ކ. މާލެ
|
18 ޖޫން 2021 | ހުކުރު 11:00
ވ. ފުލިދޫ ބަނދަރުގައި އޮތް ލޯންޗެއްގައި ގޮވުން
ވ. ފުލިދޫ ބަނދަރުގައި އޮތް ލޯންޗެއްގައި ގޮވުން
ވ. ފުލިދޫގައި ލޯންޗެއްގައި ރޯވުން
ވ. ފުލިދޫގައި ލޯންޗެއް ގޮވައި ހަތަރު ފަތުރުވެރިންނަށް އަނިޔާވެއްޖެ
 
މިހާރު މަސައްކަތްކުރަމުން އަންނަނީ އެންމެން ވެސް އިތުރު ފަރުވާއަށް މާލެ ފޮނުވުމަށް
 
ލޯންޗު ގޮވި ގަޑީގައި އޭގައި ތިބީ ޓޫރިސްޓް ގައިޑަކާއި ކެޕްޓަންގެ އިތުރުން ހަތަރު ފަތުރުވެރިން
 
ހާދިސާ ހިނގީ ލޯންޗުގެ ކެޕްޓަން އެއަށް ޕެޓްރޯލް އަޅައި ފަތުރުވެރިން އަރުވައި ލޯންޗު ސްޓަރޓު ކުރި ގަޑީގައި
 
ހާދިސާ ހިނގީ ހެނދުނު 9:30 ހާއިރު

ވ. ފުލިދޫ ބަނދަރުގައި ލޯންޗެއް ގޮވައި ހަތަރު ފަތުރުވެރިންނަށް އެކިވަރުގެ އަނިޔާވެއްޖެއެވެ.

ވ. ފުލިދޫއިން އެ މަންޒަރު ދުށް މީހަކު "ރާއްޖެއެމްވީ" އަށް ބުނީ ހާދިސާ ހިނގީ ހެނދުނު 9:30 ހާއިރު ކަމަށެވެ. ލޯންޗު އޮތީ ޖެޓީގައި ކަމަށާއި ތައްޔާރުވީ ފަތުރުވެރިން ގޮވައިގެން ދަތުރަކު ދިއުމަށް ކަމަށް އެމީހާ ބުންޏެވެ. އޭނާ ބުނީ ހާދިސާ ހިނގީ ލޯންޗުގެ ކެޕްޓަން ލޯންޗަށް ޕެޓްރޯލް އެޅުމަށްފަހު ފަތުރުވެރިން އަރުވައި ލޯންޗި ސްޓަރޓު ކުރި ވަގުތު ކަމަށެވެ.

އޭނާ ބުނީ ލޯންޗު ގޮވި ގަޑީގައި އޭގައި ތިބީ ޓޫރިސްޓް ގައިޑަކާއި ކެޕްޓަންގެ އިތުރުން ހަތަރު ފަތުރުވެރިން ކަމަށެވެ. އެއީ އަންހެން ފަތުރުވެރިންއަކާއި ތިން ފިރިހެން ފަތުރުވެރިންގެ އިތުރަށް ގައިޑަކަށް ވެސް ހުރީ އަންހެނެއް ކަމަށް ބުންނެވެ. އެ އެންމެނަށް ވެސް ފުލިދޫ ސިއްހީ މަރުކަޒުގައި ފަރުވާދެމުން އަންނަ އިރު އޭގެ ތެރެއިން ބޮޑަށް އަނިޔާވީ ކެޕްޓަން އަށް ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ މައުލޫމާތު ލިބިފައިވާ ގޮތުގައި ކެޕްޓަންގެ އެތެރެހަށިން ލޭ ވެސް އަންނަ ކަމަށާއި، އެންމެން ވެސް ހޭ އެބަހުރި ކަމަށެވެ. އެކަމަކު ގައިގެ އެކި ތަންތަނަށް އަނިޔާވެފައިވާ ކަމަށާއި، އެގޮތުން ގައިޑުގެ ބޯ ވެސް ފަޅައިގެން ގޮސްފައިވާ ކަމަށެވެ. އޭނާ ބުނީ ލޯންޗު ގޮވި ވަގުތު އެއް ބަޔަކު ވިއްސައިގެން ގޮސް ބަނދަރުމަތީގައި ޖެހުނުތަން ވެސް ފެނިފައިވާ ކަމަށެވެ. އަދި ވަގުތުން ލޯންޗު އަޑިއަށް ދިޔައީ ކަމަށާއި، އަލިފާން ހިފާފައި ނުވާ ކަމަށް ވެސް ބުންޏެވެ.

އެކަމާ ގުޅިގެން ރަށު ކައުންސިލްގެ ރައީސް އިންތިޔާޒް ވިދާޅުވީ މިހާރު މަސައްކަތްކުރަމުން އަންނަނީ އެންމެން ވެސް އިތުރު ފަރުވާއަށް މާލެ ފޮނުވުމަށް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
14%
8%
73%
2%
2%
0%
ކޮމެންޓް
18 ޖޫން 2021 | ހުކުރު 14:39
ބިއްލާހި
ކުށް ބަހެއް ރަނގަޅު ކޮއްލަން..ފުލިދޫގަ ނޯންނާނެ ބަނދަރެއް. ޖެޓީއެއް އޮންނާނީ.