ކ. މާލެ
|
5 ޖުލައި 2021 | ހޯމަ 07:32
ހިޔާ ހައުސިންގް ޔުނިޓްތައް
ހިޔާ ހައުސިންގް ޔުނިޓްތައް
ރާއްޖެ އެމްވީ
ހިޔާ ފްލެޓް ދޫކޮށްލުން
ހިޔާ ދޫކޮށް ވިނަރެސްގައި ބައިވެރިވުމުގެ މުއްދަތު މި މަހުގެ ނިޔަލަށް!
 
ވިނަރެސްގެ ތެރެއިން މެރީނާ ވިއު، އައުޓަރ ވިއު، އިނަރ ވިއު އަދި ސްޓޭންޑަރޑް ވިއު ފްލެޓްތައް ތަރައްޤީކުރާނެ
 
ވިނަރެސް އަކީ އެޗްޑީސީއިން ހުޅުމާލޭގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢެއް
 
ހިޔާ ފްލެޓް ދޫކޮށްލުމަށް ފުރުސަތުދީފައިވަނީ ފަންނީ ކެޓަގަރީގައި ހިމެނޭ H4 ޑޮކްޓަރުންނާއި ނަރުހުން، H5 ޓީޗަރުންގެ އިތުރުން ސިވިލް ސަރވިސް ފަންނީ ކެޓަގަރީއިން

ހިޔާ ފްލެޓްތައް ދޫކޮށް މި ސަރުކާރުން "ވިނަރެސް" ގެ ނަމުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގައި ބައިވެރިވުމުގެ މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

ހިޔާ މަޝްރުޢޫގެ ފްލެޓް ދޫކޮށްލާ ފަންނީ މުވައްޒަފުންނަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢު "ވިނަރެސް" އަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ. މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގް، ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރއިން ވަނީ މި މުއްދަތު އިތުރުކޮށްފައިވާކަން ހާމަކޮށްފައެވެ. ޕްލޭނިން މިނިސްޓްރީން ބުނީ ހިޔާ މަޝްރޫޢުގެ ދާއިމީ ލިސްޓްގައި ހިމެނޭ ފްލެޓް ލިބޭ ފަރާތްތަކުން ވިނަރެސް މަޝްރޫޢުއަށް ކުރިމަތިލާން އެދޭނަމަ އެފުރުސަތު މި މަހުގެ ނިޔަލަށް މިހާރު ފަހިވެފައިވާނެކަމަށެވެ.

ހިޔާ މަޝްރޫޢުގެ ކެޓަގަރީތަކުގެ ތެރެއިން ފްލެޓް ދޫކޮށްލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އެ މަޝްރޫޢުގެ ފަންނީ ކެޓަގަރީގައި ހިމެނޭ H4 ޑޮކްޓަރުންނާއި ނަރުހުން، H5 ޓީޗަރުންގެ އިތުރުން ސިވިލް ސަރވިސްގެ ފަންނީ ކެޓަގަރީ އަށެވެ.

ވިނަރެސް މަޝްރޫޢުގައި ހިމެނެނީ 1344 ހައުސިންގ ޔުނިޓެވެ. އެއީ މުޅިން ވެސް 3 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. މި މަޝްރޫޢުގައި 4 ބާވަތެއްގެ ޔުނިޓްތައް ހިމެނެއެވެ. އެއީ މެރީނާ ވިއު، އައުޓަރ ވިއު، އިނަރ ވިއު އަދި ސްޓޭންޑަރޑް ވިއު ފްލެޓްތަކެވެ. ޕްލޭނިން މިނިސްޓްރީން ބުނީ ވިނަރެސް މަޝްރޫޢަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ފުރުސަތުގައި އިތުރު މައުލޫމާތު ހޯދުމަށާއި މުއްދަތު އިތުރުކޮށްދިނުމަށް ގިނަ ބަޔަކު އެދިފައިވާކަމަށެވެ. އެހެންކަމުން މި މުއްދަތު މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށެވެ.

ހިޔާ މަޝްރޫޢުގެ ފްލެޓް ލިބޭ ފަރާތްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ފެށުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) އަންނަނީ ތައްޔާރުވަމުންނެވެ. މި މަހުގެ 14 ވަނަ ދުވަހު އެއްބަސްވުންތަކުގައި ސޮއިކުރަން ފަށާނެކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. ޕްލޭނިން މިނިސްޓްރީން މީގެ ކުރިން ހާމަކުރިގޮތުގައި ހިޔާގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވެސް ފްލެޓް ބަދަލުކުރަން ބޭނުންވާ ފަންނީ މުވައްޒަފުންނަށް 3 މަސް ދުވަހުގެ މުއްދަތެއް ލިބޭނެކަމަށެވެ. އެހެންނަމަވެސް މި ފުރުސަތު އޮންނާނީ ހުޅުވާލެވޭ ހައުސިން ޔުނިޓްތަކުގެ އަދަދު ހަމަވަދެންކަމަށް ވެސް އެމިނިސްޓްރީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
13%
13%
0%
25%
38%
13%
ކޮމެންޓް
6 ޖުލައި 2021 | އަންގާރަ 13:17
ޢިންސާފު
ޚިހާ ބޮޑު ވަބާއެއް!!!! ޢަނެއްކާވެސް ކުރިން ލިބުނު މީހުނަށް؟؟؟ ކުރީ ފަހަރު ނުލިބުނު މީހުން ވިލަރެސް ފުލެޓު ލިބޭނެ ކަމަށް ތިއްބާ ނެއްކާވެސް ކުރިން ނުލިބި ތިބި މީހުން މަޙުރޫމު ކޮށްފަ ކުރިން ހިޔާފުލެޓު ލިބުނު މީހުނަށް އަނއްކާވެސް. ކިހާ ބޮޑު އާފާތެއް.