ކ. މާލެ
|
2 ޖުލައި 2021 | ހުކުރު 07:49
އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
ކުޅުދުއްފުށި އޮންލައިން
ސިއްޙީ ޚިދުމަތް ހަރުދަނާކުރުން
ހދ. އަތޮޅުގެ 6 ރަށަކުން ނަގާ ސާމްޕަލް ކުޅުދުއްފުށީ ހޮސްޕިޓަލަށް
 
ހދ. އަތޮޅުގައި ލެބޯޓްރީގެ ޚިދުމަތް ދެނީ ހދ. އަތޮޅުގެ މަކުނޫ، ވައިކަރަދޫ، ނޭކުރެންދޫ، ނޮޅިވަރަން އަދި ހަނިމާދޫ ހެލްތު ސެންޓަރު އަދި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން
 
ސާމްޕަލްތައް ގެންނަނީ ހދ. ކުމުންދޫ، ނެއްލައިދޫ، ފިނޭ، ނައިވާދޫ، ކުރިނބީ އަދި ހިރިމަރަދޫ ހެލްތު ސެންޓަރުން
 
ލެބޯޓްރީގެ ޚިދުމަތް ގާއިމްކުރެވިފައި ނެތް 6 ސިއްހީ މަރުކަޒެއްގެ ލެބޯޓްރީ ސާމްޕަލްތައް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ހެދޭނެގޮތައް ވަނީ އެއްބަސްވެފައި

ހދ. އަތޮޅުގައި ލެބޯޓްރީގެ ޚިދުމަތް ގާއިމުކުރެވިފައި ނެތް 6 ސިއްހީ މަރުކަޒެއްގެ ލެބޯޓްރީ ސާމްޕަލްތައް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފިއެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ޖޫން 30 ވަނަ ދުވަހު އޮތް ރަސްމިއްޔާތެއްގައި އެ ހޮސްޕިޓަލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޚަދީޖާ ޢަލީއެވެ. ވޭވް ލެންތުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޔޫނުސް އިބްރާޙީމްއެވެ.

ލެބޯޓްރީގެ ޚިދުމަތް ގާއިމުކުރެވިފައި ނެތް ހދ. ކުމުންދޫ، ނެއްލައިދޫ، ފިނޭ، ނައިވާދޫ، ކުރިނބީ އަދި ހިރިމަރަދޫ ހެލްތު ސެންޓަރުން ނަގާ ސާމްޕަލްތައް މި އެއްބަސްވުމުގެ ދަށުން ކޭއާރުއެޗަށް ފޯރުކޮށްދޭނެއެވެ. މިއާއެކު އެ ހެލްތު ސެންޓަރުތަކަށް ޑޮކްޓަރަށް ދެއްކުމަށްފަހު ޓެސްޓް ހަދަން ކޭއާރުއެޗަށް ދާންޖެހޭ ޖެހުމަށް ނިމުމެއް އަންނާނެއެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ އިތުރުން ހދ. އަތޮޅުގެ މަކުނޫ، ވައިކަރަދޫ، ނޭކުރެންދޫ، ނޮޅިވަރަން އަދި ހަނިމާދޫ ހެލްތު ސެންޓަރުން މިހާރު ވެސް ލެބޯޓްރީގެ ޚިދުމަތް ދެއެވެ. އަދި ހދ. ނޮޅިވަރަންފަރު ހެލްތު ސެންޓަރުގައި ލެބޯޓްރީގެ ޚިދުމަތް ޖުލައި މަހުގެ 15 ގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް