ކ. މާލެ
|
1 ޖުލައި 2021 | ބުރާސްފަތި 18:38
ބެލްޖިއަމުން މީގެ ކުރިން ބޭއްވި ފަރިތަކުރުމުގެ ތެރެއިން ހަޒާޑާއި ޑި ބްރޭނާ
ބެލްޖިއަމުން މީގެ ކުރިން ބޭއްވި ފަރިތަކުރުމުގެ ތެރެއިން ހަޒާޑާއި ޑި ބްރޭނާ
ގެޓީ އިމޭޖަސް
ހަޒާޑާއި ޑި ބްރޭނާއަށް އަނިޔާވުން
ހަޒާޑާއި ޑި ބްރޭނާއަށް އިޓަލީ މެޗު ގެއްލިދާނެ
ހަޒާޑާއި ޑި ބްރޭނާއަށް އަނިޔާވީ ޕޯޗުގަލް އަތުން ބެލްޖިއަމް މޮޅުވި މެޗުގައި
ބުދަ ދުވަހުގެ ފަރިތަކުރުންތަކުގައި ކުޑަ ވަގުތު ކޮޅަކަށް ހަޒާޑް ބައިވެރިވި

ޔޫރޯ 2020 ގެ ކުއާޓާ ފައިނަލުގައި އިޓަލީއާ ދެކޮޅަށް ކުޅޭ މެޗުގައި ބެލްޖިއަމުގެ ކެޕްޓަން އެޑެން ހަޒާޑާއި މިޑްފީލްޑަރު ކެވިން ޑި ބްރޭނާއަށް ނުކުޅެވުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ހަޒާޑާއި ޑި ބްރޭނާއަށް އަނިޔާވީ ދެވަނަ ބުރުގައި ޕޯޗުގަލް އަތުން 1-0 ގެ ނަތީޖާއަކުން ބެލްޖިއަމް މޮޅުވި މެޗުގައެވެ. ޑި ބްރޭނާ ކުޑަ ހުޅަށް ފުރަތަމަ ހާފުގައި އަނިޔާވިއިރު، މެޗުގައި އިތުރަށް ނުކުޅެވިގެން އޭނާ ބަދަލުކުރީ ދެވަނަަ ހާފުގެ ކުރީކޮޅެވެ. އަދި ހަޒާޑުގެ ފަލަމަސްގަނޑަށް އަނިޔާވެގެން މެޗުގެ ފަހުކޮޅު ވަނީ ބަދަލުކޮށްފައެވެ.

އެއާއެކު އެ ދެ ކުޅުންތެރިންނަށް ކުއާޓާގައި އިޓަލީއާ ދެކޮޅަށް ކުޅެވޭނެ ކަމާ މެދު ސުވާލު އުފެދިފައިވާއިރު، ބެލްޖިއަމުން މީގެ ކުރިން ބުނީ އެ ދެ ކުޅުންތެރިންނަށް ކުއާޓާގައި ކުޅެވޭނެކަން ޔަގީންވާނީ އިތުރު ޓެސްޓުތަކެއް ހެދުމަށްފަހު ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން ބެލްޖިއަމުން ބުދަ ދުވަހު ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގައި ކުޑަ ވަގުތު ކޮޅަކަށް ހަޒާޑް ވަނީ ބައިވެރިވެފައެވެ. އެކަމަކު އޭނާ ފަރިތަކުރުންތައް ކުރިއަށްގެންދިޔައީ އެކަނި ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މި ފަރިތަކުރުންތަކުގައި ޑި ބްރޭނާ އެއްވެސް ވަރަކަށް ބައިވެރި ނުވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އަނިޔާގެ ސަބަބުން ހަޒާޑާއި ޑި ބްރޭނާއަށް އިޓަލީ މެޗުގައި ނުކުޅެވޭނެ ކަމަށް ބެލެވުނު ނަމަވެސް ބެލްޖިއަމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ވަނީ އެއީ ހަގީގަތެއް ނޫން ކަމަށް ބުނެފައެވެ. އޭނާ ބުނީ އެ ދެ ކުޅުންތެރިންނަށް މާ ބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި، އެހެންކަމުން އެ ކުޅުންތެރިންނަށް މި ފަހަރުގެ މުބާރާތުގައި އަދި ކުރިއަށް ފުރުސަތު އެބައޮތް ކަމަށެވެ.

މި ނިމުނު ސީޒަނުގައި ހަޒާޑަށް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވިއިރު، މި ފަހަރުގެ ޔޫރޯގެ ފުރަތަމަ މެޗުގައި އަނިޔާގެ ސަބަބުން ޑި ބްރޭނާވެސް ކުޅެފައެއް ނުވެއެވެ. އެކަމަކު ބެލްޖިއަމުން ގްރޫޕް ސްޓޭޖުގައި ކުޅުނު ފަހު ދެ މެޗުގައި ޑި ބްރޭނާ ތަފާތު މޮޅު ކުޅުމެއް ދެއްކިއިރު، ހަޒާޑުވެސް ވަނީ ބެލްޖިއަމުން ފަހުން ކުޅުނު ދެ މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

- ކޮމެންޓް