ކ. މާލެ
|
2 ޖުލައި 2021 | ހުކުރު 22:56
ކޮވިޑް-19: ވެކްސިން ޖެހުން
ކޮވިޑް-19: ވެކްސިން ޖެހުން
ރައީސް އޮފީސް
ވެކްސިން
މާލެ ސަރަހައްދުން ދެވަނަ ޑޯޒު ޖެހި މީހުންގެ އަދަދު 200ށް ނާރާ
 
މުޅި ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ 317،214ށް އަރާފައި
 
ފުރަތަމަ ޑޯޒު ޖެހީ 202 މީހުން، އަދި ދެވަނަ ޑޯޒު ޖެހި 712 މީހުން
 
ރާސްފަތި ދުވަހު މުޅި ރާއްޖެއިން ވެކްސިން ޖެހީ 914 މީހުން

ބުރާސްފަތި ދުވަހު މާލެ ސަރަހައްދުން ކޮވިޑް-19އާ ދެކޮޅަށް ވެކްސިންގެ ދެވަނަ ޑޯޒު ޖެހީ 193 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ބުރާސްފަތި ދުވަހު މުޅި ރާއްޖެއިން ވެކްސިން ޖެހީ 914 މީހުންނެވެ. އެއީ ފުރަތަމަ ޑޯޒު ޖެހި 202 މީހުންނާއި ދެވަނަ ޑޯޒު ޖެހި 712 މީހުންނެވެ.

ފުރަތަމަ ޑޯޒު ޖެހި މީހުންގެ ތެރެއިން މާލެ ސަރަހައްދުން ވެކްސިން ޖެހީ 75 މީހުންނެވެ. އަދި އަތޮޅުތެރެއިން ވެކްސިން ޖެހީ 127 މީހުންނެވެ. މާލެ ސަރަހައްދުން ދެވަނަ ޑޯޒު ޖެހީ 193 މީހުންނެވެ. އަދި އަތޮޅުތެރެއިން ދެވަނަ ޑޯޒު ޖެހީ 519 މީހުންނެވެ.

މިއާއެކު މުޅި ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދު 317،214ށް އަރާފައިވާއިރު، 191،441 މީހުން ވަނީ ދެވަނަ ޑޯޒު ޖަހާފައެވެ.

ޖުލައި މަހުގެ ތެރޭގައި ރާއްޖެއަށް ބޭނުންވާ ވެކްސިންގެ ޑޯޒްތައް ލިބިގެންދާނެ ކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެފައިވާއިރު، ސަރުކާރުން މިހާރު އެންމެ ބޮޑަށް މަސައްކަތްކުރަނީ ފައިސާ ދައްކާފައިވާ އެސްޓްރަޒެނިކާ ކޮވިޑް ވެކްސިން ޑޯޒްތައް ރާއްޖެ ގެނައުމަށެވެ. އޭގެ އިތުރުން ރަޝިއާގެ ސްޕަޓްނިކްވީ ހޯދުމުގެ މަސައްކަތް ވެސް ކުރަމުންދާއިރު، އެމެރިކާއިން ވަނީ އެގައުމުން ވެކްސިން ފޯރުކޮށްދޭން ނިންމާފައިވާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމަނާފައެވެ.

ރާއްޖޭގެ ކޮވިޑް-19 ވެކްސިނޭޝަން ޕްރޮގްރާމް ފެބްރުއަރީ 1ވަނަ ދުވަހު ފަށާފައިވާއިރު، އެންމެ ފުރަތަމަ ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ދީފައި ވަނީ ކޮވިޝީލްޑް ވެކްސިނެވެ. އޭގެ އިތުރުން ބަޔޯއެންޓެކް އަދި ފައިޒަރ ގުޅިގެން އުފައްދާފައިވާ ކޮވިޑް-19 ވެކްސިނާއި، ޗައިނާގެ ސިނޮފަރމް ކުންފުނީގެ ކޮވިޑް ވެކްސިނާއި، އެސްޓްރަޒެނިކާ ކުންފުނީގެ ކޮވިޑް ވެކްސިންގެ އިތުރުން، ސްޕަޓްނިކްވީ، މޮޑާނާގެ ކޮވިޑް ވެކްސިން، އަދި ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ރާއްޖެއިން ވަނީ މިހާރު ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް