ކ. މާލެ
|
15 މެއި 2017 | ހޯމަ 12:24
ކްލަބް ޒެފްރޯލްއިން ޗެމްޕިއަން ޓްރޮފީ އުފުލާލަނީ
ކްލަބް ޒެފްރޯލްއިން ޗެމްޕިއަން ޓްރޮފީ އުފުލާލަނީ
ފޭސްބުކް
ދެވަނަ ޑިވިޝަން
ކުޑަހެންވޭރު ބަލިކޮށް ޒެފްރޯލްއި ޗެމްޕިއަންކަން ހޯދައިފި
ޒެފްރޯލްއިން ކުޑަހެންވޭރު ބަލިކުރީ 4-1 ގެ ނަތީޖާއަކުން
ޒެފްރޯލް އަކީ މި މުބާރާޓުގެ އެންމެ ފަހުގެ ރަނަރަޕް ޓީމް

ކުޑަހެންވޭރުގެ މައްޗަށް ކުރިހޯދުމަށް ފަހު ކްލަބް ޒެފްރޯލްއިން ދެ ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މެޗަކުން ބަލި ނުވެ ފައިނަލަށް ދަތުރުކުރި ކުޑަ ހެންވޭރުގެ މައްޗަށް ޒެފްރޯލްއިން ކުރިހޯދީ 4-1ގެ ނަތީޖާއަކުންނެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޒެފްރޯއިން ވަނީ ފުރަތަމަ ލަނޑުޖަހާ ލީޑު ނަގާފައެވެ. މި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި އެޓީމަށް ކާމިޔާބުކޮށްދިނީ ހުސައިން ރިފާއު އެވެ.

ދެވަނަ ހާފު ފެށިގެން ވެސް ޒެފްރޯލްގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ވަރުގަދަ ކުޅުމެކެވެ. އެގޮތުން ހާފު ފެށިގެން ހަ ވަނަ މިނެޓުގައި އަބޫ ޑެސްމަން މަންސާރީ ވަނީ އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ. އޭގެފަހުން ފަސް މިނެޓު ފަހުން އަނެއްކާ ވެސް އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް ލީޑު އިތުރަށް ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފާއިތުވި ސީޒަނުގައި ވިކްޓްރީގެ ޖާރސީގައި ފެނުނު އިބްރާހިމް ޝާތިރު އެވެ.

ޒެފްރޯލްއި ލީޑުގައި ކުޅެމުންދަނިކޮށް ކުޑަހެންވޭރުން ވަނީ ލިބުނު ފުރުސަތެއްގެ ބޭނުން ހިފައި ސުން ކަނޑުވާލާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ 88 ވަނަ މިނެޓުގައި ޔާމީން މުހަންމަދެވެ. ނަމަވެސް އޭގެ މިނެޓެއް ފަހުން އަނެއްކާ ވެސް ޒެފްރޯލްއިން ވަނީ އެޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށް ދެވަނަ ފަހަރަށް ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ އަބްދުލް ގާދިރު އެވެ.

މީގެ ކުރިން ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް ފުރަތަމަ ޑިވޮޝަނުން އޮޓޮމެޓިކް ޖާގައެއް ލިބެއެވެ. ނަމަވެސް ފުޓުބޯޅައިގެ އޮނިގަނޑަށް ގެނައި ބަދަލާއިއެކު ދެ ވަނަ ޑިވިޝަނުން ފައިނަލަށް ދަތުރުކުރާ ދެޓީމު ޖެހޭނީ ފުރަތަމަ ޑިވިޝަނުގެ ޕްލޭއޮފްގައި ކުޅޭށެވެ. މިހާރުގެ ނަތީޖާއަށް ބަލާނަމަ ޕްލޭ އޮފްގައި ކުޅެން ޖެހޭނީ ޒެފްރޯލް އާއި ކުޑަހެންވޭރުގެ އިތުރުން، މިހާރު ކުރިއަށްދާ އެސްޓީއޯ މާލެ ލީގުގެ އެންމެ ފުލަށްދާ ހަތަރު ޓީމެވެ.

- ކޮމެންޓް