ކ. މާލެ
|
11 ޖުލައި 2021 | އާދީއްތަ 08:23
ފުވައްމުލައް ސިޓީގެ މަގުމަތި
ފުވައްމުލައް ސިޓީގެ މަގުމަތި
ފުވައްމުލަކު ސިޓީ ކައުންސިލް
ފުވައްމުލަކުގެ ކޮވިޑް ހާލަތު
ފުވައްމުލަކުން އިތުރު 18 މީހުން ޕޮޒިޓިވް
 
މިހާތަނަށް 3،600 މީހުންވަނީ، ދެ ޑޯޒް ފުރިހަމަކޮށްފައިވޭ
 
ބަލި ޖެހުނު 18 މީހުންގެ ތެރޭގައި ހިމެނެނީ، 10 ދިވެހިންނާއި، 8 ބިދޭސީން

ފުވައްމުލަކުން އިތުރު 18 މީހުން ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާ ކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.

ފުވައްމުލައް ސިޓީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެކްޓިވް ކޭސްގެ ގޮތުގައި 41 މީހަކު އެބަތިއްބެވެ. އެ ސިޓީން މިހާތަނަށް 792 މީހަކު ޕޮޒިޓިވްވެފައިވާއިރު ބަލިން ރަނގަޅުވެފައި ވަނީ 752 މީހުންނެވެ. ހޮނިހިރު ދުވަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ބަލި ޖެހުނު 18 މީހުންގެ ތެރޭގައި ހިމެނެނީ، 10 ދިވެހިންނާއި 8 ބިދޭސީންނެވެ.

މިހާރު އެކްޓިވް ކޭސްތަކުގެ ތެރެއިން އެންމެ ގިނަ ކޭސް ރިޕޯޓް ކޮށްފައިވަނީ މިސްކިތްމަގު އަވަށުންނެވެ. އެއީ 33 ކޭހެވެ. ދަޑިމަގު އަދި ހޯދަޑު އަވަށުގައި 1 ކޭސް، ފުނާޑު އަދި މާދަޑު އަވަށުގައި 3 ކޭސް އެކްޓިވް ކޭސްގެ ގޮތުގައި ރިޕޯޓް ކޮށްފައިވެއެވެ. މިވަގުތު އެއްވެސް ކޭހެއް ނެތް އަވަށް ތަކަކީ، މާލެގަން އަދި ދޫނޑިގަމެވެ.

މިހާތަނަށް ފުވަމުލަކުން 17،588 ސާމްޕަލް ނަގާފައިވެއެވެ. އަދި މޮނިޓަރިންއަށް 659 ގެއެއް ވަނީ ލާފައެވެ. ހައިރިސްކް ކޮންޓެކްޓުންގެ ގޮތުގައި ފުވައްމުލަކުގައި 290 މީހުން މިހާތަނަށް ފާހަގަވެފައިވާކަމަށް ތަފާސްހިސާބުން ދައްކައެވެ.

ފުވައްމުލަކުގައި ވެކްސިން ޖެހި މީހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް 3،600 މީހުންވަނީ، ދެ ޑޯޒް ފުރިހަމަކޮށްފައެވެ. ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައިވަނީ، 5،888 މީހުންނެވެ.

އެ ސިޓީގައި ވެސް ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ވަނީ ލުއިދެވިފައެވެ. އެގޮތުން ކާފިއު ގަޑި ރޭގަނޑު 9:00 ފެށިގެން ފަތިހު 4:00ށް ވަނީ ކުޑަކޮށްފައެވެ. ކޮންމެހެން ބިދޭސީން ލައްވާ ކުރުވަންޖެހޭ މަސައްކަތެއް ޚާއްސަ ހުއްދައެއްގެ ދަށުން ކުރުމާއި، އެއްފަހަރާ 3 މީހުންނަށްވުރެ ގިނައިން އެއްވެ އުޅުންވަނީ މަނާކޮށްފައެވެ.

އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް، ފިހާރަ، ކެފޭ ރެސްޓޯރަންޓް، ސެލޫންފަދަ ތަންތަން ހުޅުވައިގެން ޚިދުމަތްދިނުމަށް މިހާރު އޮތީ ހުއްދަ ދީފައެވެ. އެ ސިޓީ އަދިވެސް އޮތީ މޮނިޓަރިންގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
67%
0%
0%
33%
ކޮމެންޓް