ކ. މާލެ
|
27 ޖޫން 2021 | އާދީއްތަ 21:56
އައު ސްކޫލް އިމާރަތްކުރުމަށް ރަޝީދު ކާޕެންޓްރީއާ ހަވާލުކުރުމުގެ ތެރެއިން
އައު ސްކޫލް އިމާރަތްކުރުމަށް ރަޝީދު ކާޕެންޓްރީއާ ހަވާލުކުރުމުގެ ތެރެއިން
އެޑިއުކޭޝަން މިނިސްޓްރީ
ހުޅުމާލެ ދެވަނަ ފިޔަވަހީގެ އައު ސްކޫލް
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އައު ސްކޫލެއް އަޅަން ރަޝީދު ކާޕެންޓްރީއާ ހަވާލުކޮށްފި
 
މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ދެވަނަ ފިޔަވަހީގައި "ޞަލާޙުއްދީން ސްކޫލު" އިމާރާތް ކުރަންވެސް ވަނީ ބަޔަކާ ހަވާލުކޮށްފައި
 
މި މަޝްރޫޢަށް 243 މިލިަޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރޭ
 
‏މި މަސައްކަތް 18 މަސްދުވަހުގެ ތެރޭގައި ނިންމަންޖެހޭ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އައު ސްކޫލެއް އަޅަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފިއެވެ.

މިމަސައްކަތް ހަވާލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ރަޝީދު ކާޕެންޓްރީއާއެކު އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައެވެ. އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ރިޔާޒާއި ރަޝީދު ކާޕެންޓްރީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ރަޝީދެވެ. ‏މި މަސައްކަތް 18 މަސްދުވަހުގެ ތެރޭގައި ނިންމަންޖެހޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ބުނެއެވެ. 243 މިލިަޔަނަށްވުރެ ގިނަ ރުފިޔާ މިމަޝްރޫޢަށް ޚަރަދުވެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި މަސައްކަތަކީ ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން 5 އަހަރަށް ބަހާލައިގެން ރިފައިނޭންސް ކުރާގޮތަށް ހަވާލުކުރާ މަޝްރޫޢެއް ކަމަށެވެ.

އައު ސްކޫލެއް އަޅަން ރަޝީދު ކާޕެންޓްރީއަށް ހަވާލުކޮށްފައިވާއިރު، މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައިވެސް ވަނީ ހުޅުމާލެ ދެވަން ފިޔަވަހީގައި ސްކޫލެއް ހަދަން ބަޔަކާ ހަވާލުކޮށްފައެވެ. ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނުގެ ހަނދާނުގެ މައްޗަށް ބިނާކޮށް "ޞަލާޙުއްދީން ސްކޫލު"ގެ ނަމުގައި ހަދާ މިސްކޫލް ހަދަން ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 4 ސްކޫލް ކަމަށެވެ. މީގެތެރެއިން 3 ސްކޫލަކީ ކޮންޓްރެކްޓަރ ފައިނޭންސް، ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަދާ ސްކޫލްތަކެވެ. އަނެއް ސްކޫލަކީ ބޭރު ފަރާތަކުން ތަރައްގީކުރާ އިންޓަރނޭޝަނަލް ސްކޫލެކެވެ. މި ހުރިހާ ސްކޫލްތަކަކީވެސް 6 ބުރީގެ ޢިމާރާތްތަކެކެވެ. މިއިން ކޮންމެ ސްކޫލެއްގައި ގްރޭޑް 1އިން 10އަށް ކިޔަވައިދިނުމަށްވަނީ ހަމަޖެހިފައެވެ. މިއީ 1،000އާ 1،200އާ ދެމެދުގެ ކުދިންގެ ޖާގައިގެ ސްކޫލްތަކެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އަތޮޅުތެރޭގެ ސްކޫލުތަކުން މާލެ ސްކޫލުތަކަށް ބަދަލުވުމަށް 700ށް ވުރެ ގިނަ ދަރިވަރުން ފޯމް ހުށަހަޅައިފި
ދިރާސީ އަހަރަށް ގެނައި ބަދަލާއެކު، ދަރިވަރުންނަށް ލިބޭ ގެއްލުން ވަރަށް ބޮޑަށް ދިގުދެމިގެންދާނެ: އިހްސާން
އަންނަ އަހަރު ގްރޭޑް 10ގައި ކިޔަވާ ދަރިވަރުން އޯލެވެލްއަށް ތައްޔާރުވުމަށް ލިބޭނީ 6 މަސްދުވަސް
7000ވުރެ ގިނަ ދަރިވަރުންނާއެކު މިއަހަރުގެ އޯލެވެލް އިމްތިހާނު ފަށައިފި
އިމްތިހާނު ބާއްވާ ތާރީޚަށް ބަދަލު ގެންނަންޖެހުނީ އެމްޑީޕީގެ މަޖިލިސް މެމްބަރުންނާ ހެދިކަމަށް މިނިސްޓަރ ވިދާޅުވި ވިދާޅުވުން އެޕާޓީން ކުށްވެރިކޮށްފި
ދިރާސީ އައު އަހަރު ބަދަލުކުރީ ފިސްކަލް އައު އަހަރާއި އެލައިންކޮށް އެއްގޮތްކުރުމަށް - މިނިސްޓަރު
"ވ.ކެޔޮދޫ ސްކޫލްގެ 4 ބުރީގެ އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރާތާ 400އެއްހާ ދުވަހުގެތެރޭގައި އެ މަސައްކަތް ނިމޭނެ"
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާވާތީ ސްކޫލްތަކުގެ ޓެސްޓް އަވަސްކޮށްފި