Advertisement
ކ. މާލެ
|
20 ޖޫން 2021 | އާދީއްތަ 10:55
ކުށްމަދު ކުރުމަށް "ވޯކް އެންޑް ޓޯކް" ގެ ނަމުގައި ތ. ގުރައިދޫގައި ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން
ކުށްމަދު ކުރުމަށް "ވޯކް އެންޑް ޓޯކް" ގެ ނަމުގައި ތ. ގުރައިދޫގައި ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން
ޕޮލިސް
ކުށް މަދުކުރުން ޕްރޮގްރާމް
ކުށްމަދު ކުރުމުގެ ހަރަކާތެއް ތ. ގުރައިދޫގައި ކުރިއަށް ގެންގޮސްފި
ފިހާރަތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ އިތުރުން އާންމު ރައްޔިތުންނަށް ވެސް މައުލޫމާތު ދީފައިވޭ
ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވަމުންދާތީ އެފަދަ ކަންކަމުން ރައްކާތެރިވުމަށް މައުލޫމާތު ހިއްސާކޮށްފައިވޭ

ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކޮށް ރައްޔިތުން އިތުރަށް ހޭލުންތެރިކުރުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން "ވޯކް އެންޑް ޓޯކް" ގެ ނަމުގައި ކުށްމަދު ކުރުމުގެ ހަރަކާތެއް ތ. ގުރައިދޫގައި ކުރިއަށް ގެންގޮސްފިއެވެ.

މި މަހު 18 ވަނަ ދުވަހު ގުރައިދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އެ ހަރަކާތުގެ ތެރެއިން، އެ ރަށުގެ ފިހާރަތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ އިތުރުން އާންމު ރައްޔިތުންނަށް ވެސް މައުލޫމާތު ދީފައިވެއެވެ.

Advertisement

އެގޮތުން، ބެންކް އޮފް މޯލްޑިވްސްގެ ނަމުގައި ގުޅައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވަމުންދާތީ އެފަދަ ކަންކަމުން ރައްކާތެރިވުމަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އެގޮތަށް މީހަކު ގުޅިކަމުގައިވިޔަސް ކާޑުގެ މައުލޫމާތު ހިއްސާނުކުރުމަށާއި އެމީހަކާ އިތުރަށް މުއާމަލާތު ނުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.

އޭގެ އިތުރުން، ވިޔަފާރީގެ މުއާމަލާތު ކުރުމަށްފަހު އެކައުންޓަށް ފައިސާ ފޮނުވާއިރުވެސް އެއީ ރަނގަޅު އެކައުންޓުތޯ ޔަގީންކޮށްފައި ނޫނީ ފައިސާ ނުފޮނުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް