ކ. މާލެ
|
19 ޖޫން 2021 | ހޮނިހިރު 22:27
ހުޅުމާލެ ސަހަރާ
ހުޅުމާލެ ސަހަރާ
ރާއްޖެއެމްވީ
ކޮވިޑް-19
ކޮވިޑުގައި ރާއްޖެއިން 206ވަނަ މީހަކު ނިޔާވެއްޖެ
 
އެމީހާ ނިޔާވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެނިކޮށް
 
ނިޔާވީ އުމުރުން 75 އަހަރުގެ ދިވެހި ފިރިހެނެއް

ކޮވިޑް-19ގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެ ޖުމްލަ އަދަދު 206ށް އަރައިފިއެވެ.

އެޗްޕީއޭއިން ބުނީ ނިޔާވީ އުމުރުން 75 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެމީހާ ނިޔާވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެނިކޮށް ހޮނިހިރު ދުވަހުގެ ރޭ 8:49ހާއިރު ކަމަށެވެ. މިއީ ހޮނިހިރު ދުވަހު ރާއްޖެއިން މި ބަލީގައި ނިޔާވި ތިންވަނަ މީހާއެވެ.

ހޮނިހިރު ދުވަހު އެންމެ ފުރަތަމަ މީހަކު ނިޔާވެފައި ވަނީ ދަންވަރު 1:30 ހާއިރުއެވެ. އެއީ އުމުރުން 55 އަހަރުގެ އިންޑިއާ ފިރިހެނެކެވެ. އޭނާ ނިޔާވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ. އެއީ ކޮވިޑް ބަލީގައި ރާއްޖެއިން ނިޔާވި 204 ވަނަ މީހާއެވެ.

ހޮނިހިރު ދުވަހު ފަތިހު 05:19 ހާއިރު ބަލީގައި އިތުރު މީހަކު ވަނީ ނިޔާވެފައެވެ. އެއީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަކީ ވެސް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. އެއީ ކޮވިޑް ބަލީގައި ރާއްޖެއިން ނިޔާވި 205 ވަނަ މީހާއެވެ.

މިހާތަނަށް 71،000 އަށްވުރެ ގިނަ މީހުން ރާއްޖެއިން ކޮވިޑް ބައްޔަށް ވަނީ ޕޮޒިޓިވް ވެފައެވެ. އެކްޓިވް ކޭހުގެ އަދަދު މިހާރު ހުރީ 6000 ން މަތީގައެވެ. އޭގެތެރެއިން 50 އެއްހާ މީހުން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައި ވާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް