ކ. މާލެ
|
8 ޖުލައި 2021 | ބުރާސްފަތި 22:40
ކަސްޓަމްސް
ކަސްޓަމްސް
ރާއްޖެ އެމްވީ
ކަސްޓަމްސްއިން ބަނގުރާ ނައްތާލުން
ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 40،000ށް ވުރެ ގިނަ ބަނގުރާ ފުޅިއާއި ދަޅު ނައްތާލައިފި
 
300 ގްރާމް ދުންފަތާއި 23 ކިލޯގެ ބޭހުގެ އިތުރަށް 39،200 ބިޑި ނުވަތަ ސިނގިރޭޓު ސްޓިކް ވެސް ހިމެނޭ
 
ބަނގުރަލާއި ބަނގު އާވި ހިމެނޭ 25,469 ފުޅި، 12 ޕެކެޓު، އަދި 19،430 ދަޅު ނައްތާލާފައިވޭ

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބެލުމުގެ ދަށުގައި ހުރި 40,000ށް ވުރެ ގިނަ ބަނގުރާ ފުޅިއާއި ދަޅު ނައްތާލާފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

އެ މުއައްސަސާއިން ނެރުނު ބަޔާނެއްގައި ވަނީ ބަނގުރަލާއި ބަނގު އާވި ހިމެނޭ 25,469 ފުޅި، 12 ޕެކެޓު، އަދި 19،430 ދަޅު ނައްތާލާފައިވާ ކަމަށެވެ. މީގެ އިތުރަށް ބަނގު އާވި ހިމެނޭ 30 ޗޮކްލެޓާއި، 97 ސިޑަރ ވެސް ނައްތާލާފައިވެއެވެ.

ނައްތާލި ތަކެތީގެ ތެރޭގައި 574 ސޮފްޓް ޑްރިންކް ފުޅިގާއި، 300 ގްރާމް ދުންފަތާއި، 23 ކިލޯގެ ބޭހުގެ އިތުރަށް، 39،200 ބިޑި ނުވަތަ ސިނގިރޭޓު ސްޓިކް ވެސް ހިމެނޭކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.

ކަސްޓަމްސް އިން ބުނީ އެ ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 269ވަނަ މާއްދާގެ ދަށުން ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ މި ނޫންވެސް ސަބަބަކާ ހުރެ ނައްތާލުމުގައި ކަސްޓަމްސް އިން އަމަލުކުރާ އުސޫލުގެ ދަށުން ނައްތާލެވުނު ތަކެތި ކަމަށެވެ. މީގެ އިތުރަށް ކަސްޓަމްސްގެ އާންމު ގަވާއިދުގެ ދަށުން އެކަށައެޅިފައިވާ، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފަހައްޓާ މަނާތަކެތި ނައްތާލުމުގެ އުސޫލުގެ ދަށުން ނައްތާލި ތަކެތިވެސް މީގެ ތެރޭގައި ހިމެނޭ ކަމަށް ބުނެފައިވެއެވެ.

މި ތަކެތި ނައްތާލާފައި ވަނީ މި މަހުގެ 6ވަނަ ދުވަހާއި 8ވަނަ ދުވަހު ކ. ތިލަފުށީ ކުނި ނައްތާލާ ސަރަހައްދުގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް