ކ. މާލެ
|
20 ޖޫން 2021 | އާދީއްތަ 02:15
ސްޕެއިނާއި ޕޮލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން
ސްޕެއިނާއި ޕޮލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން
ގެޓީ އިމޭޖަސް
ޔޫރޯ 2020
ޕޮލެންޑުން ސްޕެއިނާ އެއްވަރުކޮށްފި
 
ސްޕެއިނާއި ޕޮލެންޑް އެއްވަރުވީ 1-1 ގެ ނަތީޖާއަކުން
 
ސްޕެއިން އޮތީ ތިންވަނައިގައި ދެ މެޗުން ދެ ޕޮއިންޓާއެކު

ޔޫރޯ 2020 ގްރޫޕް އީ ގައި ސްޕެއިނާއި ޕޮލެންޑް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

ސެވިލްގެ އެސްޓާޑިއޯ ލަ ކަރްތޫޒާ ސްޓޭޑިއަމުގައި ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ސްޕެއިނުން ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުނުއިރު، މެޗުގެ 25 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލްވާރޯ މޮރާޓާއެވެ. މި ލަނޑާއެކު ޕޮލެންޑުން ކުރިއަށް އަރައި ސްޕެއިނުގެ ގޯލަށް ނުރައްކާކުރިއިރު، ޕޮލެންޑުގެ ތަޖުރިބާކާރު ފޯވާޑް ރޮބާޓް ލެވަންޑޮސްކީއަށް ވަނީ ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ލެވަންޑޮސްކީ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ސްޕެއިންގެ ގޯލްކީޕަރު އުނާއި ސިމޯންއެވެ.

ނަމަވެސް މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ޕޮލެންޑުން ވަނީ ލަނޑު ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު މެޗުގެ 54 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ލެވަންޑޮސްކީއެވެ. އޭގެ ފަހުން މެޗުގެ 58 ވަނަ މިނެޓުގައި ސްޕެއިނަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެ ޓީމު ފޯވާޑް ޖެރާޑް މޮރޭނޯ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މި ނަތީޖާއާއެކު ސްޕެއިން އޮތީ ގްރޫޕް އީ ތިންވަނައިގައި ދެ މެޗުން ދެ ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ އެއްވަނައިގައި އޮތް ސްވިޑެންއަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ސްލޮވާކިއާއަށް ވަނީ ދެ މެޗުން ތިން ޕޮއިންޓް ލިބިފައެވެ. އަދި ގްރޫޕުގެ ފުލުގައި އޮތް ޕޮލެންޑަށް ދެ މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް