ކ. މާލެ
|
15 މެއި 2017 | ހޯމަ 22:39
އިބްރާހިމް ފަޒީލް (އޮއްޕޮ) (ވ) ނިއުގެ ކޯޗު ޓަވަރޭޒް (ކ) އާ އެކު
އިބްރާހިމް ފަޒީލް (އޮއްޕޮ) (ވ) ނިއުގެ ކޯޗު ޓަވަރޭޒް (ކ) އާ އެކު
ފޭސްބުކް
އޮއްޕޮ އެނބުރި ނިއުއަށް
ޔޫރަޕްގައި ކުޅުމަށްފަހު އޮއްޕޮ އެނބުރި ނިއުއަށް
އޮއްޕޮ އެންމެފަހުން ކުޅެފައިވަނީ ވޭލްސްގެ ކްލަބަކަށް
އޮއްޕޮ ނިއުއަށް ސޮއިކުރިކަން ކްލަބުން ކަށަވަރުކޮށްދޭ
އޮއްޕޮ ނިއުއަށް ސޮއިކުރި މުއްދަތެއް ކަށަވަރެއްނުވޭ

ވޭލްސްގެ ކްލަބަކަށް ކުޅުމަށްފަހު ގައުމީ ޓީމުގެ ކުރީގެ މީޑްފިލްޑަރު އިބްރާހިމް ފަޒީލް (އޮއްޕޮ) ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ އަލުން ގުޅިއްޖެ އެވެ.

 

މީގެކުރިންވެސް ނިއުއަށް ކުޅެފައިވާ އޮއްޕޮ ނިއުގެ ސްކޮޑާ ގުޅި ފަރިތަކުރުންތައް ކުރިޔަށްގެންދަން ފަށާފައިވާއިރު، އޭނާ ފުޓުބޯޅަ ކެރިޔަރު ނިންމާލާނީ ނިއުގައި ކަމަށް ރާއްޖެއެމްވީ އަށް ވަނީ މައުލޫމާތު ލިބިފައެވެ.

 

އޮއްޕޮ ނިއުއަށް ސޮއިކޮށްފައިވާ ކަން އެ ކްލަބުގެ ޖެނެރަލް ސެކެޓްރީ އަހުމަދު ނިޔާޒް މޫސާ ވަނީ ރާއްޖެއެމްވީ އަށް ކަށަވަރުކޮށްދެއްވާފައެވެ. އެހެންނަމަވެސް އޭނާ ނިއު އަށް ސޮއިކުރީ ކިތައް އަހަރަށްކަމެއް ކަށަވަރެއްނުވެއެވެ.

 

އުމުރުން 36 އަހަރުގެ އޮއްޕޮ ނިއުއަށް ބަދަލުވެ ފުރަތަމަ ކުޅެން ފެށީ 2004 ވަނަ އަހަރެވެ. އެއަށްފަހު އޭނާ ދެވަނަ ފަހަރަށް އެޓީމާ ގުޅުނީ 2012 ވަނަ އަހަރެވެ. އެ އަހަރު ނިއު ވަނީ އެއްވެސް މެޗަކުން ބަލިނުވެ ރެކޯޑަކާއެކު ލީގު ކާމިޔާބުކޮށްފައެވެ.

 

އޮއްޕޮ ނިއު ދޫކޮށްލުމަށްފަހު އޭނާ ކުޅެފައިވަނީ ވޭލްސްގެ ކްލަބެއްކަމަށްވާ ބޮޑޯގަން އެފްސީ އަށެވެ. އެއަށްފަހު އޭނާ ވަނީ ވޭލްސްގެ ދެވަނަ ޑިވިޝަން ކްލަބެއްކަމަށް ލާންގުނީ އެފްސީ އަށްވެސް ކުޅެފައެވެ. އެގޮތުން އޭނާ ވަނީ އެޓީމާއެކު ވޭލްސްގެ އެފްއޭކަޕްގައި ކުޅެފައެވެ.

 

ރާއްޖެއިން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ރަން ޓީމުގައި އޮއްޕޮ ހިމެނިފައިވާއިރު، އޭނާ ވަނީ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

- ކޮމެންޓް