ކ. މާލެ
|
28 ޖޫން 2021 | ހޯމަ 12:36
ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ
ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ
ރައްޔިތުންގެ މަޖިލިސް
241 ކޮމިޓީއަށް އިމްތިޔާޒު ހަމަޖެއްސުން
241 ކޮމިޓީއަށް އަނެއްކާވެސް މެންބަރު އިމްތިޔާޒު
 
ދާދި ފަހުން ވެސް އެ ކޮމިޓީގައި މެންބަރު އިންނެވި

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241) ކޮމިޓީއަށް އަނެއްކާވެސް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހަމަޖައްސައިފިއެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި ރިޔާސަތުން ވަނީ އެ ކޮމިޓީއަށް ބަދަލެއް އައިސްފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ކޮމިޓީގައި އިންނަވާ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުގެ ބަދަލުގައި މެންބަރު އިމްތިޔާޒު ފަހުމީ ހަމައްޖައްސާފައިވާ ކަމަށް ރިޔާސަތުން ވިދާޅުވިއެވެ. މީގެ ކުރިން މެންބަރު އިމްތިޔާޒު ފަހުމީ 241 ކޮމިޓީއަށް ހަމަޖައްސާފައިވަނީ މެންބަރު ހުސެއިން ޝަހީމްގެ ބަދަލުގައެވެ. ނަމަވެސް މެންބަރު އިމްތިޔާޒު ފަހުމީގެ ބަދަލުގައި މެންބަރު ހުސައިން ޝަހީމް ވަނީ އަލުން ހަމަޖައްސާފައެވެ.

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ މަސްއޫލިއްޔަތަކީ ސަލާމަތީ ޚިދުމަތްތައް ހިނގާ ނުހިނގާގޮތް ބެލުމާއި ގައުމީ ސަލާމަތުގެ ކަންކަން ދިރާސާކުރުމާއި، ގައުމީ ސަލާމަތުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލެއް އޮތްނަމަ އެކަމެއް ފާހަގަކޮށް އެކަމެއް މަޖިލީހަށް ހުށަހެޅުމެވެ. އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، މޯލްޑިވްސް ޕޮލިސް ސަރވިސް، މިނިސްޓްރީ އޮފް ޑިފެންސް، މިނިސްޓްރީ އޮފް ހޯމް އެފެއާޒް އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާ ގުޅުންހުރި ކަންކަން ކުރުމެވެ.

މީގެ އިތުރުން އެ އިދާރާތަކާ ގުޅޭގޮތުން ހުށަހަޅާ ބިލުތައް ދިރާސާކޮށް މަޖިލީހުން ރިއާޔަތްކޮށްދިނުމަށް އެދި ކޮމިޓީގެ ރިޕޯޓު މަޖިލީހަށް ހުށަހެޅުމާއި އެ އިދާރާތަކުގެ އަހަރީ ރިޕޯޓުތައް ދިރާސާކޮށް އިސްލާހުކުރަންޖެހޭ ކަންކަން ފާހަގަކޮށް އެކަންކަން އެންގުމާއި، އެ އިދާރާތަކުން ހުށަހަޅާ މައްސަލަތައް ދިރާސާކޮށް، އެ ކަންކަމުގައި ކުރިއަށްދެވިދާނެ ގޮތުގެ ލަފާދިނުން ވެސް ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.

އަދި އިދާރާތަކާ ބައްދަލުކޮށް އެ އިދާރާތަކުން ހިންގާ ކަންކަމާ ބެހޭގޮތުން މައުލޫމާތު ހޯދައި ސުވާލުކޮށް އެ އިދާރާތަކުން ކުރަންޖެހޭ ކަންކަން އެ އިދާރާތަކުން ކުރަމުންދާގޮތް ބަލައި އިސްލާހުކުރަންޖެހޭ ކަންކަން ބަޔާންކޮށްދިނުމާއި އެ އިދާރާތަކުންނާއި، ދައުލަތުގެ އެހެނިހެން އިދާރާތަކުންނާއި، މަޖިލީހުގެ މެންބަރުންނާއި، އާންމު ފަރާތްތަކުން ހުށަހަޅާ ޝަކުވާތަކާއި މައްސަލަތައް ބަލައި ދިރާސާކޮށް މަޖިލީހުން ރިއާޔަތްކޮށްދިނުމަށް އެދި ހުށަހެޅުމެވެ. އަދި ގައުމަށް ދިމާވާ އެކިއެކި ކާރިސާތަކާ ގުޅުންހުރި ކަންކަން ދިރާސާކޮށް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ވެސް އެ ކޮމިޓީގެ މަސްއޫލިއްޔަތްތަކުގެ ތެރޭގައި ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް