ކ. މާލެ
|
2 ޖުލައި 2021 | ހުކުރު 11:15
ރައީސް މުހައްމަދު ނަޝީދު ޖަރުމަންވިލާތުގެ ބުންޑެސްވެއަރ ހޮސްޕިޓަލްގެ ގޯތިތެރޭގައި
ރައީސް މުހައްމަދު ނަޝީދު ޖަރުމަންވިލާތުގެ ބުންޑެސްވެއަރ ހޮސްޕިޓަލްގެ ގޯތިތެރޭގައި
މުހައްމަދު ނަޝީދު / ޓްވިޓަރ
ރައީސް ނަޝީދު
ރައީސް ނަޝީދު އިތުރު ފަރުވާއަށް އިނގިރޭސިވިލާތަށް
 
އިނގިރޭސިވިލާތަށް ވަޑައިގަތުމަށް ޖަރުމަންވިލާތުގެ ޑޮކްޓަރުން ލަފާދެއްވި
 
އިނގިރޭސިވިލާތަށް ވަޑައިގެންނެވީ ހުކުރު ދުވަހު

ރައީސް ނަޝީދު އިތުރު ފަރުވާ ހޯއްދެވުމަށް އިނގިރޭސިވިލާތަށް ވަޑައިގެންފިއެވެ.

ރައީސް ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ މެއި 6 ވަނަ ދުވަހުގެ ހާދިސާގައި ހަށިކޮޅަށް ލިބިލެއްވި އަނިޔާތަކަށް ޖަރުމަން ވިލާތުގައި ފަރުވާ ހޯއްދެވުމަށް ފަހުގައެވެ.

އިތުރު ފަރުވާއަށް ވަޑައިގެންނެވި ޖަރުމަންވިލާތުގެ ބަރލިން ބުންޑެސްވެއަރ ހޮސްޕިޓަލްގެ ޕްރޮފެސަރ ޑރ. ސީ.ވިލީ އާއި ޑޮކްޓަރުންނާއި އެހީތެރިންގެ ނުހަނު އޯގާތެރިކަމާއެކުގައި ފަރުވާ ލިބިވަޑައިގެންނެވި ކަމަށާއި، ޖަރުމަނުވިލާތުގެ ޑޮކްޓަރުން ރިފަރ ކުރައްވައިގެން އިތުރު ފަރުވާ ހޯއްދެވުމަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވީ ހުކުރު ދުވަހު ކަމަށް އެމަނިކުފާނުގެ އާއިލާއިން މައުލޫމާތު ދެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މެއި 6 ވަނަ ދުވަހުގެ ރޭ މަޖީދީމަގުގައި ދެވުނު ބޮމުގެ ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށްވަނީ ޒަޚަމްތަކެއް ލިބިވަޑައިގެންފައެވެ. ފައިތިލައަށް ލިބިވަޑައިގެންނެވި ޒަޚަމް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެފައިވާ ކަމަށް ޖޫން މަހުގެ 24 ވަނަ ދުވަހު ވަނީ ވިދާޅުވެފައެވެ.

މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި ރައީސް ނަޝީދުގެ ހަށިކޮޅަށް 10 ރޭޒާފުއް ވަދެ މުހިއްމު ގުނަވަންތައް ފޫއަޅުވާލާފައިވެއެވެ. އެތަކެތި ނެގުމަށް 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް ކުރިއެވެ.

ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އޭޑީކޭގައި ފަރުވާ ހޯއްދެވުމަށްފަހު އިތުރު ފަރުވާއަށް ޖަރުމަނުވިލާތަށް ވަޑައިގެންނެވީ މެއި މަހުގެ 13 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް