ކ. މާލެ
|
8 ޖުލައި 2021 | ބުރާސްފަތި 21:34
ޅ. ނައިފަރު
ޅ. ނައިފަރު
ދަ އެޑިޝަން
ނައިފަރު މޮނިޓަރިންގެ ހާލަތުން ނެގުން
މާޗުމަހުގެ ތެރޭގައި މޮނިޓަރިންގެ ހާލަތަށް ގެނައި ނައިފަރު، މޮނިޓަރިންގެ ހާލަތުން ނަގައިފި
 
3 އެކްޓިވް ކޭސް ހިމެނޭއިރު، 914 މީހުން ބަލިން ރަނގަޅުވެފައިވޭ
 
ބަލިން ރައްކާތެރިވުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް އިލްތިމާސްކޮށްފައިވޭ
 
މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ 23 މާޗުގައި

ކޮވިޑް-19ގެ ކޭހެއް ފެނުމާގުޅިގެން މާޗުމަހުގެ ތެރޭގައި މޮނިޓަރިން ހާލަތަށް ގެނައި ޅ.ނައިފަރު މޮނިޓަރިންގެ ހާލަތުން ނަގައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނީ ކޮވިޑް-19ން ރައްކާތެރިވުމުގެ ގޮތުން އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މޮނިޓަރިންގ ހާލަތު އިތުރަށް ދަމަހަައްޓަން ޖެހޭ ސަބަބެއް މިވަގުތު ނެތް ކަމަށެވެ. އަދި މޮނިޓަރިންގެ ހާލަތާގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ނިމުމަކަށް އައީ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ނައިފަރު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ 23 މާޗު 2021 ގައެވެ. މޮނިޓަރިންގެ ހާލަތު އުވާލާފައިވަނީ 08 ޖޫން 2021ވީ ބުރާސްފަތި ދުވަހުގެ ހަވީރު 4:50 ހާއިރުއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކަށް ގިނަ ރައްޔިތުންގެ ފަރާތުން އެއްބާރުލުން ލިބިފައިވާ ކަމަށް އެރަށުގެ ކައުންސިލުން ބުނެއެވެ. އަދި މޮނިޓަރިންގެ ހާލަތުން ރަށް ނެގުނު ނަމަވެސް ބަލިން ރައްކާތެރިވުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް އިލްތިމާސްކޮށްފައެވެ.

ބަލިން ދިފާއުވުމަށް ވެކްސިނޭޝަން ޕްރޮގްރާމް ކުރިއަށް ގެންދާއިރު، މިހާތަނަށް 1907 މީހުން ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށްފައިވެއެވެ. އަދި 2885 މީހަކު ވެކްސިންގެ އެއް ޑޯޒު ޖަހާފައިވެއެވެ.

ޅ. އަތޮޅު ހޮސްޕިޓަލުން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާތަނަށް 5295 ސާމްޕަލެއް ނަގާފައިވެއެވެ. 64 ސާމްޕަލެއްގެ ނަތީޖާ އަދި ލިބިފައިނުވާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެއްވެސް މީހަކު ޕޮޒިޓިވްވެފައިނުވެއެވެ.

އެ ހޮސްޕިޓަލުން ބުނީ މިހާތަނަށް 921 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި، 914 މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. ތިން އެކްޓިވް ކޭސް ހިމެނޭއިރު، މިބަލީގައި އެރަށުން 4 މީހަކު ނިޔާވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް