ކ. މާލެ
|
11 ޖުލައި 2021 | އާދީއްތަ 11:20
ކޮވިޑް-19 ބަލީގައި ނިޔާވާ މީހުން ވަޅުލުމަށް ތައްޔާރުވުމުގެ ތެރެއިން،
ކޮވިޑް-19 ބަލީގައި ނިޔާވާ މީހުން ވަޅުލުމަށް ތައްޔާރުވުމުގެ ތެރެއިން،
ރާއްޖެއެމްވީ
ކޮވިޑް ޖެހިގެން އިތުރު މީހަކު ނިޔާވުން
ށ. ކޮވިޑް މެނޭޖްމަންޓް ފެސިލިޓީން މީހަކު ނިޔާވެއްޖެ
 
އެއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ ޖުމުލަ އަދަދު މިވަނީ 214ށް އަރާފައި
 
އެއީ 59 އަހަރުގެ އަންހެނެއް
 
އެމީހާ ނިޔާވީ ހޮނިހިރު ދުވަހުގެ ރޭ 3:05 ހާއިރު

ކޮވިޑް-19ށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ށ. ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހަކު ހޮނިހިރު ދުވަހުގެ ރޭ 3:05 ހާއިރު ނިޔާވެފައިވާ ކަމަށެވެ. އެއީ 59 އަހަރުގެ އަންހެނެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ ޖުމުލަ އަދަދު މިވަނީ 214ށް އަރާފައެވެ.

އެންމެފަހު ރާއްޖޭގައި ކޮވިޑް-19ގެ މީހަކު ނިޔާވި ކަމުގެ ރިޕޯޓު ލިބިފައިވަނީ ޖުލައި މަހުގެ އެއްވަނަ ދުވަހެވެ. އެ ދުވަހު 70 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 81 އަހަރުގެ ދިވެހި އަންހެނެއް ނިޔާވެފައިވެއެވެ.

ރާއްޖެއަށް ކުރިމަތިވި ކޮވިޑް-19ގެ ހަތަރު ވަނަ ރާޅާއެކު ބަލީގައި ނިޔާވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ދިޔައެވެ. ބަލި ފެތުރޭ މިންވަރަށް ބަލީގައި ނިޔާވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވެއެވެ. އެހެންކަމުން ބަލި ކޮންޓްރޯލް ކުރުމަށް އެޅި ހަރުކަށި ފިޔަވަޅުތަކާ އެކު މިހާރު މިވަނީ ބަލި ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވެއެވެ. އަދި ލުއިތައް ދެމުން އަންނައިރު، ބަލީގައި ހާލު ސީރިއަސްވެ އެޑްމިޓް ކުރަން ޖެހޭ ރޭޓް ވެސް ވަނީ ވަރަށް ބޮޑަށް ދަށް ވެެގެން ގޮސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް