ކ. މާލެ
|
11 ޖުލައި 2021 | އާދީއްތަ 12:05
ހައުސިން ޑިވަލޮޕްމެންޓް ކޯޕްރޭޝަން (އެޗްޑީސީ)
ހައުސިން ޑިވަލޮޕްމެންޓް ކޯޕްރޭޝަން (އެޗްޑީސީ)
ރާއްޖެއެމްވީ
ފްލެޓް ލިބުނު ކަމަށްބުނެ ކުރަމުންދާ ފޭކް ކޯލް
އެޗްޑީސީގެ ނަމުގައި ފޭކް ކޯލްތަކެއް، ސަމާލުވޭ!
 
އެޗްޑީސީގެ ފަރާތުން ގުޅާނަމަ ބޭނުން ކުރާނީ ރަސްމީ ނަންބަރުތައް
 
ޓީ.ވީގެ ޒަރިއްޔާއިން ގެނެސްދެވޭ ލައިވް ޕްރޮގްރާމެއް މެދުވެރިކޮށް ގުރުއަތު ނެގުން ކުރިއަށް ގެންދާނެ
 
ގުރުއަތުގައި ފުލެޓު ކަނޑައެޅޭ ފަރާތްތައް ހިމެނޭ ލިސްޓު އާންމުކޮށް އަންގާ އިއުލާނުކުރާނެ

ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ފުލެޓުތަކަށް ހޮވިފައިވާ ފަރާތްތަކަށް ފުލެޓު ގުރުއަތުން ލިބޭ ފުލެޓު ކަނޑައެޅުމަށްފަހު ބާކީ ހުރި ފްލެޓްތަކުގެ ތެރެއިން ގުރުއަތުން އެއްވެސް ފަރާތަކަށް ކަނޑައެޅިފައިނުވާ ފުލެޓުތަކަށް ހޮވިފައިވާކަމަށް ބުނެ ހައުސިން ޑިވަލޮޕްމެންޓް ކޯޕްރޭޝަން (އެޗްޑީސީ)ން ނުގުޅާނެ ކަމަށް އެކޯޕްރޭޝަނުން ބުނެފިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފުލެޓަށް ހޮވިފައިވާ ފަރާތްތަކަށް ލިބޭ ފުލެޓު ކަނޑައެޅުމަށް އެކޯޕަރޭޝަނުން އަމަލުކުރަމުންދާ އުސޫލަށް އިޝާރާތްކޮށް އެޗްޑީސީން ބުނީ ފުލެޓު ގުރުއަތު ނެގުން ހަމަޖެހިފައިވާ ތާރީޚް އަދި އެދުވަހެއްގެ ގުރުއަތުގައި ފުލެޓު ކަނޑައެޅޭނެ ފަރާތްތައް ހިމެނޭ ލިސްޓު އާންމުކޮށް އަންގާ އިއުލާނުކުރުމަށްފަހު، ޓީ.ވީގެ ޒަރިއްޔާއިން ގެނެސްދެވޭ ލައިވް ޕްރޮގްރާމެއް މެދުވެރިކޮށް ގުރުއަތު ނެގުން ކުރިއަށް ގެންދާނެ ކަމަށެވެ.

އެހެންކަމުން، ގުރުއަތުން ފުލެޓު ލިބިފައިވާ ފަރާތްތަކާއި، ފުލެޓު ލިބިފައިނުވާ އެއްވެސް ފަރާތަކަށް ފޯނު މެދުވެރިކޮށް ލިބިފައިވާ ފުލެޓުގެ ތަފްސީލު ހިއްސާކުރުމަށް އެޗްޑީސީން ނުގުޅާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ މި މަޝްރޫއުއާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާ ކުރާނަމަ، އެކަން ކުރާނީ އާންމު އިއުލާނެއްގެ ޒަރިއްޔާއިން ނުވަތަ އެކޯޕަރޭޝަނުގެ މީސްމީޑިއާ ޕޭޖުތައް މެދުވެރިކޮށް ކަމަށެވެ. މިފަދަ ކަމެއްގައި އެކޯޕަރޭޝަންގެ ފަރާތުން ގުޅާނަމަ ބޭނުން ކުރާނީ ރަސްމީ ނަންބަރުތައް ކަމަށާއި، މިފަދައިން އޮޅުވާލައިގެން ކުރާ ކޯލުތަކަށް ސަމާލުވުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް
12 ޖުލައި 2021 | ހޯމަ 08:18
ހެއްރަބެ
ތިޔަ ފްލެޓްތައް ހަވާލުކުރުން މިހާރު ތިޔައޮތީ ބޮޑު ވޭނަކަށް ވެފަ!!!! ދެންމެ ދެންމެއަކު ހަވާލުކޮށްފާނެ ކަމުގެ ދަޅަ ދައްކާތާ މިހާރު 1080 ދުވަސް ވީ!!!! ތަތް ވިއަސް ތިވަރު ތަންކޮޅެއް ބޮޑު!!!! ހަމަ ކަންކަން އަވަހަށް ކުރުމުގެ ގާބިލް ކަން ނެތީ!!!
ގުޅުންހުރި
ވަކިފަރާތަކަށް ނުޖެހޭނެކަމަށް ބުނާ ފްލެޓް ކޮމިޓީގައި ފަޒުލްގެ ކޮއްކޮ: "މިދިޔަ ސަރުކާރުން އަހަރެންނަށް އެހާވަރުކޮށްލީ އަހަރެން ކީއްކޮށްގެން؟"
ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކޮށް ނިމުމުން، ލިފްޓުގައި ބަލިމީހުން އުފުލުމުގެ ކަންކަމަށް ހައްލު ލިބޭނެ: ރައީސް މުއިއްޒު
ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓު ބާތިލުނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިން - އެޗްއާރްސީއެމް
ހިޔާ ފްލެޓްގެ ކޮންމެ ޓަވަރެއްގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި: ފަޒުލް
ހިޔާ ފްލެޓުތަކުގެ ކުލިން އެއްލައްކަ މައާފުކޮށްފި
ރައީސް ޖެއްސެވި ހިސާބު ދިމައެއް ނުވޭ، ދެއްވާނެކަމަށް ވިދާޅުވި ދެ ލައްކަ ރުފިޔާއިން 89،400 ރުފިޔާ މަދުވޭ!
ހިޔާ ފްލެޓްގެ ފިނިޝިންގ މަސައްކަތަށް ޚަރަދުވި ފައިސާ ދޭނެކަމަށް ވިދާޅުވުމަކީ އަވާމެންދުރެއް؟
ހިޔާ ފުލެޓުތަކުގެ ވެރިން އުއްމީދުކޮށްގެން ތިބީ 5 އަހަރުގެ ފަހު ދުވަހު ފައިސާ ލިބޭނެކަމަކަށް ނޫން - ޔައުގޫބް