ކ. މާލެ
|
2 ޖުލައި 2021 | ހުކުރު 11:37
ރާއްޖޭގެ ރަށެއް ގޮނޑުދޮށް ވަރަށް ބޮޑަށް ގިރާފައި، މިހާރަކަށް އައިސް މި މައްސަލަ ގިނަ ރަށްރަށަށް ދަނީ ކުރިމަތިވަމުން
ރާއްޖޭގެ ރަށެއް ގޮނޑުދޮށް ވަރަށް ބޮޑަށް ގިރާފައި، މިހާރަކަށް އައިސް މި މައްސަލަ ގިނަ ރަށްރަށަށް ދަނީ ކުރިމަތިވަމުން
ފައިނު
ރަށްރަށުގެ ގޮނޑުދޮށް ހިމާޔާތްކުރުން
ގޮނޑުދޮށް ހިމާޔަތްކުރުމަށް ގްރީން ކްލައިމެޓް ފަންޑުން 25.1 މިލިއަން ޑޮލަރުގެ ހިލޭ އެހީ
 
ލ. މާމެންދޫ، ފޮނަދޫ، ގަން، އިސްދޫ އަދި އައްޑޫ ސިޓީ މީދޫއިން ކަނޑައަޅާ ސަރަހައްދުތަކުގެ ގޮނޑުދޮށް ހިމާޔަތް ކުރެވޭނެ
 
ދިވެހި ސަރުކާރުގެ ފަރާތުން 5.5 މިލިއަން ޔޫ.އެސް. ޑޮލަރަށް ވާ ފައިސާއާއި ވަސީލަތްތައް ފޯރުކޮށްދޭނެ
 
ޖައިކާގެ ފަރާތުން މި މަޝްރޫއަށް ވަނީ 35.4 މިލިއަން ޔޫ.އެސް ޑޮލަރުގެ ހިލޭ އެހީ ހަމަޖެހިފައިވޭ

ރާއްޖޭގެ ބައެއް ރަށްރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) އާ ގުޅިގެން ހިންގޭ މަޝްރޫއަކަށް 25.1 މިލިއަން ޔޫ.އެސް. ޑޮލަރު ހިލޭ އެހީގެ ގޮތުގައި ދިނުމަށް މޫސުމަށް އަންނަ ބަދަލުތަކާބެހޭ މަޝްރޫއުތަކަށް އެހީދޭ ބައިނަލްއަގުވާމީ ފަންޑެއް ކަމަށްވާ 'ގްރީން ކްލައިމެޓް ފަންޑު' ގެ 29 ވަނަ ބޯޑު ޖަލްސާއިން ފާސްކޮށްފިއެވެ. 

ޖީ.ސީ.އެފް. ގެ އިތުރުން ޖައިކާގެ ފަރާތުން މި މަޝްރޫއަށް ވަނީ 35.4 މިލިއަން ޔޫ.އެސް ޑޮލަރުގެ ހިލޭ އެހީ ހަމަޖެހިފައެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން 5.5 މިލިއަން ޔޫ.އެސް. ޑޮލަރަށް ވާ ފައިސާއާއި ވަސީލަތްތައް ފޯރުކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. 

މި މަޝްރޫއުގެ ދަށުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ލ. މާމެންދޫ، ފޮނަދޫ، ގަން، އިސްދޫ އަދި އައްޑޫ ސިޓީ މީދޫގެ ކަނޑައެޅޭ ސަރަހައްދުތަކެއްގައެވެ.

މި މަޝްރޫއަކީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާ އެއްގޮތްވާގޮތުގެ މަތިން، މޫސުމީ ކާރިސާތަކުން ރާއްޖޭގެ ރަށްތައް ރައްކާތެރިކުރުމަށް، އަދި ޚާއްސަކޮށް މީހުން ދިރިއުޅޭ ރަށްރަށުގެ ގޮނޑުދޮށްތައް ހިމާޔަތްކުރުމަށް އަމާޒުކޮށްގެން ހިންގޭ މަޝްރޫއެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ރަށްރަށުގެ ގޮނޑުދޮށުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ގުދުރަތީ ވަސީލަތްތައް ހިމާޔަތްކޮށްގެން ކުރިއަށް ގެންދިއުމަށް އިންޓަރގްރޭޓަޑް ކޯސްޓަލް ޒޯން މެނޭޖްމަންޓް (އައި.ސީ.ޒެޑް.އެމް.) ހަރުދަނާކުރުމަށް، ރަށްރަށުގެ ގޮނޑުދޮށާއި ފަރުތަކުގެ ހާލަތު މިހާރު ހުރިގޮތުގެ އިންވެންޓްރީ ސްޓަޑީއަކާއި، ރިސްކް އެސެސްމަންޓެއް ތައްޔާރުކޮށް އައި.ސީ.ޒެޑް.އެމް. ޕްލޭންތައް ތައްޔާރުކުރުމަށް ރޭވިފައިވާ ކަމަށެވެ.

މީގެ އިތުރުން ގުދުރަތީ ކާރިސާތަކުގެ އިންޒާރާއި މައުލޫމާތު ފޯރުކޮށްދޭ ނިޒާމް އިތުރަށް ހަރުދަނާކުރުމަށް މިފަދަ ނިޒާމެއް ގާއިމުކުރުމާއި، ކަނޑުގެ ލޮނުގަނޑު އުފުލޭ މިންވަރު އޮބްޒާވްކުރުމަށް ބޭނުންވާ އާލާތްތަކާއި މިފަދަ މައުލޫމާތު ދިރާސާކުރުން ހަރުދަނާކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ރަށްރަށުގެ ގޮނޑުދޮށްތަކާއި، ފަރުތަކާއި، ލޭންޑްޔޫޒް މޮނިޓާރ ކުރާނެ ނިޒާމެއް މި މަޝްރޫއުގެ ދަށުން ގާއިމުކުރެވޭނެ ކަަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް