ކ. މާލެ
|
15 މެއި 2017 | ހޯމަ 01:22
ލީގުގައި ލިވަޕޫލްއިން ކުޅުނު މެޗެއްގެ ތެރެއިން
ލީގުގައި ލިވަޕޫލްއިން ކުޅުނު މެޗެއްގެ ތެރެއިން
ގޫގުލް
ޕްރިމިއާ ލީގު
ވެސްޓަމް ޔުނައިޓެޑް އަތުން ލިވަޕޫލަށް ފަސޭހަ މޮޅެއް
ލިވަޕޫލްއިން މެޗް ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުން
ލިވަޕޫލްއިން ވަނީ ތާވަލުގެ 3 ވަނާގައި 73 ޕޮއިންޓް ހަމަކޮށްފަ

އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓަމް އާއި ދެކޮޅަށް ކުޅުނު މެޗް ލިވަޕޫލުން ފަސޭހަކަމާއެކު ކާމިޔާބުކޮށްފިއެވެ.

ވެސްޓަމްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗް ލިވަޕޫލުން ކާމިޔާބުކުރީ 4-0 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

މުޅި މެޗް ކަހަލަ ގޮތަކަށް ލިވަޕޫލްއިން ކޮންޓްރޯލް ކޮށްގެން ކުޅެމުން ދިޔައިރު އެޓީމުން ވަނީ މެޗުގައި ގޯލާ އަމާޒުކޮށް 11 ހަމަލާއެއް ފޮނުވައިލާފައެވެ. އެގޮތުން ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ލިވަޕޫލްއިން ވަނީ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސްޓަރިޖެވެ.

މި ލަނޑަށް ފަހުގައިވެސް ލިވަޕޫލަށް ވަނީ އިތުރު ލަނޑެއް ކާމިޔާބުކުރުމަށް ފުރުސަތުތަކެއް ލިބި ބޭކާރު ވެފައެވެ. އެގޮތުން ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 އިން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ލިވަޕޫލްއިން ވަނީ ކުޅުން އިތުރަށް ވަރުގަދަ ކޮށްފައެވެ. އަދި އެޓީމުން ވަނީ މި ހާފުގައި 3 ލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން މެޗުގައި މޮޅު ކުޅުމެއް ދެއްކި ކޮޓީނިއޯ ވަނީ ކައިރި ކައިރީގައި 2 ލަނޑު ކާމިޔާބުކޮށްފައެވެ. 57 ވަނަ މިނެޓުގައި އޭނާގެ ފުރަތަމަ ލަނޑު ކާމިޔާބުކުރިއިރު އޭނާގެ ދެވަނަ ލަނޑު ކާމިޔާބު ކޮއްފައިވަނީ 61 ވަނަ މިނެޓުގައެވެ. މި ލަނޑާއެކު އޭނާ ވަނީ މެޗުގެ ނަތީޖާ 3-0 އަށް ފަރަގު ބޮޑުކޮށްދީފައެވެ.

މި ނަތީޖާގައި މެޗު ނިމެން ދަނިކޮށް 4 ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ 76 ވަނަ މިނެޓުގައި އޮރީގީއެވެ.

ޗެލްސީއިން ކުރިއަށް 2 މެޗު އޮއްވާ ލީގު ކަށަވަރު ކޮށްފައި ވާއިރު، މި މެޗުން ހޯދި މޮޅާއެކު ލިވަޕޫލުން ވަނީ ލީގުގެ 3 ވަނައިގައި 73 ޕޮއިންޓް ހަމަ ކޮށްފައެވެ. ދެވަނައިގައި އޮތް ޓޮޓެންހަމްއަށް ލިބިފައިވަނީ 77 ޕޮއިންޓެވެ. ލިވަޕޫލް އާއި ޓޮޓެންހަމް އާއި ދެމެދު އޮތީ 4 ޕޮއިންޓުގެ ފަރަގެކެވެ. ޗެލްސީ އޮތީ އެއްވަނައިގައި 87 ޕޮއިންޓާއެކުގައެވެ.

- ކޮމެންޓް