ކ. މާލެ
|
2 ޖުލައި 2021 | ހުކުރު 08:05
ބިންހެލުމާ ގުޅިގެން މެޓް އޮފީހުން އާންމުކުރި ފޮޓޯ
ބިންހެލުމާ ގުޅިގެން މެޓް އޮފީހުން އާންމުކުރި ފޮޓޯ
މެޓް އޮފީސް
ރާއްޖެ ކައިރިއަށް ބިންހެލުމެއް އައުން
ރާއްޖެ ކައިރިން ބިންހެލުމެއް، ރާއްޖެއަށް ނުރައްކަލެއް ނެތް!
 
ބިންހެލުން އައިސްފައިވަނީ ރާއްޖެ ގަޑިން ރޭ 08:06 އެހައިކަންހާއިރު
 
ބިންހެލުމުގެ ބާރު މިނުގައި 5.2 މެގްނިޓިއުޑް ހުރި
 
ބިންހެލުން އައީ ކޮލަމްބޯގެ ދެކުނުން ކަނޑުގެ އަޑިއަށް

ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގެ ދެކުނުން ކަނޑުގެ އަޑިއަށް 5.2 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރުން ބުނީ މި ބިންހެލުން އައިސްފައިވަނީ މާލެއާ 900 އެއްހައި ކިލޯމީޓަރު ދުރަށް ކަމަށެވެ. އަދި މިބިންހެލުން އައިސްފައިވަނީ ރާއްޖެ ގަޑިން ރޭ 08:06 އެހައިކަންހާއިރު ކަމަށް ވެސް މެޓު އޮފީހުން ބުނެއެެވެ. ރާއްޖެއާ ކައިރިން އައި ބިންހެލުމެއް ކަމަށް ވީނަމަވެސް މީގެ އަސަރެއް ރާއްޖެއަށް ކުރުމުގެ ފުރުސަތެއް ނެތްކަމަށް މެޓް އޮފީހުން ބުނެއެވެ އަދި މީގެ ސަބަބުން ސުނާމީއެއް އުފެދުމުގެ ފުރުސަތެއް އޮތްކަމުގެ މަޢުލޫމާތެއް ވެސް ސުނާމީގެ އިންޒާރުދޭ އެއްވެސް ސެންޓަރަކުން ދީފައި ނުވާކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.

ކަނޑު އަޑިއަށް އަންނަ ބާރުގަދަ ބިންހެލުން އަންނަނީ ކަނޑުގެ އަޑީގައިވާ ފަރުބަދަތަކަށް އަންނަ ކުއްލި ލޮޅުމަކާ އެކުގައެވެ. ސުނާމީއަކީ މީގެ ސަބަބުން އުފެދޭ ރާޅުބާނިއެކެވެ. ބިންހެލުމާއެކު އުފެދޭ ރާޅުތައް ދަތުރުކުރާ ބާރުމިނާއި އޭގެ އުސްމިން ބޮޑުވެ އެއްގަމަށް އޮންނަ ނުރައްކާ ބޮޑުވެއެވެ. މި ބިންހެލުމުގައި އެފަދަ އެއްވެސް ނުރައްކަލެއް ނެތްކަމަށް މެޓް އޮފީހުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
100%
0%
0%
0%
0%
ކޮމެންޓް