ކ. މާލެ
|
5 ޖުލައި 2021 | ހޯމަ 10:20
ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް
ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް
ފޭސްބުކް
ޑރ.އިޔާޒް ވަޒީފާއިން ވަކިކުރުން
ވަޒީފާއިން ވަކިކުރި މައްސަލައިގައި ޑރ. އިޔާޒް ޓްރައިބިއުނަލަށް!
 
މައްސަލަ ހުށަހެޅުމަށް ލިޔެކިޔުން ތައްޔާރު ކުރަމުންދަނީ

ވަޒީފާއިން ވަކިކުރި މައްސަލައިގައި ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅަން ނިންމައިފިއެވެ.

ގައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ލެކްޗަރަރއެއްގެ މަގާމުގައި ހުރި ޑރ. އިޔާޒް ވަޒީފާއިން ވަކި ކުރީ، ޖުލައި މަހުގެ 1 ވަނަ ދުވަހުއެވެ. ޑރ. އިޔާޒް ބުނެފައިވަނީ، މި ހަފްތާތެރޭގައި މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ. ޑރ. އިޔާޒު ބުނެފައިވަނީ، އަނގަބަހުން ނަސޭހަތްދިން ކަމަށް ގައުމީ ޔުނިވަރސިޓީން ދީފައިވާ ލިޔުންތަކުގައި އޮތް ނަަމަވެސް، އެއްވެސް އިރަކު އަނގަބަހުން ނަސޭހަތްދީފައި ނުވާކަމަށެވެ.

ޑރ. އިޔާޒް މަގާމުން ވަކިކޮށްފައިވަނީ ސޯޝަލް މީޑިއާގައި އޭނާގެ ކުރި ޕޯސްޓްތަކާއި ޓްވީޓްތަކާ ގުޅިގެން ތަކުރާރުކޮށް ނަސޭހަތް ދިނުމަށްފަހުއެވެ. އެމްއެންޔޫއިން ބުނެފައިވަނީ، މި ފަހުން ވެސް ފެންމަތިވި މައްސަލައާ ގުޅިގެން ތިން ފަހަރު ނަސޭހަތް ދިނުމަށްފަހު ދެ ފަހަރު ލިޔުމުން ނަސޭހަތް ދީފައިވާ ކަމަށެވެ. ނަމަވެސް އިސްލާހުނުވުމުން ވަޒީފާއިން ވަކިކޮށްފައިވާ ކަަމަށް ބުނެއެވެ.

ހަރުކަށި ފިކުރަށް ތާއީދުކުރައްވާ މޭރުމުން ސޯޝަލް މީޑިއާގައި ވާހަކަ ދެއްކުމާއި، އާންމުންގެ ތެރޭގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ޚިޔާލު ފާޅުކުރަމުންދާތީ، ޑރ. އިޔާޒު ސަސްޕެންޑްކޮށްފައިވަނީ މި އަހަރުގެ މާރޗް މަހުގެ ތެރޭގައެވެ.

ޑރ. އިޔާޒްގެ މައްސަލަ ބެލުމަށް އެމްއެންޔޫގެ ކޮމިޓީ އަށް ހުށަހެޅިއިރު ވެސް އޭނާއާ ގުޅޭގޮތުން އާންމުންގެ ފަރާތުން 190ށް ވުރެ ގިނަ ޝަކުވާ އެމްއެންޔޫއަށް ލިބިފައިވެއެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައި މި ވަނީ އަންހެންކުދިން ޚިތާނު ކުރުމާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި އޭނާ ފާޅު ކުރެއްވި ޚިޔާލުތަކެއްގެ މައްސަލަ ފެންމަތިވެ، އެ މައްސަލަ އިސްލާމިކް މިނިސްޓްރީން ވެސް ބަލަމުން ދަނިކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް