ކ. މާލެ
|
2 ޖުލައި 2021 | ހުކުރު 15:23
ސީރިއާގެ ހަނގުރާމަވެރިން އަސްކަރީ ހަތިޔާރާއެކު
ސީރިއާގެ ހަނގުރާމަވެރިން އަސްކަރީ ހަތިޔާރާއެކު
ރޮއިޓަރސް
ހަނގުރާމަ
ހަނގުރާމައިގައި ކުޑަކުދިން ބައިވެރިކުރާ ގައުމުތަކުގެ ލިސްޓަށް ތުރުކީ
 
މި ލިސްޓަށް ނޭޓޯއަށް ނިސްބަތްވާ ގައުމެއް އިތުރުކުރި ފުރަތަމަ ފަހަރު

ހަނގުރާމައިގައި ކުޑަކުދިން ބައިވެރިކުރާ ގައުމުގެ ލިސްޓަށް ތުރުކީ އިތުރުވެއްޖެއެވެ.

ޖުލައި މަހުގެ 1 ވަނަ ދުވަހު އެމެރިކާއިން ވަނީ ހަމަލާތަކުގައި ކުޑަކުދިން ބައިވެރިކުރާ ގައުމުތަކުގެ ލިސްޓަށް ތުރުކީ އިތުރުކޮށްފައެވެެ. މިއި މި ލިސްޓަށް ނޭޓޯއަށް ނިސްބަތްވާ ގައުމެއް އިތުރުކުރި ފުރަތަމަ ފަހަރެވެ.

އެމެރިކާއިން ބުނެފައިވަނީ، ފާއިތުވި އަހަރުގެ ތެރޭގައި އެކިކަހަލަ ހަމަލާތައް ދިނުމުގައި ތުރުކީވިލާތުން ކުޑަކުދިން ބައިވެރިކޮށްފައިވާކަމަށެވެ.

އެމެރިކާގެ ސްޓޭޓު ޑިޕާޓްމަންޓުން ތައްޔާރުކުރި ޓުރެފިކިން އިން ޕާސަންސް (ޓީއައިޕީ) 2021 ގައި ބުނެފައިވަނީ ސީރިއާގެ އިދިކޮޅު ހަނގުރާމަވެރިންގެ ޖަމާޢަތެއްކަމަށްވާ ސުލްތާނު މުރާދަށް ތުރުކީން އެހީތެރިވަމުން އަންނަ ކަމަށެވެ. އެ ޖަމާޢަތަކީ ހަނގުރާމައިގައި ކުޑަކުދިން ބޭނުންކުރާ ޖަމާއަތެއްކަމަށް އެމެރިކާއިން ވަނީ ބުނެއެވެ. ހަނގުރާމައިގައި ކުޑަކުދިން ބޭނުން ކުރުން ހުއްޓާލުމަށް ތުރުކީގެ ފަރާތުން އެމެރިކާއިން ވަނީ އެދިފައެވެ.

އެމެރިކާގެ ލިސްޓުގައި ހިމަނާ ޤައުމުތަކަށް ސަލާމަތީ އެހީތެރިކަން ދިނުމާއި އަސްކަރީ ސާމާނަށް ވިޔަފާރި ލައިސަންސް ހޯދުމުގައި އުނދަގޫތަކެއް ކުރިމަތިވެއެެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
100%
0%
0%
0%
0%
ކޮމެންޓް