ކ. މާލެ
|
10 ޖުލައި 2021 | ހޮނިހިރު 13:23
ވެލާނާގެ ކައިރީގައި ގާއިމްކޮށްފައިވާ ޕާކިން ޒޯން
ވެލާނާގެ ކައިރީގައި ގާއިމްކޮށްފައިވާ ޕާކިން ޒޯން
ރާއްޖެ އެމްވީ
ވެހިކަލް ޕާކު ކުރުން
ހަތަރު ފުރޮޅުލީ ވެހިކަލްތައް ޕާރކްކުރުމަށް ކަނޑައަޅާފައިވާ ޚާއްސަ 211 ޖާގައަށް ކުރިމަތިލުމުގެ ފުރުސަތު
 
މިމަހުގެ 18ގެ ކުރިން ލިޔެކިއުންތައް ހުށަހަޅަން ޖެހޭ
 
ޕާކިން ޒޯނުގެ ޖާގަ ލިބޭ މީހުން ކަނޑައަޅާނީ ގުރުއަތު ލައިގެން
 
ޖާގަ ދޫކުރެވޭނީ 350 ކިލޯގެ ޕިކަޕް، ކާރު އަދި ވޭނަށް

މާލެ ސިޓީގައި ހަދާފައި ހުރި ޕާރކިން ޒޯންތަކުން އަގުނަގައިގެން ހަތަރު ފުރޮޅުލީ ވެހިކަލްތައް ޕާރކްކުރުމަށް ކަނޑައަޅާފައިވާ ޚާއްސަ 211 ޖާގައަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

މާލެސިޓީ ކައުންސިލުން ބުނީ ބައެއް މަގުތަކާއި ގޯޅިތަކާއި އަދި ބައެއް ސަރަހައްދުތަކުގައި ހަދާފައި ހުރި ޕާރކިން ޒޯންތަކުން އަގުނަގައިގެން ހަތަރު ފުރޮޅުލީ ވެހިކަލްތައް ޕާރކްކުރުމަށް ޖާގަ ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ޖާގަ ދޫކުރެވޭނީ 350 ކިލޯގެ ޕިކަޕް، ކާރު، ވޭނަށް 211 ޖާގަ ކަމަށެވެ.

ޖާގަ ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކަކީ،

  1. މއ. ވައިދެރިހިނގުން. (އަމީނީމަގާއި ކުރެދިގޯޅިއާއި ދެމެދު) 44 ޖާގަ،
  2. މއ. ރާދަފަތިހިނގުން. (އަމީނީމަގާއި ފަޅުމަތީމަގާއިދެމެދު) 21 ޖާގަ،
  3. މއ. ކުރެދިގޯޅި. 10 ޖާގަ،
  4. މއ. ހުދުފަޅުހިނގުން. 8 ޖާގަ،
  5. މ. ހިލާލީމަގު އަމީނީމަގުން ފެށިގެން ދެކުނު އިރުމަތީފަޅި. 20 ޖާގަ،
  6. މ. ހިލާލީމަގު އަމީނީމަގު އިރުމަތީ ފަޅި (ސްޓޭޑިއަމް ފަޅީގައި). 10 ޖާގަ،
  7. ޞަލާޙުއްދީން ޕާރކިންގ. 10 ޖާގަ،
  8. ހ. އާޓިފިޝަލް ބީޗް ޕާރކިންގ (ޗައިނާ އެމްބަސީ ކުރިމަތީގައި) ހަމައެކަނި ޕްރައިވެޓް ކާރު ތަކަށް، 24 ޖާގަ.
  9. ހ. އަލިމަސް ކާނިވާ ސަރަހައްދުގައި. 6 ޖާގަ އަދި
  10. ހ. ސަލްމާން މިސްކިތު ސަރަހައްދުގައި.58 ޖާގަ

މާލެ ސިޓީ ކައުންސިލުން ބުނީ 08 ޖުލައި 2021ން ފެށިގެން 18 ޖުލައި 2021ގެ މެންދުރުފަހު 2:00 ގެ ކުރިން މާލޭ ސިޓީ ކައުންސިލްގެ އާއްމު ޚިދުމަތްތަކާބެހޭ ބަޔަށް އެކަމަށް އެދި ސިޓީއާއިއެކު، އައިޑީކާޑުގެ ކޮޕީ، ވެހިކަލްގެ ރަޖިސްޓްރީ ކޮޕީ ހުޅަހަންޖެހޭ ކަމަށެވެ. އަދި ޕާކިން ޒޯންގެ ޖާގަ ލިބޭ މީހުން ކަނޑައަޅާނީ ގުރުއަތު ލައިގެން ކަމަށް ކައުންސިލުން ބުނެއެވެ.

ޕާކިންގެ މައްސަލަތައް ހައްލު ކުރުމަށް ގިނަ މަސައްކަތްތައް ކުރަމުންދާއިރު، ކޮވިޑް-19އާ ގުޅިގެން ރައްޔިތުންނަށް ލުއި ގޮތްތައް ހޯދައިދިނުމަށް ޕާކިންގް ސްލޮޓުތަކުގެ ޕާކިންގް ފީ 3,000 ރުފިޔާއިން 750 ރުފިޔާއަށް ކުޑަކުރަން ސިޓީން ސިޓީ ކައުންސިލުން ނިންމާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް