ކ. މާލެ
|
18 ޖޫން 2021 | ހުކުރު 11:30
ހުޅުމާލެ ސަހަރާ
ހުޅުމާލެ ސަހަރާ
ރާއްޖެއެމްވީ
ކޮވިޑް-19
ކޮވިޑް-19ގައި އިތުރު މީހަކު ނިޔާވެއްޖެ، މިއީ 202 ވަނަ މަރު
 
އެމީހާ ނިޔާވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް
 
ނިޔާވީ އުމުރުން 68 އަހަރުގެ ދިވެހި އަންހެނެއް

ރާއްޖެއިން ކޮވިޑް-19 ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ނިޔާވީ އުމުރުން 68 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެމީހާ ނިޔާވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ރޭ ދަންވަރު 2:05ގައި ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ރާއްޖޭގައި ހަލުވި ކަމާއެކު ކޮވިޑް ފެތުރެމުން އަންނައިރު މި ބަލީގައި ނިޔާވާ މީހުންގެ އަދަދު ވެސް އަންނަނީ އިތުރު ވަމުންނެވެ. އެގޮތުން އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ކޮވިޑްގައި އެންމެ ގިނަ އަދަދަކަށް މީހުން ނިޔާވީ މި ދިޔަ މެއި މަހުއެވެ. އެއީ 88 މީހުންނެވެ. ރާއްޖޭގައި މިހާތަނަށް މިބަލީގައި އެއް ދުވަހެއްގެ ތެރޭގައި، އެންމެ ގިނަ މީހުން ނިޔާވެފައިވަނީ މެއި މަހުގެ 24 ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް 13 މީހުން ނިޔާވެފައިވެއެވެ

ކޮވިޑް-19ގެ ހަތަރު ވަނަ ރާޅާއެކު އައިސީޔޫގައި ފަރުވާ ދޭން ޖެހޭ ޒުވާނުންގެ ނިސްބަތް ގިނަކަން ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ޑޮކްޓަރުން ފާހަގަކުރައްވާފައިވެއެވެ. ކުރިއާ ޚިލާފަށް މިހާރު އައިސީޔޫގައި އޮވެ އަލާމާތްތައް ފެންނަތާ 10 ދުވަހުގެ ތެރޭގައި ބަލިމީހާގެ ހާލު ސީރިއަސްވާކަމަށް އައިޖީއެމްއެޗްގެ ޑރ. މުހައްމަދު އިސްމާއިލް ވަނީ ދާދި ފަހުން ވިދާޅުވެފައެވެ. އަދި ބަލީގައި ޒުވާނުން ވެސް ދަނީ މިހާރު ނިޔާވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް