ކ. މާލެ
|
28 ޖޫން 2021 | ހޯމަ 22:40
ހިޔާ މަޝްރޫއުގެ  ފްލެޓްތައް
ހިޔާ މަޝްރޫއުގެ ފްލެޓްތައް
ރާއްޖެ އެމްވީ
ހިޔާ ފްލެޓް
ހިޔާ ފްލެޓް: އުންމީދުކުރި ވަރުގެ ތަނެއް ނޫން
 
ފިނިޝިންގގެ އެއްވެސް ކަމެއް ނުކޮށް ތަން ހަވާލުކުރާއިރު ކުލި ބޮޑު
 
މިއީ ކުޑަ އާއިލާއަކަށް އުޅެވޭވަރުގެ ތަންކޮޅެއް
 
ތަން ހުރީ ދިގު މުއްދަތަށް އުޅެން ބަޔަކަށް ދޭން އެކަށީގެންވާ ގޮތަކަށް ނޫން
 
މިއީ ހަމަ ހަތަރު ފާރު، އަލުން ޖެހޭނީ މަސައްކަތް ފަށައިގަންނަން

އެތައް ދުވަހުގެ އިންތިޒާރަކަށްފަހު އެންމެ ފަހުން ހިޔާ ފްލެޓްތައް ބަލާލުމުގެ ފުރުސަތު މިވަނީ ލިބިފައެެވެ. އެތަން ލިބޭނެކަން ކަށަވަރުވި ހިސާބުން އެންމެންވެސް ބޭނުންވީ އެތަން ހަމަ ލޮލުން ބަލާލާށެވެ. މީޑިއާތަކުގައި ދައްކަމުން އަންނަ ވާހަކައަކީ ތެދެއްތޯ ބަލައިލަން ބޭނުންވެ، ކެތްމަދުވެފައި ތިބި މީހުންގެ އިންތިޒާރަށް ނިމުމެއް އައީއެެވެ.

ޖޫން މަހުގެ 26ވަނަ ދުވަހުން ފެށިގެން ފްލެޓްގެ ވެރިފަރާތަށް އެތަން ބަލާލުމުގެ ފުރުސަތު އަންނަނީ ދެމުންނެވެ.

2018ވަނަ އަހަރު އިންތިޚާބަށް ކޮޅަށް ނެގި، 16 ޓަވަރުގެ ހިޔާ ފްލެޓްތަކުގެ ކުލަަބަރި ދައްކައިގެންވެސް ރައީސް ޔާމީނަށް އިންތިޚާބު ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. ތެދެކެވެ. ޓަވަރުތައް ދުރުން ދައްކާލާއިރު ވަރަށް ޗާލެވެ. އެހެނަސް އެތަނުގެ އެތެރޭގެ ހާލަތު އެނގޭނީ އެތެރެއަށް ވަދެ ބަލާލީމައެވެ. އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި، އެތަނުގެ ރީތި ފޮޓޯތައް ވިއްކަން މަސައްކަތްކުރިއެވެެ. އިންތިޚާބު ކާމިޔާބު ނުވުމުން، އެންމެ ފަހު ދުވަހުވެސް އޭގެ ހަޑީހޭވީ، ދެން ވެރިކަމަށް އަންނަ ބަޔަކުވެސް އެ މަޅިފަތީގައި ޖެހޭވަރަށެވެ.

މިސަރުކާރު ވެރިކަމާ ހަވާލުވެ އެންމެ ފުރަތަމަވެސް ފެށީ ހިޔާ ފްލެޓްގެ މައްސަލަ ހައްލުކުރުމަށެވެ. އެއީ އިންސާނުން ދިރިއުޅެން އެކަށީގެންވާ ގޮތަކަށް ހަދާފައި ހުރި ތަނެއް ނޫން ކަމަށާއި، އެއީ ކޮތަރު ކޮށިތަކެއްގެ ގޮތުގައި ސިފަކުރުމުން، މީހުންގެ ނުރުހުމުގެ ބަސްތައް ސަރުކާރަށް އަމާޒުވިއެެވެ. އެތަން ނުދޭން ދައްކާ ބަހަނާއެއް ކަމަށާއި، އެތަނުގައި ބަގުޑިބައްދަން އުޅެނީ ކަމަށް ބުނަމުން ދިޔައެވެ. މިއާއެކު އިދިކޮޅުން ހައްޓަކު ހެއެއް ނެތެވެ. ކުރީގެ ސަރުކާރުން ރީތި މޮޅު ފްލެޓްތަކެއް އެޅުމުން އެކަން ހަޖަމު ނުވަނީ ކަމަށް ބުނަން ފެށިއެވެ. އެއާއެކު ފްލެޓް ލިބުނު ކަމަށް ލިސްޓުކޮށްފައި ތިބި މީހުންގެ ފާޑުކިޔުންތައްވެސް ސަރުކާރަށް އަމާޒުވިއެވެ. އެއަށް ރައްދުދެއްވައި ސަރުކާރުން އެތައްފަހަރެއްގެ މަތިން އެތަނުގެ ހާލަތު ކިޔައިދޭން މަސައްކަތްކުރިއެވެ. އެހެންނަމަވެސް އެވާހަކަަތައް އެއްވެސް ބަޔަކު ގަބޫލުކުރިހެނެއް ހިއެއްނުވެއެވެ. ސަރުކާރުން ދޮގު ހަދަނީ ކަމަށްބުނަމުން ދިޔައެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން މީޑިއާތަކަށް ފްލެޓް ދައްކާލުމަށް ޚާއްސަ ޓުއަރތަކެއް ކުރިއަށްގެންދިޔައެވެ. އެއަށްފަހު މީޑިއާތަކުގައި އެކި ގޮތްގޮތަށް ރިޕޯޓްތައް ޝާއިއު ކުރިއެވެ. ހުރިހާއެންމެންވެސް އިއްތިފާގުވާ އެއްކަމެއް އޮތެވެ. އެތަން ހަގީގަތުގައިވެސް ކުޑަކަމެވެ. އެތަނަށް ގޮސްގެން މިން އަޅައި އެތަނުގެ ވާހަކަ ދެއްކިއެވެ. އެހެންނަމަވެސް އެއީ ދޮގުކަމަށް ދިޔައީ ބުނަމުންނެވެ.

މިހާރު އެ ފްލެޓްތައް ބަލާފައި ނުކުންނަ ކޮންމެ މީހެއް ކައިރިން އަހާލިޔަސް ބުނަނީ އެއްވާހަކައެކެވެ. އެތަނުގެ ކުޑަ ވާހަކައެވެ. އުންމީދު ކުރިވަރުގެ ކުރިއެރުމެއް ދިރިއުޅުމަށް ނާންނާނެ ކަމުގެ ވާހަކައެވެ. ހަމައެކަނި ހަތަރު ފާރު ދޫކޮށްލުމުން އެތަނަށް ވަންނަން ކުރަންޖެހޭ ޚަރަދާއި އުފުލަންޖެހޭ ތަކުލީފުގެ ވާހަކައެވެެ. މިވާހަކަތައް ދައްކައި ކޮޅުން ނުލާނެއެވެ. ވާނީވެސް އެހެންނެވެ. ކޮޓަރިއާ ފާޚާނާތަކުގެ ދޮރެއް ނެތެވެ. ފާޚާނާގައި ހުންނަ ހުރިހާ ހޮޅިއެއް އޮންނަނީ ހާމައަށް ފެންނާށެވެ. ފްލެޓްގައި މުށި ނުޖަހައި ތަން ދޫކޮށްލާއިރު، ފާޚާނާތައް ކުޑަ ކަމުން މީހަކަށް ހަމަޖެހިގެން އިނދެ ފާޚާނާ ކޮށް ނުލެވޭނެއެވެ. މުށި ޖަހާފައި ހުރީ އަމާ ބުނީތީ ފަރަށްދާ އުސޫލުންނެވެ.

ކޮރިޑޯރގައި ދެމީހަކަށް ހަމަޖެހިގެން އެއްކޮށް ހިނގާ ނުލެވޭނެއެވެ. އެއް އެޕާރޓްމެންޓާ އަނެއް އެޕާރޓްމެންޓް އެހާ ކައިރިއެވެ. ގޭތެރޭގައި ހިނގާ ހުރިހާ ކަމެއް ޖެހިގެން ހުންނަ އެޕާރޓްމެންޓަށް ސާފުކޮށް އެނގޭނެއެވެ. އެއްތަނެއްގައި އެހާ ގިނަ މީހުން އުޅެން ފެށުމުން ދިމާވާނެ އިޖުތިމާއީ މައްސަލަތަކުގެ ވާހަކަ އަދި އޮތީއެވެ. އެވާހަކަ ފަހަށް ބާއްވާނަމެވެ.

މީޑިއާތަކުން އޭރު ދެއްކީ ތެދުވާހަކަތައްކަން މިއަދު އެމީހުންވެސް ގަބޫލުކުރެއެވެ. ގިނަ މީހުން ފްލެޓް ބަލާފައި ނުކުންނަނީ ބޮލުގައި އަތް އަޅައިގެން ދެން ކުރަންޖެހޭ ޚަރަދުތަކުގެ ހިސާބު ހަދަމުންނެވެ.

އެންމެ ފަހުން ކޮންމެވެސް ބަޔަކަށް އެތަނަށް ވަދެވޭނެ ކަމުގެ ފެހި ސިގްނަލް މިވަނީ ލިބިފައެެވެ. ތަނުގައި އަދިވެސް ކަރަންޓުގެ މަސައްކަތްދަނީ ކުރިއަށެވެ. އެކަންވެސް ޖުލައި 14އަށް ނިމޭނެ ކަމަށްވަނީ ބުނެފައެވެ. އެއާއެކު އެގްރީމެންޓްގައި ސޮއި ކުރުމަށް ހަމަޖެހިފައިވާ ކަަމަށް އެޗްޑީސީންވަނީ ބުނެފައެެވެ. ސޮއި ކުރުމަށްފަހު 3 މަހުގެ މުހުލަތެއް ތަން ނިންމުމަށް ދޭނެ ކަމަށް ސަރުކާރުންވަނީ ބުނެފައެވެ. ދެން އޮތީ އެއީ އެކަމަށް އެކަށީގެންވާ މުއްދަތެއް އުފެދޭ ސުވާލެވެ. ކޮންމެ ގޮތެއްވިޔަސް އެއީ އެންމެންނަށް އެކަށީގެންވާ މުއްދަތަކަށް ނުވާނެއެވެ. ފްލެޓް ލިބުނީ އެކި ފަންތީގެ އެކިވަރަށް އާމްދަނީ ލިބޭ މީހުންނަށެވެ.

