ކ. މާލެ
|
17 ޖޫން 2021 | ބުރާސްފަތި 11:30
ާސީލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ)
ާސީލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ)
ރާއްޖެ އެމްވީ
އައްމަޓީ ދޫކޮށްލައިފި
އައްމަޓީ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފި
 
އައްމަޓީ ވަނީ ދައުވާތަކުގެ ޝަރީއަތް ލައިވްކޮށްދިނުމަށް ޝަރީއަތުގައި އެދިފައި
 
ދިފާއުން ބުނީ ބަޔަކު އަތުން ފައިސާ ނެގި ކަމަށް އިންކާރު ނުކުރާ ކަމަށާއި ބަދަލު ދޭން ޖެހޭނަމަ ބަދަލު ދޭނެ ކަމަށް
 
މި މައްސަލައިގެ ހެކިންގެ ގޮތުގައި ކުންފުނީގައި ކުރިން މަސައްކަތް ކުރި 9 މުވައްޒަފަކު ހުށަހަޅާފައިވޭ
 
އައްމަޓީގެ މައްޗަށް 42 ދައުވާ އުފުލާފައިވަނީ މިދިޔަ މެއިމަހުގެ 30 ވަނަ ދުވަހު

ޝަރުތުތަކަކާއި އެކު ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ހުޅުމާލޭގައި 3،000 ފްލެޓް އެޅުމަށްޓަކައި ބުކިން ފީގެ ގޮތުގައި ގިނަ ބައެއްގެ އަތުން އެޑްވާންސްކޮށް ފައިސާނެގުމަށްފަހު، ރާއްޖެއިން ބޭރަށްގޮސް ފިލި މައްސަލައިގައި ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)ގެ މައްޗަށް 42 ދައުވާ އުފުލާފައިވަނީ މިދިޔަ މެއިމަހުގެ 30 ވަނަ ދުވަހުއެވެ.

މި މައްސަލައިގައި ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުން އެދިފައި ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށެވެ. އެއީ ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތުމާއި، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށް ނުރައްކާވުމާއި، ފިލައިގެން ދިޔުމުގެ ފުރުސަތު އޮތުމުން ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނީ، މި މައްސަލައިގެ ހެކިންގެ ގޮތުގައި ކުންފުނީގައި ކުރިން މަސައްކަތް ކުރި 9 މުވައްޒަފަކު ހުށަހަޅާފައި ވާކަމަށެވެ. އައްމަޓީއަކީ ކުންފުނީގެ އެމްޑީ ކަމަށް ވެފައި އެމީހުންނާއި ޚާއްސަ ގުޅުމެއް އޮންނަ މީހެއް ކަމަށް ވުމުން ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނީ މި މައްސަލައިގައި ކުރިން ކަން ހިނގި ގޮތަށް ބަލާއިރު ވެސް މައްސަލައިގައި ޝަރީއަތަށް ހާޒިރުނުވެ ފިލައިގެން ދިއުމުގެ ފުރުސަތު އޮތް ކަމަށާއި، މައްސަލައިގައި ތުހުމަތު ކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި އެބަހުރި ކަމަށެވެ.

މިކަމާ ގުޅިގެން ދިފާޢުން ބުނެފައި ވަނީ، އައްމަޓީގެ ޕާސްޕޯޓުގެ މުއްދަތު ހަމަވެފައި ވާކަމަށެވެ. އެހެން ކަމުން ފިލައިގެން ދިޔުމުގެ ފުރުސަތެއް ނެތް ކަމަށް ދިފާއީ ވަކީލް މުހުތާޒް މުހުސިން ވިދާޅުވިއެވެ. ހަމަ އެހެންމެ މި މައްސަލައިގައި ގިނައިން ހުރީ ކިތާބީ ހެކި ކަމަށްވެފައި ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ކުޑަކަމަށެވެ. އަދި ބަޔަކު އަތުން ފައިސާ ނެގި ކަމަށް އެއްވެސް ވަރަކަށް އިންކާރު ނުކުރާ ކަމަށާއި، ބަދަލު ދޭން ޖެހޭނަމަ ބަދަލު ދޭނެ ކަމަށް ވެސް ވަކީލް ވިދާޅުވިއެވެ.

އެހެން ނަމަވެސް ދައުލަތުން ބުނީ ޕާސްޕޯޓުގެ މުއްދަތު ހަމަވެފައި އޮތަސް ޕާސްޕޯޓު އަލުން ހެއްދޭނެ ކަމަށެވެ. އަދި ޕާސްޕޯޓު ނެތި ފުރައިގެން ދެވޭނެ ވަރުގެ ނުފޫޒާއި ބާރު އައްމަޓީގެ އެބަ އޮތް ކަމަށް ދައުލަތުން ބުންޏެވެ.

