ކ. މާލެ
|
2 ޖުލައި 2021 | ހުކުރު 22:47
ލޮކްޑައުންގެ ތެރޭގައި ފުލުހުން ހަރަކާތްތެރި ވަނީ
ލޮކްޑައުންގެ ތެރޭގައި ފުލުހުން ހަރަކާތްތެރި ވަނީ
ރާއްޖެއެމްވީ
ކޮވިޑް-19
އަތޮޅުތެރޭގެ ކޮވިޑް ކޭސްތައް 100ން މަތީގައި
 
މިވަގުތު 3،359 މީހުންނަށް ފަރުވާދެމުން އަންނައިރު 213 މީހުން ވަނީ ނިޔާވެފައި
 
މުޅި ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 74،074ށް އަރާފައި

ހުކުރު ދުވަހު ރާއްޖެއިން ކޮވިޑް-19ށް ޕޮޒިޓިވްވި 143 މީހުންގެ ތެރެއިން 104 މީހުން ޕޮޒިޓިވްވީ އަތޮޅުތެރެއިން ކަމަށް (ހެލްތު ޕްރޮޓެކްޝަން އެޖެންސީ) އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން ބުރާސްފަތި ދުވަހުގެ އިރު އޮއްސި 6ން ފެށިގެން ހުކުރު ދުވަހުގެ އިރު އޮއްސި 6އާ ދެމެދު ނެގި 4،355 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 143 ސާމްޕަލްއެވެ. އެއީ މާލެ ސަރަހައްދުން 26 ސާމްޕަލްއާއި، އަތޮޅުތެރެއިން 104 ސާމްޕަލްއާއި، ރިސޯޓުތަކުން 104 ސާމްޕަލްއާއި، އަދި ތަރައްގީކުރަމުން އަންނަ ރަށްރަށުން 5 ސާމްޕަލްއެވެ.

މިއާއެކު މުޅި ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 74،074ށް އަރާފައިވާއިރު އޭގެ ތެރެއިން 70،490 މީހުން ވަނީ ރަނގަޅުވެފައެވެ. މިވަގުތު 3،359 މީހުންނަށް ފަރުވާދެމުން އަންނައިރު 213 މީހުން ވަނީ ނިޔާވެފައެވެ.

ކޮވިޑް-19ގެ ކޭސްތައް މާލެ ސަރަހައްދުގައި ދަށްވެފައި މިވަނީ ކޮވިޑްގެ ހަތަރުވަނަ ރާޅަކަށް ފަހުއެވެ. މި މޭ މަހު ބިންދާލި ހަތަރުވަނަ ރާޅުގައި ކޭސްތަކުގެ އަދަދު 1000ން މައްޗަށް ވެސް ދިޔައެވެ. އެއާއެކު އެޗްޕީއޭއިން އެޅި ހަރުކަށި ފިޔަވަޅުތަކަކަށް ފަހު ކޭސްތަކުގެ އަދަދު މަދުވެފައިވާއިރު މިހާރު ވަނީ ފިޔަވަޅުތަކަށް ލުއިދީފައެވެ. އެގޮތުން ހަވީރު ހަތަރަކުން ފެށިގެން އޮތް ކާފިއު މިހާރު ރޭގަނޑު 8ން އަނެއް ދުވަހުގެ ފަތިހު 4ށް ބަދަލުކޮށްފައިވާއިރު ކާފިއު ނޫން ގަޑިތަކުގައި ކެފޭ/ރެސްޓޯރަންޓުތަކުން ޑައިން-އިން ޚިދުމަތް ދިނުމުގެ ހުއްދަވެސް ވަނީ ދީފައެވެ.

މީގެ އިތުރަށް ކާފިއު ނޫން ގަޑިތަކުގައި އެއްވެސް ފާހަކާ ނުލައި ބޭރުގައި އުޅުމުގެ ހުއްދަވެސް ދީފައިވާއިރު ކެފޭ/ރެސްޓޯރަންޓުތަކާއި ފިހާރަތަކަށް 24 ގަޑި އިރު ޑެލިވަރީގެ ޚިދުމަތް ދިނުމަށް ވެސް ވަނީ ހުޅުވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް