ކ. މާލެ
|
2 ޖުލައި 2021 | ހުކުރު 13:07
އިސްލާމީ މަރުކަޒުގައި ޖަމާއަތް ހަދައިގެން
އިސްލާމީ މަރުކަޒުގައި ޖަމާއަތް ހަދައިގެން
އިސްލާމިކް މިނިސްޓްރީ
ހުކުރު ޚުތުބާ
ޤަޟާޤަދަރަށް އީމާންވާ މީހަކު ހަޔާތް ހޭދަކުރަމުންދާނީ ހިތްހަމަޖެހުމާ އެކު، ފިތުނައިން ގުޑުގުޑުއަޅައިގެން ނުދާނެ: ޚުތުބާ
 
މާތް ﷲ ގެ އިލްމުފުޅާ ލައިގެން މެނުވީ އެއްވެސް ކަމެއް ނުހިނގާނެ
 
މާތް ﷲ މިކައުނުގައި ލައްވާފައިވާ ހުރިހާ ކަމެއްލައްވާފައި ވަނީ އަޅުތަކުންގެ މަސްލަހަތަށްޓަކައި
 
އީމާންކަން ހަރުދަނާވެ ތާޒާވުމަކީ، ހިތުގެ ސާބިތުކަން ވަރުގަދަވެ، ހަޔާތަށް އާރޯކަން ލިބޭ ކަމެއް

ޤަޟާޤަދަރަށް އީމާންވާ މީހަކު ހަޔާތް ހޭދަކުރަމުންދާނީ ހިތްހަމަޖެހުމާ އެކު ކަމަށާއި، ފިތުނައިން އެފަދަ މީހަކު ގުޑުގުޑުއަޅައިގެން ނުދާނެ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

"މިންވަރަށް އީމާންވުން" މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ ޤަޟާޤަދަރަށް އީމާންވާ މީހަކު އޭނާގެ ހަޔާތް ހޭދަކުރަމުންދާނީ ހިތްހަމަޖެހުމާ އެކު ކަމަށެވެ. ދަތި އުނދަގޫކަމެއް ދިމާވުމުން އެފަދަ މީހަކު ބަލިކަށިވެގެން ނުދާނެ ކަމަށާއި، މިންވަރަށް އީމާންވުމުގެ ސަބަބުން އަޅާއަށް، ސުވަރުގެ ވަނުމަށް މަގު ފަހިވެގެންދާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި އީމާންކަން ހަރުދަނާވެ ތާޒާވުމަކީ ހިތުގެ ސާބިތުކަން ވަރުގަދަވެ، ހަޔާތަށް އާރޯކަން ލިބި، އަމާންކަމާއި އުފާވެރިކަން ވެރިވެގެންދާ ކަމެއް ކަމަށެވެ.

ޚުތުބާގައި ބުނި ފެންނަ ތަކެއްޗާއި، ނުފެންނަ ތަކެތީގައި ވެސް މާތް ﷲގެ ކުޅަދުންވަންތަކަމާއި، ދެނެވޮޑިގަތުން ޝާމިލުވާ ކަމަށާއި، ވަންހަނާ ވެފައިވާ ކަންތައްތަކާއި، އަޅާގެ ހިތުގައި ހިނގާ ވަސްވާސްތައް ވެސް އެކަލާނގެ ދެނެވޮޑިގެންވާ ކަމަށެވެ. އަދި ވެގޮސްފައިވާ ކަންތައްތަކާއި، ވަމުންދާ ކަންތައްތަކާއި، ވާނޭކަންތައްތައް ވެސް އެކަލާނގެ ދެނެވޮޑިގެންވާއިރު، މާތް ﷲ ގެ އިލްމުފުޅާ ލައިގެން މެނުވީ އެއްވެސް ކަމެއް ނުހިނގާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ހައްގު ގޮތުގައި މާތް ﷲ އަށް ތަގުވާވެރިވާވެރިވުމަށް ގޮވާލައި ހުކުރު ޚުތުބާގައި ބުނީ އަމާންކަމުގެ އަސާސަކީ އެއީ ކަމަށާއި، މަތިވެރިކަމާއި ދަރަޖަ އުފުލިގެން ދަނީ ތަޤްވާގެ ސަބަބުން ކަމަށެވެ. ތަޤްވާގެ އަސާސްގެ ތެރޭގައި އަމަލުތައް އެކަންކަމެއްގެ މައްޗަށް ބިނާވެގެންވާ ހަ އުސޫލަށް އީމާންވުން ހިމެނޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. މާނައީ: "ރަސޫލާއަށް، އެކަލޭގެފާނުގެ ވެރި ރަސްކަލާނގެ ޙަޟްރަތުން ބާވައިލެއްވި އެއްޗަކަށް (އެބަހީ: ކީރިތި ޤުރްއާނަށް) ރަސޫލާ އާއި، މުއުމިނުން އީމާންވެއެވެ. އެ އެންމެން މެ ﷲ އާއި، އެކަލާނގެ މަލާއިކަތުންނާއި، އެކަލާނގެ ބާވައިލެއްވި) ފޮތްތަކާއި، އެކަލާނގެ ފޮނުއްވި ރަސޫލުންނަށް އީމާންވޫއެވެ. (އެއުރެން ބުނެއެވެ.) ތިމަންމެން، އެކަލާނގެ ރަސޫލުންގެ ތެރެއިން އެކަމާމެދު ވެސް ތަފާތެއް ނުކުރަމުއެވެ. އަދި، އެއުރެން ބުނޫއެވެ. ތިމަންމެން އަހައި ކިޔަމަންވެއްޖައީމެއެވެ. އަޅަމެންގެ ވެރި ރަސްކަލާކޯއެވެ! އަޅަމެންގެ ފާފަ ފުއްސަވައިފާނދޭވެ! އަދި، އެނބުރި ދިއުން ވަނީ، އިބަ ރަސްކަލާނގެ ޙަޟްރަތަށެވެ."
ހުކުރު ޚުތުބާ

