ކ. މާލެ
|
6 ޖުލައި 2021 | އަންގާރަ 07:43
ރައީސް ނަޝީދު އެމަނިކުފާނަށް ފަރުވާދެއްވި ބައެއް ސިއްހީ މަސައްކަތްތެރިންނާއެކު
ރައީސް ނަޝީދު އެމަނިކުފާނަށް ފަރުވާދެއްވި ބައެއް ސިއްހީ މަސައްކަތްތެރިންނާއެކު
ރާއްޖެއެމްވީ
ރައީސް ނަޝީދަށް ފަރުވާދިން އޭޑީކޭގެ ޓީމް
އޭޑީކޭގެ ޑޮކްޓަރުން އެކުރި މަސައްކަތް ނުކުރިނަމަ މިއަދު މި ވާހަކަ ދައްކަން ނީނދެވޭނެ: ރައީސް ނަޝީދު
 
ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ވަނީ 16 ގަޑިއިރުގެ ދިގު އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފައި
 
އެމަނިކުފާނަށް ފަރުވާކުރެއްވި ޖަރުމަނުވިލާތުގެ ޑޮކްޓަރުން ތިއްބެވީ އޭޑީކޭއިން އެމަނިކުފާނަށް ދިން ފަރުވާގެ މޮޅުކަމުން އެކަމާ އަޖައިބުވެފައިކަމަށް ވިދާޅުވި
 
ރާއްޖޭގެ ސިއްހީ ޚިދުމަތް ރަނގަޅުކަމަށް ވިދާޅުވި

ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާ ކުރެއްވުމުގައި އޭޑީކޭގެ ޑޮކްޓަރުން އެކުރި މަސައްކަތް ނުކުރިނަމަ އެމަނިކުފާނަށް މިއަދު އެ ވާހަކަދައްކަން ނީނދެވޭނެކަމަށް ވިދާޅުވެއްޖެއެވެ.

އާސްކް ސްޕީކަރގެ ތިން ވަނަ ޕްރޮގްރާމްގައި، ހަމަލާއަށް ފަހު އޭޑީކޭއިން ފަރުވާ ހޯއްދަވާފައިވާއިރު އެކަން ބަލައިގަންނަނީ ކޮންގޮތަކަށްތޯ އާއި ގައުމުގައި ތިބި ޑޮކްޓަރުންނާއި ނަރުހުންނަށް އިތުބާރު ކުރައްވަނީ ކިހާ މިންވަރަކަށްތޯ އާންމުންގެ މީހަކު ވަނީ ސުވާލުކޮށްފައެވެ. އެސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ފަރުވާކުރެއްވި ޖަރުމަނުވިލާތުގެ ޑޮކްޓަރުން ތިއްބެވީ އޭޑީކޭއިން އެމަނިކުފާނަށް ދިން ފަރުވާގެ މޮޅުކަމުން އެކަމާ އަޖައިބުވެފައިކަމަށެވެ.

އޭޑީކޭގެ ޓީމުގެ ކުޅަދަނާކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެޓީމުގެ ކުޅަދާނަކަމަށްޓަކައި އެމަނިކުފާނު ފިއްކަނޑައިގެންދިޔަ ކަމަށެވެ.

ވަކި ޑޮކްޓަރެއްގެ ވާހަކައެއް ނޫން. އެންމެ އާދައިގެ ޑޮކްޓަރާއި އެންމެ ހަމަ ގާތުގައި ހުރި ނަރުހުންނާއި ހުރިހާ ކުދިން. އަޅުގަނޑު ފިއްކަނޑައިގެންދޭ އެބޭފުޅުން ގެ ކުޅަދާނެކަމަށްޓަކައި. ތަންތަން ފަހާފައި ހުރި ގޮތްވެސް ހާދަ ރީއްޗޭ. ނީޑްލް ވޯކްގެ މަސައްކަތް ޑޮކްޓަރުން ހާދަ ރަނަގަޅޭ ހިތަށްއަރާ. ދެން ހުންނާނެ ލަކުނު. ދެން އެބޭފުޅުންނަށް ކުރެވޭނެ ކަމެއް ނޫން އެއީ އަނދާފައި ފިހިފައި ހުރި ތަންތަން ރަނގަޅުކުރުން. ކިރިޔާވެސް ކަމަކާ ނުލާ ރަނގަޅު ކުރެވެން ހުރި ކަންކަން ވިއްޔާ އެއޮތީ ބޮޑުކޮށް ރަނގަޅު ކޮށްފައި. އަޅުގަނޑު ދަންނަވާނީ ރައްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ރާއްޖޭގެ ސިއްހީ ޚިދުމަތް ވަރަށް ރަނގަޅޭ.
ރައީސް މުހައްމަދު ނަޝީދު/ ރައްޔިތުންގެ މަޖިލީހުގެ ރައީސް

