ކ. މާލެ
|
9 ޖުލައި 2021 | ހުކުރު 02:43
ވެކްސިން ޖަހާ މީހުންގެ އަދަދު މިހާރު މިވަނީ ވަރަށް އިތުރުވެފައި
ވެކްސިން ޖަހާ މީހުންގެ އަދަދު މިހާރު މިވަނީ ވަރަށް އިތުރުވެފައި
ޓްރީ ޓޮޕް ހޮސްޕިޓަލް
ވެކްސިން ޖެހާ އަދަދު އިތުރުވުން
ބުދަ ދުވަހު ދެ ޑޯޒް ފުރިހަމަކުރި އަދަދު 6،000ން މަށްޗަށް!
 
ބުދަ ދުވަހު 107 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވޭ
 
ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ ޖުމުލަ އަދަދު ވަނީ 213،052ށް އަރާފައި
 
ބުދަ ދުވަހު 6،807 މީހަކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވޭ

ރާއްޖެއަށް ވެކްސިން ލިބުމުގައި ދިމާވި ދަތިތައް ހައްލުވެ ވެކްސިން ޖަހާ މީހުންގެ އަދަދު އިތުރަށް މައްޗަށް ގޮސްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން، ބުދަ ދުވަހު 6،807 މީހަކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ އިރު، މާލެ ސަރަހައްދުން ދެވަނަ ޑޯޒް ޖެހީ 4،634 މީހެކެވެ. އަދި އަތޮޅު ތެރެއިން 2،173 މީހަކު ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ. މިއާއެކު ރާއްޖޭގައި ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު ވަނީ 213،052ށް އަރާފައެވެ.

ބުދަ ދުވަހު 107 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 34 މީހުންނާއި، އަތޮޅުތެރެއިން ވެކްސިން ޖެހި 73 މީހުންނެވެ. މިއާއެކު ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 317،869ށް އަރާފައެވެ.

އެޗްޕީއޭއިން ބުނީ ސިނޮފަރމްގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒް ޖެހުމުގެ ކަންކަން ބުދަ ދުވަހު ވެސް ކުރިއަށްދިޔަކަމަށެވެ. އެގޮތުން ސެނަހިޔާ އަދި ޓްރީޓޮޕް ހޮސްޕިޓަލުން ހެނދުނު 9:00ން 11:00ށް ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްދިޔަކަމަށެވެ. މީގެ އިތުރުން ކޮވިޝީލް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް އެޕޮއިންޓްމެންޓަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން ފެބްރުއަރީ މަހާއި މާޗް މަހު، މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކުން އެޕޮއިންޓްމަންޓަށް ހެދުމަށް ވަނީ އެދިފައެވެ.

ރާއްޖެއަށް ގެނަން އޯޑަރުކުރި ވެކްސިންގެ ތެރެއިން އިންޑިއާގެ ސިރަމް އިންސްޓިޓިއުޓްގެ ވެކްސިން ގެނައުމަށް ގިނަ ދުވަސްތަކެއްވަންދެން ނުގެނެވުމުން ވެކްސިން ޖެހުން ވަނީ މަޑުޖެހިފައެވެ. އެހެންނަމަވެސް، މި ވެކްސިންއާއި، ސިނޮފާމް ވެކްސިންގެ ޑޯޒްތައް ލިބުމުން މި މައްސަލަ ވަނީ ހައްލުވެފައެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވަނީ މިހާރު ވެކްސިން ޖެހުމުގައި ދަތިކަމެއް ކުރިމަތިނެވެ މެދުކެނޑުމެއް ނެތި ކުރިއަށްދާނެކަމަށެވެ.

މިކަން މި ދެތިން ދުވަހުގައި ވެކްސިންގެ ވެކްސިންގެ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދުން ހާމަވެއެވެ. އެގޮތުން ދުވާލަކަށް ދެ ޑޯޒް ފުރިހަމަކުރާ އަދަދި ހާހުން ދަށުގައި އުޅުމަށް ފަހު މިއަދަދު މިހާރު މިވަނީ 6،000ށް ވުރެ އިތުރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް