޯސްޓަރެއް
ޑަންގަލް ގެ ޕޯސްޓަރެއް
އަޒުމޫން އަހުމަދު
ޑަންގަލްގެ ކާމިޔާބީ
ޗައިނާ އިން "ޑަންގަލް" އަށް 65 މިލިއަން ޑޮލަރު
ޑަންގަލް ވަނީ ޗައިނާގެ 9000 ސްކްރީނެއްގައި އަޅުވާފައި
ކުރިއަށް އޮތް ދުވަސްތަކުގައި މިއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވޭ

ޗައިނާގެ ސިނަމާތަކުގައި މިހާރު އަޅުވާފައިވާ ބޮލީވުޑްގެ ފިލްމު "ޑަންގަލް" އަށް ފިލްމު އެޅުވިތާ 10ދުވަހުގެ ތެރޭގައި 65.13 މިލިއަން ޑޮލަރުގެ ބޮޑު އާމްދަނީއެއް ލިބިއްޖެއެވެ.

ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ކުރި ޓްވީޓެއްގައި ބުނެފައިވަނީ ޗައިނާގައި "ޑަންގަލް"  އެޅުވިތާ ދެ ހަފްތާ ވެފައިވާއިރު މި ހަފްތާގެ ހުކުރު ދުވަހު 6.40 މިލިއަން ޑޮލަރު، ހޮނިހިރު ދުވަހު 13.97 މިލިއަން ޑޮލަރު، އާދީއްތަ ދުވަހު 12.72 މިލއަން ޑޮލަރު އަދި ހޯމަދުވަހު 4.86 މިލިއަންޑޮލަރު ލިބިފައިވާ ކަމަށެވެ. އަދި އެ ފިލްމަށް މުޅި ޖުމްލަ 11 ދުވަހުގެ ތެރޭގައު 65.13 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް އޭނާގެ ޓްވީޓްގައި ވަނީ ބުނެފައެވެ. އެއީ 417.48 ކްރޯޑް އިންޑިއަން ރުޕީސްއެވެ.

ޗައިނާގެ 9,000 ސްކްރީނެއްގައި "ޑަންގަލް" ވަނީ އަޅުވާފައެވެ.

"ޑަންގަލް" އަކީ ރެސްލިން ތެޅުންތެރިޔާ މަހާވީރް ސިންގް ޕޯގަތް އޭނާގެ ގޭގައި ދެ އަންހެން ކުދިންނަށް ރެސްލިންތަޅަން ދަސްކޮށްދީގެން ތާރީހީ ކާމިޔާބީއާ ހަމައަށް ގެންގޮސްދިނުމަށް ކުރާ މަސައްކަތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގައި އާމިރާ އެކު އޭނާގެ ދެ އަންހެން ދަރިންގެ ރޯލުން ފެނިގެންދަނީ ބޮލީވުޑަށް މުޅިން އަލަށް ތައާރަފުވި ފާތިމާ ސަނާ ޝައިޚް އާއި ސަނާޔާ މަލްހޯތުރާ އެވެ.

އިންޑިއާގެ ސިނަމާ ތަކުގައި މިދިޔަ ޑިސެމްބަރު މަހު "ޑަންގަލް" އެޅުވި ފަހުން މިފިލްމަށް ވަނީ 385 ކްރޯޑްގެ ބޮޑު ފައިދާއެއް ލިބިފަ އެވެ. މިފިލްމަށް ވަނީ ގިނަ އެވޯޑްތައް ވެސް ލިބިފައެވެ.

- ކޮމެންޓް