މާތް ﷲ އަމުރު ކުރައްވާފައިވާ ކަންތައްތައް ދޫކޮށްލައިގެން ނުވާނެކަން ފާހަގަކޮށް ޚުތުބާގައި ބުނީ ހެޔޮކަންތައްތަކަށް ގޮވާލުމާއި ނުބައި ނޭދެވޭ ކަންތައްތައް ހުއްޓުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ޚުތުބާގައި ބުނީ އިސްލާމީ ޝަރީއަތުގައި ވާގޮތަށް ހަރާމްކަންތައް ހަރާމްކަމުގައި ބަލައިގަންނަން ޖެހޭ ކަމަށާއި، ހަލާލުކަންތައް ހަލާލު ކަންތައް ކަމުގައި ބަލައިގަންނަން ޖެހޭ ކަމަށެވެ. އަދި މާތް ﷲ މިކައުނުގައި ލައްވާފައިވާ ހުރިހާ ކަމެއް ލައްވާފައި ވަނީ އަޅުތަކުންގެ މަސްލަހަތަށްޓަކައި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ފިރިހެނުންނަށް ވަރިކުރުމުގެ ބާރު ދީފައިވަނީ ކޮންމެ ވަގުތަކު އަނބިމީހާއަށް އެބަހުން އިންޒާރުދޭކަށް ނޫން: ޚުތުބާ
ޒަކާތުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރެވިއްޖެނަމަ، އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްވާނެ: ޚުތުބާ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
މިގައުމުގައި ހެޔޮލަފާ މުޖްތަމައެއް ބިނާކުރުމަށް މިވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހިފައި: ޚުތުބާ
ފުރިހަމަ މުއުމިނަކު ދުވަހަކުވެސް އަޅުކަންކުރުމަށް އަލްވަދާއު ނުކިޔާނެ - ހުކުރު ހުތުބާ
މިމައްސަރަކީ މުޅި އުމުރުގައި ކޮށްފައިވާ ފާފައިން ތާހިރުވުމަށް ލިބޭ ފުރުސަތެއް، ރޭއަޅުކަންކުރުން އިތުރުކުރޭ: ޚުތުބާ
ރަމަޟާން މަހު ހަޔާތަށް ބޮޑުބަދަލެއް ގެނައުމަށް މަސައްކަތް ކުރަންޖެހޭ، ދެވަނަ ފަހަރަށް މިފަދަ ފުރުސަތެއް ނުލިބިދާނެ: ޚުތުބާ
"ރޯދައިގެ އެންމެ މުހިންމު ހިކުމަތަކީ ސިއްރާއި ފާޅުގައި ތިމާކުރާ އަމަލުތައް ﷲ ބައްލަވާވޮޑިގެންވާކަން ދެނެގަނެ، ނަފްސު ތަހުޛީބުކުރުން"