ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ އުނޫޝާ މުޅިރާއްޖޭގެ ޓުއާއަކަށް ތައްޔާރު ވެއްޖެއެވެ.
އާދީއްތަ ދުވަހު އޭނާގެ ފޭސްބުކް ޕޭޖުގައި އާންމު ކޮށްފައިވާ ޕޯސްޓެއްގައި އުނޫޝާ ބުނެފައިވަނީ މިޓުއާގައި ރާއްޖެ ވަށާ ކުރާ އެ ޓުއާ ކުރިއަށް ދާނެ މަންޒިލްތަކާއި ތާރީހުތައް ވަރަށް އަވަސް މުސްތަގުބަލެއްގައި އިއުލާންކުރާނެ ކަމަށެވެ.
އަދި ކުރިއަށް އޮތް ތަނުގައި، އެ ޓުއާގައި ބައިވެރިވާނެ އިތުރު ފަރާތްތަށް އިއުލާން ކުރާނެކަމަށް އުނޫޝާ ބުނެފައިވެއެވެ.
ސައުންޑް ސްކްއަޑް އިން އިންތިޒާމްކުރާ ޓުއާގެ ޕާޓްނަރުންގެ ތެރޭގައި ދިވެސް އާއި ޒޯއާޓްސް ވެސް ހިމެނެ އެވެ.
މިއީ ރާއްޖޭގެ ފަންނާނެއް މިފަދަ ޓުއާއެއްގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ. މުޅި ރާއްޖެ ވަށާ ޓުއާއަކަށް އުނޫޝާ ތައްޔާރުވެފައިވާއިރު މި ޓުއާ ފަށާނެ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.