ކޮންމެއަކަސް ގިނަ ރައްޔިތުން ބުނަނީ، މިއީ ހައްގު މިންވަރު ނޫންކަމަށެވެ. އުންމީދުކުރި ވަރާ ގާތްވެސް ނުވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
10%
2%
14%
58%
12%
4%
ކޮމެންޓް
2 ޖުލައި 2021 | ހުކުރު 20:46
ހަސަނު
ލިބުނީމަ ދޫކޮއްލާކައްނުޖެހޭ އޭގެ މާނައަކީ ތަންބޮޑީކީއެއްނޫނޭ. އެތަނަކީ ކުރީގެ ސަރުކާރުން ރަތްޔިތުން ނައް ކޮއްފަ އޮތް ޖެއްސުމެއް. ރަތްޔިތުންނައް ހެވެއްއެދިގެން ކޮއްފަ އޮތްކަމެއްނޫން.
2 ޖުލައި 2021 | ހުކުރު 08:28
ފަރާ
ޙަބީބްގެ ވާހަކަފުޅަށް %100 ތާއީދު. ފްލެޓް ތަންކޮޅެއްބޮޑުކޮށްލެއްވިނަމަމިއަށްވުރެ ފުރިހަމަ ވާނެކަންޔަޤީން. ފެންވަރުނެތް ކަމަށް ވިދާޅުވާ ލިފްޓުން މަތީފުލެޓްތަކަށްއެރޭ އަވަސް ކަމުގެ ވާހަކަ ވެސްއިވޭ. 21.ލ23.24 ވަނަ ފަންގިފިލާ އަށްއަރާ ފައިވާ ދެތިންމީހަކާ ދިމާވުން އެރުނުއަވަސްވާހަކަދެއްކީ. ބައެއް ބޭފުޅުން ފްލެޓް ތަކުގެކުޑަކަމާ ދަތިތަކުގެ ވާހަކަ ދައްކަވާއިރު މިޢީ އެތައް ސަތޭކަ ބައެއްގެ ހުވަފެނެއް ކަން ހަނދުމަބެހެއްޓެވުން އެދެން.އަދި ކުރީލިސްޓްތަކުގަލިބޭކަމަށް އޮވެ ނުލިބިފައިވާފަރާތްތަކަށްވެސްރަގަޅުގޮތެއްވުމަކީއަޅުގަދުގެދުޢާ.
29 ޖޫން 2021 | އަންގާރަ 22:11
އައްޑޫ
ހަޖަމް ހަޖަމް! އަފިރިން ތެޗެނަލް ނިޖައްސާށީ ތެވެރިން ތޭ މިޅިނަސް އެމްޑީޕީ އަށް ވިކިގޮސް ތިބި ބާކިންނަށް ވީމެއި! ޔާމީން ތެހިށީ އެތަށް ބާކިން ގެ ހުވަފެނަކި ކުލަޖައްސަފެއި! މިކޯ މިއޮއް ސަރުކާރި މިހިނގަނީ އަތި ޑޮލަރަށް ނިޖެހިގެން! ވިޔަފާރިވެރިން ގޮށް ހުސްވެގަ! ރައްޔިތުން ތިބީ މާދުމަށް ވެފޭނެ ކަމަކަށް ބިރުން! ދެން ތެހުށެއި ކަމަށް ކޮވިޑު ނުންފޭ ޔާމީނު ބޮލަށް ޖެހިއަސް އަދަ ރައްޔިތުންނަކަށް ނިއޮޅުވޭހެއް!
29 ޖޫން 2021 | އަންގާރަ 17:00
ދޮންދުބުރިމާ
ކަމުނުދާބަޔަކު ބޭނުންނެތިއްޔާ ދޫކޮށްލާ
29 ޖޫން 2021 | އަންގާރަ 14:15
ދިދަ
މިންވަރަށް ޝުކުރު ކުރާ މީހުން ބައިވަރު.. ތިވަރުގެ ތަނެއް ލިބުނީތީވެސް ޝުކުރުކޮށްބަލަ.. ހިތްހަމަ ނުޖެހެޔޭ ކިޔާނެ، އެވަރުންވެސް ނުކެރޭނެ ދޫކޮށްލާކަށް.. ތިޔަހާ ހިތް މޮޅީޔާ ރަށަށް ގޮސް ބޮޑު ގެވަޅުގަ އޮންނަންވީނު.. ކާކު ބުނެގެންތަ މިތަނަށް އައީ..
29 ޖޫން 2021 | އަންގާރަ 12:32
އަލީ ސަމީމްހަސަން
7670195
29 ޖޫން 2021 | އަންގާރަ 10:03
ޢާދަމް
nafuratuge ލިޔުމެއް
29 ޖޫން 2021 | އަންގާރަ 09:51
އޯކޭ
ރައްޔަތުންނަ ފޮނި ހުވަފެން ދަކާފަ ވެރިކަމައް އަނަން އުޅުނީމަ ކަންތަ ކުރެވޭނީ ތިކަހަލަ ގޮތަކައް.😅😅
29 ޖޫން 2021 | އަންގާރަ 09:47
ޢައިސަ
ފްލެޓް ލިބެނީ އެންމެ ގިނަ ދަރިން ތިބި މީހުންނަށް 15 ޢަހަރުގެ އަންހެންކުއްޖެއް 16 އަހަރުގެ ފިރހެން ކުއްޖެއް ހަގަށް 9 އަހަރުގެ ކުއްޖަކާ 4 އަހަރުގެ ކުއްޖެއް ދިރއުޅުން އާރާސްތުކުރަން މިލިބުނީ ހަމަ އެއްކަލަ ބަންކް ބެޑްގަ ފޮތި ދަމައިގެން ހަދާ ކޮޓަރިތައް...
29 ޖޫން 2021 | އަންގާރަ 09:14
ޙަބީބު.
ހަމަތިގޮތައް މިސަރުކާރައްވެސް ފުރުސަތުދިން އެއީ އިސްސާނުން އުޅެންކަމުދާ ތަންތަނައް ބަދަލު ކުރުމައް އެގޮތުން ކޮންމެ ދެއެޕާރޓުމަންޓެއް އެއް އެޕާރޓު މަންޓަކައްބަދަލުކޮއް ޖާގަތަނަވަސްކޮއްދިންނަމަ މިސަރުކާރައްވެސް ރައްޔިތުންގެ ލޯބި ލިބުނިސް އެއީ ރައްފުށުގެ އެތައްހާސް އާއިލަޔަކާވެސް ގުޅިލާމެހިފަވާ ތަންތަން ރަށުން ދަތުރުވެރިޔެއްގަ މާލެއައިސް ސިޓިންރޫމުގަ ކުނަލެއް އަޅައިލައިގެން ނިދާލެވޭނެ ޖާގަވެސް އޭރުން ލިބުނިސް މިއަދު އެހެންމީހުންގެ ވާހަކަ ނުދައްކަ ތިމާމެންގެ ނާގާބިލު ވާހަކަވެސް ދައްޖަބަލަ ހުރިހާބާރެއް ލިބިއޮވެ
29 ޖޫން 2021 | އަންގާރަ 07:57
ނަން
އަވަހަށް ދޫކޮށްލާފަ އޭގެ ހައްގުވެރިންނާ ހަވާލުކުރޭ އަހަރެމެންނަށް ކަމުދޭ ކުޑަޔެއްވެސްނޫން މިއުޅޭތަނަށް ވުރެތިތަން މާބޮޑުމާތަނަވަސް
29 ޖޫން 2021 | އަންގާރަ 03:12
އެލެކްސް
ކީއްވެބާ ފޮޓޯއެއް ޖަހާލަން ނުކެރުނީ؟ ކޮޓަރި ތަކުގެ މިން އެނގޭ ގޮތައް ފޮޓޯއެއް ޖަހާލި ނަމަދޯ ؟
29 ޖޫން 2021 | އަންގާރަ 00:09
ާަަހަސަނު
ދެން ދޫކޮއްލަންވީނު