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ސިއްހީ ޚިދުމަތުގެ ފެންވަރުގެ ރަނގަޅު ކަމަށާއި ކޮންމެހެން ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދިވެހިން ދިޔުމުގެ ބޭނުމެއް ނެތްކަމަށެވެ.

އެމަނިކުފާނު ޖަރުމަނާއި އިނގިރޭސިވިލާތުން ފަރުވާހޯއްދެވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވިދާޅުވީ އިނގިރޭސިވިލާތުގައި ހުންނެވީ ހަމައެކަނި ރާއްޖެއިން ނުލިބޭ ބޭސް ފަރުވާ ހޯއްދެވުމަށް ނޫންކަމަށެވެ.

އަޅުގަނޑުގެ ހަޔާތުގައި ދިމާވެފައި ހުރި ކަންކަން ވެސް ވަރަށް ގިނަ. އަޅުގަނޑު ކުދިންނާއި އާއިލާއާ އެކުގައިވެސް އިންނަން ބޭނުން. ދެން ތަންކޮޅެއް ދުރުވެލާނެކަމަށް ވެސް ބޭނުން. ދެކެނީ އެކަން ސާފުވާނެކަމަށް ރައްޔިތުންނަށް،
ރައީސް މުހައްމަދު ނަޝީދު/ ރައްޔިތުންގެ މަޖިލީހުގެ ރައީސް

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ބޭސްފަރުވާގެ ހުރިހާ ކަމެއް ހަމަޖައްސަމުންދަނީ ސަރުކާރުން ނޫންކަމަށެވެ. އެކަމުގައި އެމަނިކުފާނުގެ އާއިލާ އާއި އެމަނިކުފާނުގެ ވެސް ހިއްސާ އޮންނަކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ވަނީ 16 ގަޑިއިރުގެ ދިގު އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފައެވެ. އައިއީޑީއެއް ގޮއްވާލުމުގެ ހާދިސާގައި އެމަނިކުފާނުގެ ހަށިކޮޅަށް 10 ރޭޒާ ފުއް ވަދެ ހަށިގަނޑުގެ މުހިއްމު ގުނަވަންތައް ފޫއަޅުވާލާފައިވެއެވެ. އިތުރު ފަރުވާ ހޯއްދެވުމަށް ޖަރުމަނުވިލާތަށް ވަޑައިގެންނެވީ މެއި މަހުގެ 13 ވަނަ ދުވަހުއެވެ. އޭގެފަހުން ޖަރުމަނުވިލާތުގައި ވެސް ވަނީ އިތުރު އޮޕަރޭޝަންތަކެއް ކުރައްވާފައެވެ. 

އެއަށްފަހު އިތުރު ފަރުވާ ހޯއްދެވުމަށް މިހާރު ހުންނެވީ އިނގިރޭސިވިލާތުގައެވެ. ޖުލައި މަހުގެ 2 ވަނަ ދުވަހު އިނގިރޭސިވިލާތަށް ވަޑައިގަންނަވާފައި މިވަނީ ޖަރުމަނުވިލާތުގައި މަސްދުވަހަށްވުރެ ގިނަ ދުވަހު ހުންނެވުމަށްފަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
100%
0%
ކޮމެންޓް