މި މައްސަލައިގައި ދިފާއީ ވަކީލް އަދި ދައުވާ ރައްދުވާ އައްމަޓީ ވެސް ބުނަމުން ގެންދިޔައީ އެއީ އެއްވެސް އިރެއްގައި ފިލައިގެން ދިޔަ މީހެއް ނޫން ކަމަށެވެ. އައްމަޓީގެ ފަރާތުން ދިފާއީ ވަކީލް ވިދާޅުވީ، ފިލައިގެން އުޅުނު މީހެއް ނަމަ ވަޓްސްއެޕާއި މެއިލް މެދުވެރިކޮށް ފުލުހުންނާ ވާހަކަ ދައްކައިގެން ތަހުގީގަށް އެބާރުލުމެއް ނުދޭނެ ކަމަށެވެ.

އައްމަޓީ ބުނީ ފިލައިގެން ދާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، ރާއްޖެ އައީ ޝަރީއަތަށް އެބާރުލުން ދިނުމުގެ ހެޔޮ ނިޔަތުގައި ކަމަށެވެ. އަދި ޝަރީއަތް ނިމެން ދެން ވެސް އެއްބާރުލުން ދޭނެ ކަމަށް އައްމަޓީ ބުންޏެވެ. އައްމަޓީ ވަނީ ވަކީލުގެ އިއުތިރާޒެއް ނެތް ނަމަ އޭނާގެ މައްޗަށް އުފުލިފައިވާ ދައުވާތަކުގެ ޝަރީއަތް ލައިވްކޮށްދިނުމަށް ޝަރީއަތުގައި އެދިފައެވެ.

ދެފަރާތުގެ ދެމެދުގައި ދެކެވުނު ވާހަކަތަކުގެ މައްޗަށް ރިއާޔަތްކޮށް މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު ނިންމެވީ ދެ ޝަރުތަކާއެކު އައްމަޓީ ބަންދުން ދޫކޮށްލުމަށެވެ. އެއީ ޝަރީއަތް ނިމެންދެން މާލޭގައި ހުރުމާއި ރާއްޖެއިން ބޭރަށް ފުރައިގެން ނުދިޔުން ޝަރުތުކޮށްފައެވެ.

ރާއްޖެއިން ބޭރަށް ގޮސް ފިލައިގެން އުޅެނިކޮށް އޭނާ ހައްޔަރުކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، 13 މާރިޗު 2014ގައި ހައުސިންގ ޑިވަލޮޕްމެންޓް ކޯރޕަރޭޝަން (އެޗްޑީސީ) އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 (ތިންހާސް) ހައުސިންގ ޔުނިޓް އެޅުމަށް އެކުންފުންޏަށް ހަވާލުކުުރެވުނެވެ.

އައްމަޓީގެ މައްޗަށް ދައުވާ އުފުލާފައިވާކަން ހާމަކޮށް ޕީޖީ އޮފީހުން ބުނީ، އެ އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިންގ ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އޭރު އޭނާ ފިލައިގެން އުޅެނިކޮށް ހައްޔަރު ކޮށްފައިވަނީ އިންޓަރޕޯލްއިން ރެޑް ނޯޓިސް ނެރެގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
50%
0%
0%
50%
0%
0%
ކޮމެންޓް
17 ޖޫން 2021 | ބުރާސްފަތި 16:45
އަހުމަދު.ޖ
ތި ގާޒީގެ ނަޒަހާތް އެކައުންޓް އަށް އެއްވެސް އެއްޗެއް ޖަމާވިތޯ ބަލާލަން ވަރަށް އަވަހަށް ގޮވާލަން
ގުޅުންހުރި
ވަކިފަރާތަކަށް ނުޖެހޭނެކަމަށް ބުނާ ފްލެޓް ކޮމިޓީގައި ފަޒުލްގެ ކޮއްކޮ: "މިދިޔަ ސަރުކާރުން އަހަރެންނަށް އެހާވަރުކޮށްލީ އަހަރެން ކީއްކޮށްގެން؟"
ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓު ބާތިލުނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިން - އެޗްއާރްސީއެމް
އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
އައްމަޓީއަށް ކުރާ ދައުވާތަކާއި ގުޅިގެން 24 މިލިއަން ރުފިޔާގެ ގެއްލުމުގެ ބަދަލު ހިމެނޭ: ޕީޖީ
އައްމަޓީ ރާއްޖެއިން ބޭރަށް ފުރުން މަނާކުރުމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފި
އައްމަޓީ ފުރުމަށް ކްރިމިނަލް ކޯޓުން ދީފައިވާ ހުއްދަ ބާތިލު ނުކުރުމަށް ހައިކޯޓުން ނިންމުމުން ދައުލަތުން ސުޕްރީމް ކޯޓަށް
އައްމަޓީ ފުރުމަށް ކްރިމިނަލް ކޯޓުން ދީފައިވާ ހުއްދަ ބާތިލު ކުރަން ޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމައިފި
އައްމަޓީ ރާއްޖެއިން ބޭރަށް ފުރުން މަނާކުރުމަށް ހައިކޯޓުން އަމުރެއް ނެރެފި