ކ. މާލެ
|
23 ޖޫން 2021 | ބުދަ 16:09
ވިއްސާރަދުނީގެ ކުލަތަކުން އެލިއާންޒް އެރީނާ ދިއްލައިލީމާ ފެންނާނޭގޮތް: މިކަމަށް ޔުއެފާއިން ވަނީ މިހާރު ނޫނެކޭ ބުނެފައި
ވިއްސާރަދުނީގެ ކުލަތަކުން އެލިއާންޒް އެރީނާ ދިއްލައިލީމާ ފެންނާނޭގޮތް: މިކަމަށް ޔުއެފާއިން ވަނީ މިހާރު ނޫނެކޭ ބުނެފައި
ފްރާންސް 24
ވިއްސާރަދުނީގެ ކުލަތަކުން ސްޓޭޑިއަމް ދިއްލުން
ވިއްސާރަދުނީގެ ކުލަތަކުން ސްޓޭޑިއަމް ދިއްލަން ޔުއެފާއިން އެއްބަހެއް ނުވި
 
މިކަމަކީ އެލްޖީބީޓީ ކޮމިއުނިޓީ ރުއްސުމަށްޓަކައި ބަޔަކު ކުރަން އުޅޭ ސިޔާސީ ކަމެއް
 
ސްޓޭޑިއަމް ދިއްލައިނުލެވުނަސް ޖާމަނީގެ ކެޕްޓަނުގެ ބޭންޑު ހުންނާނީ އެކުލަތަކުން
 
އެލިއާންޒް އެރީނާ ދިއްލަން ހުށައެޅުއްވީ މިއުނިކް ސިޓީގެ މޭޔަރު ޑައިޓަރ ރެއިޓަރ

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެފްގައި ހަންގޭރީއާއި ޖާމަނީ ބައްދަލުކުރާ މެޗު ފެށުމުގެ ކުރިން ކުޑަ ވަގުތުކޮޅަކަށް ވިއްސާރަދުނީގެ ކުލަތަކުން ސްޓޭޑިއަމް ދިއްލުމަށް މިއުނިކްގެ މޭޔަރު އެދުނު އެދުމަށް ޔޫރަޕުގެ ފުޓްބޯޅައިގެ މައި އިދާރާ ޔުއޭފާއިން ނޫނެކޭ ބުނެފިއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއުނިކްގެ އެލިއާންޒް އެރީނާގައެވެ. އެއީ ޖާމަނީގެ މަޝްހޫރު ކުލަބް ބަޔާން މިއުނިކްގެ އަމިއްލަ ސްޓޭޑިއަމްވެސްމެއެވެ. މިތަނަކީ ދުބާއީގައި ހުންނަ ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމުގައިވާ ބުރްޖު ޚަލީފާ ގޮތަށް ބޭނުން ކުލަތަކަކުން ދިއްލައި އެކިކަހަލަ ތަސްވީރު ދައްކާއްލެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ތަނެކެވެ.

މިއުނިކްގެ މޭޔަރު ޑައިޓަރ ރެއިޓަރ މިކަމަށް އެދިވަޑައިގެންފައިވަނީ މި މެޗުގައި ޖާމަނީއާ ވާދަކުރާ ހަންގޭރީގައި އެއްޖިންސުން ކައިވެނި ކުރުމާއި ގުޅުންހިންގުމުގެ މިނިވަންކަން ހަނިވާގޮތަށް ތައާރަފުކުރެވިފައިވާ ގާނޫނަކާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުންނެވެ. ވިއްސާރަދުނީގެ ކުލަތަކުން އެލިއާންޒް އެރީނާ މިނިޓެއްހާއިރު ދިއްލުމުގެ ހުއްދަ ޔޫރޯގެ ތެރޭގައި ނުދެވޭނެ ސަބަބެއް ކަމަށް ޔުއޭފާއިން ބުނެފައިވަނީ އެއީ ސިޔާސީ މެސެޖެއް ދެވޭ ސިޔާސީ ހަރަކާތެއް ކަމަށް މާނަކުރުމުގެ ފުރުސަތު އޮތުމުން ކަމަށެވެ. ޔުއެފާއިން ނޫނެކޭ ބުނީމާ މިއުނިކުގެ މޭޔަރު ކޯފާވެގެން ވިދާޅުވީ ޔުއެފާގެ ނިންމުމަކީ ވަރަށްވެސް ދެރަ އަދި ލަދުވެތި ނިންމުމެއް ކަމުގައެވެ.

އެލިއާންޒް އެރީނާގައި މި ސަކަރާތެއް ޖަހަން ޔުއޭފާއިން ހުއްދަ ނުދިނަސް ޖާމަނީގެ ކެޕްޓަން އަދި ގޯލްކީޕަރު މެނުއަލް ނޯޔާރގެ އަތުގައި އަޅާ ކެޕްޓަން ބޭންޑުގައި ވިއްސާރަދުނީގެ ކުލަތައް ހުއްޓަސް މައްސަލައެއް ނެތް ކަމަށް ޔުއފާއިން ވަނީ ބުނެފައެވެ. ޔުއެފާއިން މި ހުއްދަ ދިނުމުގެ މާކުރިންވެސް ނޯޔާރ ވަނީ ގްރޫޕް ފިޔަވަހީގައި ޖާމަނީ ކުޅުނު ހުރިހާ މެޗެއްގައި މި ބޭންޑު ބޭނުންކޮށްފައެވެ. މިކަމަކީ ޖިންސީ މިނިވަންކަމާއި ލޯބީގެ އިޚުތިޔާރީ މިނިވަންކަން އޮތުން ޕްރޮމޯޓްކުރުމަށްޓަކައި ކުރާ ކަމެކޭ ނޯޔަރ ވަނީ ބުނެފައެވެ. ނޯޔާރގެ މައްސަލަ ކޮންމެވެސް ބަޔަކު ޖެއްސުމުން ޔުއޭފާއިން އެކަން ތަހުގީގު ކުރިއެވެ. އެ ތަހުގީގަށްފަހު ބުނެފައިވަނީ ނޯޔާރގެ މަގުސަދު ގޯސް ނޫންކަމަށާއި އޭނާއާ ދެކޮޅަށް ފިޔަވަޅެއްވެސް ނާޅާނޭ ކަމުގައެވެ. މައްސަލައިގެ ތަހުގީގުވެސް ދެން އިތުރަށް ކުރިއަށް ނުގެންދާނޭ ކަމަށް ބުނެފައިވެއެވެ.

ބުދަދުވަހުގެ ރޭ ދަންވަރު މާލޭގަޑިން ބާރަޖަހާއިރު ޖާމަނީ އާއި ހަންގޭރީ ކުޅޭ މެޗު ފެށުމުގެ ކުރިން ވިއްސާރަދުނީގެ ކުލަތަކުން އެލިއާންޒް އެރީނާ ދިއްލައި އެލްޖީބީޓީ ކޮމިއުނިޓީގެ އެންމެން އުފާކުރުމަށް ޖާމަނީގެ ކެޕްޓަން ނޯޔާރ އާއި މިއުނިކްގެ މޭޔަރު ޑައިޓަރ ރެއިޓަރ ކުރަމުން އައި މަސައްކަތަށް ޔުއެފާއިން ހުރަސް އެޅިޔަސް މޭޔަރު ހުންނެވީ މި މަސައްކަތް މުޅިން ހުއްޓައިލާ ގޮތަކަށް ނޫނެވެ. މޭޔަރު ވިދާޅުވީ ވިއްސާރަދުނީގެ ކުލަތަކުން ސްޓޭޑިއަމް ދިއްލައި ނުލެވުނަސް ސްޓޭޑިއަމްގެ ކައިރީގައި ހުންނަ ކަރަންޓު އުފައްދާ ބޮޑެތި ބުރަފަތިތައް އެ ކުލަތަކުން ދިއްލާނެ ކަމަށާއި އަދި މިއުނިކްގައި ހުންނަ އޮލިމްޕިކް ޓަވަރުވެސް ހަމައެބީދައިން ދިއްލާނޭ ކަމުގައެވެ. ހަންގޭރީގެ ސަރުކާރާއި ދެންވެސް އެއްޖިންސުގެ އިޚުތިޔާރީ ގުޅުންތަކަށް ނަފުރަތުކުރާ އެންމެނަށް މެސެޖުދީފައި ނޫނީ މިފަހަރު ހުއްޓައިލުމެއް ނެތް ކަމަށް މޭޔަރު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
26%
10%
0%
42%
23%
0%
ކޮމެންޓް
24 ޖޫން 2021 | ބުރާސްފަތި 11:03
ށޭޒު
މިދެން ލިޔަން ޖެހޭ ޚަބރެއްތަ? ބަލަ ފާހިށު އަމަލު ބޔަ ކު ނު ކުރެވިގެން އުޅުނީމާ އެވާހަ ދައް ކާ ކަށް ނުވޭ. އެމީހުންގެ ވާހަ ކަ ދެއް ކުމަ ކީ އެމީހުން ބޭނުންވާ ގޮތް އެ ކަން މިހާރު ތި ކުރަނީ. މި ކަހަލަ ޚަބަރު ތިލިޔަނީ މި ކަން ނޭގިތިބެ ތޯ ސުވާލު އުފދޭ
23 ޖޫން 2021 | ބުދަ 22:32
ބަކަރިބެ
އަހަރެމެންނަށް މާ ލަދުވެތި ބޮޑެތި ސިންގާ މީހުން މިކޮޅަށްވުރެ އެކޮޅު ގާތްވެފަ ތިއްބާވެސް އެއްޖިންސުން ގުޅުން ނުހިންގިގެން އެކަން ޕްރޮމޯޓް ނުކުރެވިގެން އުޅޭތީ. ކުރިންވެސް ޖަރުމަނަކަށް ސަޕޯޓެއް ނުކުރަން އަދި ކުރިޔަށް އޮތްތާގަ އަމުދުން ސަޕޯޓެއް ނުކުރާނަން. ހަޑިގޮތަކަށް ބަލިވާތަން ބަލަން ބޭނުމީ. އޭރުން ރޮމުންރޮމުން ގޮސް އެއްޖިންސުގެ ބިޓު ކައިރީގަ އޮވޭ ދެން
23 ޖޫން 2021 | ބުދަ 18:35
އިބުނު ހަސަނު އިބުނު
ނަސްލު ނައްތާލަން އެދޭ ފާހިޝް މޭޔަރަށް ހިދާޔަތް ދެއްވާށި