ކ. މާލެ
|
10 ޖުލައި 2021 | ހޮނިހިރު 13:43
ހުޅުމާލޭގެ މަގެއް،
ހުޅުމާލޭގެ މަގެއް،
ރާއްޖެއެމްވީ
މާލޭ ތިމާވެއްޓާ ރައްޓެހި ސިޓީއަކަށް
ސާފު ފެހި ތިމާވެއްޓާ ރައްޓެހި ސިޓީއަކަށް މާލެ ހެދުމަށް ޕްރޮގްރާމްތަކެއް ހިންގަނީ
 
ހިތްގައިމު ފަރު ޕްރޮގްރާމެއް ކުރިއަށް ގެންދާނެ
 
މައިގަނޑު ތިން ކަމެއް ކުރުމަށް ނިންމާފައިވޭ
 
މިޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ އާންމުންގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކު

މާލޭ ސިޓީއަކީ ސާފު ފެހި ތިމާވެއްޓާ ރައްޓެހި ސިޓީއަކަށް ހެދުމަށް ޚާއްސަ ޕްރޮގްރާމްތަކެއް ހިންގުމަށް މާލެސިޓީ ކައުންސިލުން ނިންމައިފިއެވެ.

ކައުންސިލުން މިކަން ނިންމީ 4 ވަނަ ދައުރުގެ 4 ވަނަ ޖަލްސާއިންނެވެ.

ސާފު ފެހި ތިމާވެއްޓާ ރައްޓެހި ސިޓީއަކަށް ހެދުމުގެ ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ މުޖުތަމައުގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކު އެ ފަރާތްތަކުގެ ބައިވެރިވުމާއެކުއެވެ.

ކައުންސިލުން ބުނީ މި ޕްރޮގްރާމްގައި މައިގަނޑު ތިން ކަމެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ. ފުރަތަމަ ކަމަކީ ޕްރޮގްރާމްގެ ދަށުން މާލޭ ސިޓީގައި އެއްލައްކަ ގަސް އިންދުުގެ ޕްރޮގްރާމެވެ. މި ޕްރޮގްރާމްގެ ދަށުން މާލޭ ސިޓީގައި ގަސްއިންދަން ޚާއްސަ ޕްލޭނެއް ހަދައި މާލޭ ސިޓީގެ އެކި ސަރަހައްދުގައި އިންދޭނީ ކޮންބާވަތެއްގެ ގަސްތޯ ބަލައި އެބާވަތްތައް ހޯދުން ހިމެނެއެވެ. އަދި ޕްރޮގްާމް ދެމެހެއްޓޭނެ ގޮތްތައް ވެސް ހިމަނާފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

ކައުންސިލުން ބުނީ ދެވަނައަށް ''ޕްލާސްޓިކާ ދުރުވަމާ'' ކިޔާ ޕްރޮގްރާމެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ. މި ޕްރޮގްރާމްގެ ދަށުން މާލޭ ސިޓީގައި އެކިތަންތަނުގައި ހުރި ޕްލާސްޓިކްތައް ހޮވައި ތިލަފުއްޓަށް ގެންދިއުން ހިމެނެއެވެ. އަދި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގައި، ސާފުކުރުމުގެ ދުވަސް ފާހަގަކޮށް، ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ބާޒާރުކުރުމަށް ފޮތިކޮތަޅު ތައާރަފްކޮށް، ޕްލާސްޓިކާމެދު އޮތް ނުރަނގަޅު އާދަ ބަދަލުކުރުމުގެ މަސައްކަތްކުރުން ހިމެނޭ ކަމަށް ކައުންސިލުން ބުނެއެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި ހިންގާނީ ''ހިތްގައިމު ފަރު'' ޕްރޮގްރާމްކަން ފާހަގަކޮށް ކައުންސިލުން ބުނީ މި ޕްރޮގްރާމްގެ ދަށުން މާލޭގެ ބޭރުތޮށިގަނޑާއި، ވަށައިގެންވާ ފަރާއި، ފަޅުތެރެ ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުގެ މަސައްކަތް ކްލަބް ޖަމިއްޔާތަކާއި، އެން.ޖީ.އޯ ތަކާއި، އާއްމުންގެ ބައިވެރިވުމާއި އެކީ ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުން ފަޅުތެރެ ސާފުކުރުން ހިމެނެއެވެ. އަދި ފަޅާއި ފަރަށް ޕްލާސްޓިކާއި ކުނިބުނިން ލިބޭ ގެއްލުމާމެދު މީހުން ހޭލުންތެރިކުރުވުމާއި ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގުން ހިމެނޭ ކަމަށް ކައުންސިލުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
50%
0%
50%
0%
0%
ކޮމެންޓް