ކ. މާލެ
|
11 ޖުލައި 2021 | އާދީއްތަ 12:50
އަލީ ވަހީދު / ކުރީގެ ޓޫރިޒަމް މިނިސްޓަރ
އަލީ ވަހީދު / ކުރީގެ ޓޫރިޒަމް މިނިސްޓަރ
ޓޫރިޒަމް މިނިސްޓްރީ
އަލީ ވަހީދުގެ މައްސަލަ
ޕީޖީން އަލީ ވަހީދުގެ ޝަރީއަތުގެ މައްސަލަ ސުޕްރީމް ކޯޓަށް
 
ޕީޖީ އޮފީހުން ބުނީ، އާދީއްތަ ދުވަހު މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން ހުށަހަޅަން ނިންމާފައިވާ ކަމަށް
 
ޝަރީއަތް އޮންލައިންކޮށް ކުރިއަށްގެންދާ މައްސަލަ ޕީޖީން ހައި ކޯޓުގައި އިސްތިއުނާފް ކުރި މައްސަލަ އެ ކޯޓުންވަނީ ބާތިލްކޮށްފައި
 
އާދީއްތަ ދުވަހުގެ މެންދުރުފަހު 15:00ށްވަނީ އަލީ ވަހީދުގެ ޝަރީއަތް ވެސް ތާވަލްކޮށްފައި

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށްގެންދާ މައްސަލަ ޕީޖީން ސުޕްރީމް ކޯޓުުގައި އިސްތިއުނާފްކުރަން ނިންމައިފިއެވެ.

ޕީޖީ އޮފީހުން ބުނީ، އާދީއްތަ ދުވަހު މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. އާދީއްތަ ދުވަހުގެ މެންދުރުފަހު 15:00ށް އަލީ ވަހީދުގެ ޝަރީއަތް ވެސް ވަނީ ތާވަލްކޮށްފައެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރަން ނިންމީ، ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމި ނިންމުމާ ދެކޮޅަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލަ އެ ކޯޓުން ބާތިލްކުރުމުންނެވެ. މައްސަލަ ބާތިލް ކޮށްފައިވަނީ، އަލީ ވަހީދަށް ރައްދުވާގޮތަށް ހުށަހަޅާފައިވާ މައްސަަލަ ހުށަހެޅިފައިވާ ގޮތަށް އިސްތިއުނާފީ ދައުވާއެއްގެ ގޮތުގައި ކުރިއަށް ގެންދާނެ ޝަރުއީ އަދި ގާނޫނީ ހަމައެއް މިހިނދުގައި ނެތްކަމަށް ބުނެއެވެ.

ބޭސްފަރުވާ ކުރުމަށް އަލީ ވަހީދު މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގައި ކަމަށްވާތީ، އެތަނަކީ ރާއްޖޭގެ އިހްތިސާސް ހިނގާ ތަނަކަށް ނުވާތީ އެތަނުގައި އަލީ ވަހީދު ހުންނަވައިގެން ޝަރީއަތް ކުރިއަށް ގެންދިއުމަށް ޕީޖީ އޮފީހުން އަންނަނީ އިންކާރުކުރަމުންނެވެ.

އަލީވަހީދުގެ މައްސަލަ އޮންލައިންކޮށް ކުރިއަށް ގެންދެވޭނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ހަމަޖެއްސެވީ، އަލީ ވަހީދުގެ ބޭސްފަރުވާ ނުނިމޭ ކަމަށްބުނެ ކޯޓަށް ސިޓީއެއް ފޮނުވައި އެ އިންތިޒާމް ހަމަޖައްސައި ދިނުމަށް އެދުމުންނެވެ. އަލީ ވަހީދުގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވަނީ، އިނގިރޭސިވިލާތުގެ ޝާލީ ވިލެޖްގެ އަމިއްލަ ހޮސްޕިޓަލެއް ކަމަށްވާ ޝާލީ އޯކްސް ހޮސްޕިޓަލުން ދޫކޮށްފައިވާ ލިޔުމެކެވެ

ޓޫރިޒަމް މިނިސްޓަރ ކަމުގެ މަގާމުގައި ހުންނެވި އިރު ޢަލީ ވަޙީދު އެ ވުޒާރާގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލާގައި، އޭނާގެ މައްޗަށް ދައުވާ އުފުލައި، ޝަރީއަތް މިހާރު ކުރިއަށްދާއިރު، އެ މައްސަލަ ފެންމަތިވުމާއެކު ޕީޖީ އޮފީހުގެ އެދުމަށް ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓިއެވެ. އެހެންނަމަވެސް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްޓަކައި، އެދިވަޑައިގަތުމުން ކޯޓު އަމުރެއްގެ ދަށުން ޕާސްޕޯޓު ދޫކުރީ ހަތަރު މަހަށެވެ. އަދި އެކަން ކުރީ އަސްޢަދު ޢަލީ (އަޑުބަރޭ) ޖާމިނުވާގޮތަށެވެ. އެހެންނަމަވެސް ހަތަރު މަސް ފާއިތުވެ، ޝަރީއަތް ފެށުނު އިރު ވެސް އަލީ ވަހީދު އެނބުރި ރާއްޖެއަށް ވަޑައެއްނުގަންނަވައެވެ. އަދި އެކަމުގެ ޒިންމާ އަޑުބަރޭ ވެސް ނަގާފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް