ކ. މާލެ
|
17 ޖޫން 2021 | ބުރާސްފަތި 22:11
ާސީލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ)
ާސީލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ)
ރާއްޖެ އެމްވީ
އައްމަޓީ ދޫކޮށްލަން އަމުރުކުރުން
އައްމަޓީ ދޫކޮށްލި މައްސަލަ އިސްތިއުނާފް ކުރުމަށް ޕީޖީން ނިންމައިފި
 
އެޑްވާންސްގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ނެގުމަށްފަހު ފިލި މައްސަލައިގައި އައްމަޓީގެ މައްޗަށް 42 ދައުވާއެއް އުފުލާފައިވޭ
 
އައްމަޓީ ދޫކޮށްލީ ޝަރީއަތް ނިމެންދެން މާލޭގައި ހުރުމަށާއި، ރާއްޖެއިން ބޭރަށް ފުރައިގެން ނުދިޔުން ޝަރުތުކޮށްފައި

ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ވ. ތިނަދޫ/ރެޑްހައުސް އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު، ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

ހުޅުމާލޭގައި 3،000 ފްލެޓް އެޅުމަށްޓަކައި ބުކިންގ ފީގެ ގޮތުގައި ގިނަ ބައެއްގެ އަތުން އެޑްވާންސްކޮށް ފައިސާނެގުމަށްފަހު، ރާއްޖެއިން ބޭރަށް ގޮސް ފިލި މައްސަލައިގައި އައްމަޓީގެ މައްޗަށް 42 ދައުވާއެއް އުފުލާފައިވެއެވެ.

މައްސަލާގައި ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ޙަސަން ސައީދު ނިންމެވީ 2 ޝަރުތަކާއެކު އައްމަޓީ ބަންދުން ދޫކޮށްލުމަށެވެ. އެއީ ޝަރީއަތް ނިމެންދެން މާލޭގައި ހުރުމާއި، ރާއްޖެއިން ބޭރަށް ފުރައިގެން ނުދިޔުމެވެ.

އެހެން ކަމުން މި މައްސަލަ އިސްތިއުނާފު ކުރުމަށް ނިންމާފައި ވާކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

އައްމަޓީ ދޫކޮށްލުމަށް އަމުރުކުރި އަޑުއެހުމުގައި ދައުލަތުން އެދިފައި ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށެވެ. އެއީ ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު އޮތުމާއި، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށް ނުރައްކާވުމާއި، ފިލައިގެން ދިޔުމުގެ ފުރުސަތު އޮތުމުން ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނީ، މި މައްސަލައިގެ ހެކިންގެ ގޮތުގައި، އެ ކުންފުނީގައި ކުރިން މަސައްކަތް ކުރި 9 މުވައްޒަފަކު ހުށަހަޅާފައި ވާކަމަށެވެ. އައްމަޓީއަކީ ކުންފުނީގެ އެމްޑީ ކަމަށް ވެފައި އެމީހުންނާ ޚާއްސަ ގުޅުމެއް އޮންނަ މީހެއް ކަމަށް ވުމުން، ހެތްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ދައުލަތުން ބުނެފައި ވެއެވެ.

އަދި މި މައްސަލައިގައި ކުރިން ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ވެސް، މައްސަލައިގައި ޝަރީއަތަށް ހާޒިރުނުވެ ފިލައިގެން ދިއުމުގެ ފުރުސަތު އޮތް ކަމަށާއި، މައްސަލައިގައި ތުހުމަތު ކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި އެބަހުރި ކަމަށެވެ.

ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމުގެ އެއްބަސްވުމުގައި ސީލައިފްއާ އެކު އެޗްޑިސީން އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ 13 މާޗު 2014 ގައެވެ. މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިޔުމަކާ ނުލައި އެތައް ރައްޔިތުންގެ އަތުން ފައިސާނަގައިގެން ބޭރުގައި ފިލައިގެން އުޅެނިކޮށް އައްމަޓީ ހައްޔަރުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހު ލަންކާއިންނެވެ. ފިލައިގެން އުޅުނު އިރު، އޭނާ ހޯދުމަށް ޓަކައި އިންޓަރޕޯލްގެ ރެޑް ނޯޓިސް ވެސް ނެރެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް