ކ. މާލެ
|
23 ޖޫން 2021 | ބުދަ 15:40
ހަންގޭރީ މެޗުގެ ކުރިން ޖަރުމަނުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން
ހަންގޭރީ މެޗުގެ ކުރިން ޖަރުމަނުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން
ގެޓީ އިމޭޖަސް
ޔޫރޯ 2020
ޔޫރޯ 2020 - ޖަރުމަނާއި ހަންގޭރީގެ ކުރިމަތިލުން
 
ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު ދެ ޓީމަށްވެސް އެބައޮތް
 
1954 ގެ ވޯލްޑް ކަޕަށްފަހު މި ދެ ޓީމު ބައްދަލުކޮށްފައެއް ނުވޭ

ޔޫރޯ 2020 ގެ މަރުގެ ގްރޫޕް ކަމަށްވާ ގްރޫޕް އެފްގެ ފަހު މެޗުގައި ޖަރުމަނާއި ހަންގޭރީ ބައްދަލުކުރާއިރު، މި މެޗުން މޮޅުވެގެން ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު ދެ ޓީމަށްވެސް އެބައޮތެވެ. 1954 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގެ ފަހުން މި ދެ ޓީމު ބޮޑު މުބާރާތެއްގައި ބައްދަލުކޮށްފައިނުވާއިރު، މި މެޗަކީ މި ދެ ޓީމަށްވެސް މުހިންމު މެޗެކެވެ.

މި މެޗާ ކުރިމަތިލާއިރު ޖަރުމަނުން ވަނީ ކުޅުނު ފުރަތަމަ މެޗުން ފްރާންސް އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. އެކަމަކު ދެވަނަ މެޗުގައި ވަނީ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް އަތުން 4-2 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި ހަންގޭރީ ކުޅުނު ފުރަތަމަ މެޗުގައި ޕޯޗުގަލް އަތުން 3-0 ގެ ނަތީޖާއަކުން ބަލިވި ނަމަވެސް، ދެވަނަ މެޗުގައި ވަނީ ދުނިޔޭގެ ޗެމްޕިއަން ފްރާންސްއާ 1-1 ގެ ނަތީޖާއަކުން އެއްވަރުކޮށްފައެވެ.

ގްރޫޕް ތާވަލަށް ބަލާއިރު ޖަރުމަން އޮތީ ތިން ޕޮއިންޓް ހަމަކޮށް ދެވަނައިގައެވެ. އަދި ހަންގޭރީ އޮތީ އެންމެ ޕޮއިންޓަކާއެކު ފުލުގައެވެ.

ޖަރުމަނުގެ ކޯޗު ޔޮހައިމް ލޯގެ ބަސް:

ހަންގޭރީ މެޗުގެ ކުރިން ޖަރުމަނުގެ ކޯޗު ޔޮހައިމް ލޯ ބުނީ މި މެޗަކީ ޖަރުމަނަށް މުހިންމު މެޗެއް ކަމަށާއި، މި މެޗުން މޮޅުވެ އިތުބާރާއެކު ދެވަނަ ބުރަށް ދާން ބޭނުންވާ ކަމަށެވެ. އެކަމަކު އޭނާގެ ޓީމުން ބަދަލުތަކެއް މިރޭގެ މެޗުން ފެނިގެންދިޔުން އެކަށީގެންވާ ކަމަށާއި، އެގޮތުން ޒުވާން ކުޅުންތެރިންނަށް މިރޭގެ މެޗުގައި ފުރުސަތު ދޭނެ ކަމަށް ވަނީ ބުނެފައެވެ.

ހަންގޭރީގެ ކޯޗު މާކޯ ރޮސީގެ ބަސް:

ހަންގޭރީގެ ކޯޗު މާކޯ ރޮސީ ބުނީ ޖަރުމަނަކީ ފްރާންސް އަދި ޕޯޗުގަލަށްވުރެ ވަރުގަދަ ޓީމެއް ކަމަށާއި، އެހެންކަމުން އެ ޓީމު ބަލި ކުރަން އުނދަގޫވާނެ ކަމަށެވެ. އެކަމަކު މި މެޗަށް ހަންގޭރީން ނުކުންނާނީ ފްރާންސް މެޗުގައި އެ ޓީމުން ދެއްކި ކުޅުން ތަކުރާރުކޮށް، މެޗުން މޮޅުވާން ކަމަށްވެސް ވަނީ ބުނެފައެވެ.

ޔޫރޯގެ ގްރޫޕް އެފް ގައި ޖަރުމަނާއި ހަންގޭރީ ބައްދަލުކުރާ މެޗު ފަށާނީ ބުދަ ދުވަހުގެރޭ ރާއްޖެ ގަޑިން ދަންވަރު 00:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް